އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް (މ) ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތަށް ވަޑައިގެން މިސްކިތުގެ އިމާމް ޖަމާލް ފައުދާ (ވ) އާއި އެހެން މުސްލިމުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭޕީ
14 މެއި 2019 - 17:41
ކްރައިސްޗާޗް (މެއި 14) - މިދިޔަ މާޗް މަހު ބަޑިން ހަމަލާދީ 50 މީހުން މަރާލި ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތާއި ލިންވުޑް މިސްކިތަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ޒިޔާރަތް މިއަދު ކުރައްވައިފި އެވެ.
މިސްކިތަށް ކުރެއްވި ޒިޔާރަތުގައި ގުޓަރޭޒް ވަނީ ސޯޝަލް މީޑިއާގައި އަލިފާންގަނޑެއް ގޮތަށް ފެތުރޭ ނަފުރަތުގެ ވާހަކަތަކާ ދުރުވުމަށް ގޮވާލައްވައިފަ އެވެ. ގުޓަރޭޒް ވިދާޅުވީ ނަފްރަތު އުފައްދާ ޕްލެޓްފޯމެއްގެ ގޮތުގައި ސޯޝަލް މީޑިއާ ބޭނުން ކުރާ ކަމަށާއި އެކަމާ ދެކޮޅަށް އެންމެން އެކަތިގަނޑަކަށްވެ ތެދުވަން ޖެހޭ ކަމަށެވެ.
In Christchurch for this year’s Ramadan solidarity visit, I expressed my support & admiration for the Muslim community after March’s horrific mosque attacks.
— António Guterres (@antonioguterres) May 14, 2019
Hate speech is spreading like wildfire on social media. We must extinguish it. https://t.co/bMv0Mw0jRz pic.twitter.com/ccPwPMvVP5
އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޓްވީޓް.
ހަމަލާ އިން ސަލާމަތްވި މީހުންނާއި މުސްލިމުން ލީޑަރުންނާ އެކު ގުޓަރޭޒް ވަނީ އަލް ނޫރް މިސްކިތުގައި ބައިގަޑިއިރު ހޭދަ ކުރައްވައިފަ އެވެ. މިސްކިތުގެ ބޭރުގައި ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ގުޓަރޭޒް ވިދާޅުވީ އަމިއްލަފުޅަށް މިސްކިތަށް ޒިޔާރަތް ކުރެއްވީ ހިތުގައި އޮތް ލޯތްބާއި ތާއީދު ހާމަކޮށްދިނުމުގެ ގޮތުން ކަމަށެވެ.
ލިންވުޑް މިސްކިތަށް ވަޑައިގެން ވެސް ހަމަލާ އިން ސަލާމަތްވި މީހުންނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބަޑިޖެހި މީހާ ހިފަހައްޓަން މަސައްކަތް ކުރި އަބްޒުލް އަޒީޒް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙާރުހަންޑި
16 May 2019
ގުޓަރޭޒަރު އަޅެ ޖައްސާލަދީބަލަ ފަލަސްތީނު ރައްޔިތުން އެއުޅޭ ހާލު ބަލާލަން އަދި ސީރިޔާ ރައްޔިތުން އެއުޅޭ ހާލު ބަލާލަން. ޖެސީކާ ދޫނި ހުރިއްޔަކާ އަހަރެމެން ދެން ކަންބޮޑެއްނުވޭ
ޢަންނި
14 May 2019
ޢިހަކައްދުވަހު ބޮންގޮއްވާލި ސްރީލަންކާގެ ޗާޗައް ހަމްދަރުދީވެގެން ވެސް އިސްލާމީވެރިޔަކު ޒިޔާރަތްކޮއްފިތަ އެހިސާބުން އެވަރުގެ ނުބައި މީހަކު ނުހުންނާނެ
ބުްޅަބޭ
15 May 2019
މުސްލުލީޑަރަކު ޗާޗަކަށް އަދި ފައްޅިޔަކަށްނުދާނެ!
ރަދީފުގެދަރި ކުމާރު
14 May 2019
ދެން ގުޓަރޭޒުވެސް އިސްލާމުވެބަލަ. އޭރުން ވަރަށް ސަޅިވާނެ.