އައިޖީއެމްއެޗް: އެތަނުގެ ސެންޓަރަލް އޭސީ ސިސްޓަމް ހަލާކުވެ، ހޮސްޕިޓަލްގެ އީއާރު ހޫނު ގަދަ ކަމުގެ ޝަކުވާ ބޮޑު.
12 މެއި 2019 - 13:30
ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް، އައިޖީއެމްއެޗުގެ އިމަޖެންސީ ރޫމު (އީއާރު)ގެ އެއާކޮންޑިޝަންތައް ހަލާކުވެ، އެތަން ހޫނުގަދަވެ އާއްމުންނަށް ކުރިމަތިވެފައިވާ ތަކުލީފަށް އަދިވެސް ހައްލެއް ނުލިބެ އެވެ.
އައިޖީއެމްއެޗުގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ އީއާރުގެ އޭސީ ހަލާކުވެފައި ހުންނަތާ ގާތްގަނޑަކަށް ދެ މަސް ވަނީ އެވެ. އަބަދުވެސް ގިނަ ބަޔަކު ޑޮކްޓަރަކަށް ދައްކަން ގޮސް ތިބޭ އީއާރު "އަވަނެއްގެ" ގޮތުގައި ސިފަކޮށް، ޝަކުވާ ބޮޑުވުމުން، އީއާރުގެ ޔެލޯ ޒޯން މިހާރު ވަނީ ކުރީގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓަށް ބަދަލުކޮށްފަ އެވެ.
ފިޒިއޮތެރަޕީގެ ޚިދުމަތް މިހާރު ދެމުން އަންނަނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.
އައިޖީއެމްއެޗުގެ ކުއްލި ފަރުވާދޭ ކޮޓަރި އެހާ ހޫނު ގަދައީ އެ ހޮސްޕިޓަލުގެ ސެންޓްރަލް އެއާކޮންޑިޝަނިން ސިސްޓަމަށް ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި އެވެ. މީގެ ހަފުތާއެއްހާ ދުވަސް ކުރިން އޮޕަރޭޝަން ތިއޭޓަރުގެ އޭސީން ފެން ފައިބާތީ، އޮޕަރޭޝަންތައް ވެސް މެދުކަނޑާލަން ޖެހުނެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލްގެ ސެންޓްރަލް އޭސީ ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރެވޭތޯ އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެ ސިސްޓަމަށް ބޭނުންވާ ކޫލިން ޓަވަރުތައް ބޭރުން ގެނެސްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް އެބަދޭ. މި މަސް ތެރޭގައި ހައްލެއް ލިބޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ކުރިން ޔަގީންކަން ދީފައި އޮތީ، ބޭރުން ސާމާނު ގެނެސްގެން މެއި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި މައްސަލަ ހައްލުވާނެ ކަމަށެވެ.
ސެންޓްރަލް އޭސީ ސިސްޓަމުގެ މައްސަލަ މި ޖެހުނީ، އިންޑިއާ ސަރުކާރުގެ އެހީގައި މަރާމާތުގެ ބޮޑު މަޝްރޫއެއް 2017 ގައި ކުރިއަށް ގެންގޮސްފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާނެ
12 May 2019
ރާއްޖޭގެ ސިއްހީ ނިޒާމް ކުރިއެރުމަކީ އިންޑިއާއަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް. މިގައުމުގެ ސިއްހީ ނިޒާމް މާ ބޮޑަށް ތަރައްގީވެއްޖެނަމަ އިންޑިއާއަށް ބޭހަށްދާ ދިވެހިން މަދުވާނެ. އެކަން ބަލައިނުގަނެވޭނެ އިންޑިއާ މީހުން ހަމަ ޔަގީނުންވެސް ތިބޭނެ. އިންޑިއާއަކީ އިޚްލާސްތެރި ބައެއްނަމަ ރާއްޖޭން ބޭސްފަރުވާއަށް އެގައުމަށް ދާ މީހުންގެ އަދަދު އެނގޭއިރު މިގައުމުގެ ސިއްހީ ނިޒާމު ކުރިއަރުވަން ބޮޑެތި މަސައްކަތްތަކެއް ކޮށްދިނީސް.
ހަހަ
12 May 2019
"ކަލާންގެ ސަފުން ބަދަލު ނުކުރައްވަތޭ ޤަވްމެއްގެ ޙާލާތެއް ނުވާނަމަ ޤަވްމުގައި ޙާލަތު ބަދަލުކުރުމުގެ ޚިޔާލާތެއް" ފަސްވަނަ ގިޔަރުގައި ކުރިޔަށްދިޔަ ޤަވްމެއް ހިންދާލީ ރައްޔިތުން އަމިއްލަޔަށް! ޝުކުރިއްޔާ ދިވެހި ރައްޔިތުންނަށް!
ޕޮޕީ
12 May 2019
ތިތަން ހިންގަން ކޮމީޓެއް ބޭނުންވޭ
ލުތުފަރު
12 May 2019
ބިގަށާ ދިބާޖާ އަދި މައުސޫމަށް މިލިއަނުން ނުދީ ތިތާ އެސީ ރަނގަޅުކުރިނަމަ ސޯލިހުވީސް.. ތިތަން އސ ރަނގަޅުކުރަން ފައިސާއެއް ނެތޯ ހެހެ
ސަލީމް
12 May 2019
އަލީ ޝިޔާމް ތރ އ ހިންގި ގޮތަށް އައިޖީއެމް އެޗް ހިންގާތީ ވާގޮތް ތިޔައީ. ބަންދޭ އަކީ އެއަރޕޯތް ހިންގަން ހަވާލުކުރީމަ އެތަން ޖީއެމްއާރާއި ހަވާލުކޮށްފަ ދިޔަ މީހާ. އެންމެ ފަހުން ތިހޮސްޕިޓަކް އިންޑިއާ ބަޔަކްށް ދީފަ ނިންމާނީ
ނާހިދާ އިބުރާހިމް
12 May 2019
މަށައްފެނޭ ރާއްޖޭގެ ރައްޔަތުން ތަނުސީލު ކޮށް ޚަބަރު ފަތުރަދޭނެ ފަރަތެް ޗުޖޫދުވުން.. މުޅީންވެސް އިވޭހާވެސް ޚަބަރަކީ މާލޭގެ ކޮންމެވެސް ގުއި ހޮޅިއެއް ފަޅައިގެން ގޮސްފި ޚަބަރު ނުވަތަ މާލޭގެ ވަކިހިސާބެއްގައި ކަޅު އިސްތަށި އިތުރި އަރަނީ ދެންހައްތަގާވެސް ކުޑަ ކުޑަ ފިނޮޅެއް މާބޮޑުކޮށްގެންެުޚޭވާހަކަ
މޯޑް
12 May 2019
އެއްވެސް ކަމެއް ރަގަޅެއް ނުވާ އަގައިން ހިފަހަށްޓަނި ކޮންމެ ކަމެއްވެސް
އާރީ
12 May 2019
މިނިސްޓަރުންނާއި ނައިބުންލައިފަ ވަރުވަރުގެ މުސާރަދީފަ މިތިބޭ މީހުންނަކީ މަސްނިމްނީމަ މުސާރަނަގަށް ތިބޭބައެއްތަ. ކަންކަން ނުވަންޏާ އިސްތިއުފާ ދީފަ އެހެންކަމަކާ އުޅެބަލަ. މި ސިއްހީހިދުމަތް މިހާރު މުޅި ރާއްޖެތެރޭގަ ވެސް ދަނީ ގޯހުންގަށް
ސޮނިބެ
12 May 2019
އެއްކަމެއްވެސް ހައްލެއްނުވާނެ ކަމެއްކުރަން އުޅެގެން ވާނީ،ސަރުބަތުބޮއެފަ ޕާޓީކޮޮޮއްޕަ އެހެން ކަމެއް ނުވާނެ.ރައްޔިތުންގެ ... ކިޔަމުން ރައްޔިތުމީހާ ފެލާލަނީ……………………
މުރާސިލް
12 May 2019
ރިސޯޓް ހިންގުމުގައާއި އަމިއްލަ ކުންފުކި ހިންގުމުގައި ފެއިލްވެފަ ހުރި ބޭފުޅަކަށް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް ހިންގަން ހަވާލުކުރީމާ ވާނެ ހައެތި ތިޔަވަނީއެވެ. އަދިވެސް ރައީސް ޔާމީން 25 ބުރީގެ އެންމެ ޒަމާނީ ހޮސްޕިޓަލެއް ބިނާކުރީމާ ފާޑުކިޔާށެވެ. ބަރާބަރަށް ހިނގަހިނގާ ހުރި ހޮސް ޕިޓަލެއްގެ އިމަޖެންސީ ރޫމްގައި ހުރި އޭސީތައް މެއިންޓެއިންކޮށް ނުބެލެހެއްޓޭ ބަޔަކަށް ދެން ރައްޔިތުނަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ؟