ނަޝީދު: ރިފްއަތަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރައްވައި، އޭނާ އަށް ތައުރީފް ކުރެއްވި. --ފޮޓޯ/މިހާރު
15 މެއި 2019 - 22:45
ދައުލަތުން ބަދަލު ދޭންޖެހޭ ގޮތަށް މި ފަހުން ނިންމި ބޮޑެތި މައްސަލަތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތަށް އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދޮގުކުރައްވައިފި އެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނަށް ތަޖުރިބާ ކުރެއްވިފައިވާ ތަނުގައި ރިފްއަތަކީ ވަރަށް ވެސް ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ. އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ރިފްއަތު ހިންގަވާފާނެ ކަމަކަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
Alhuganduge nazaruga adhi alhugandah thajribaa kurevifa huri thanuga Hon. AG @ibriffath akee varahves nazaahaiytheri beyfulheh. E manikfaanu evves baavathehge corruption ge amaleh hingavafaane kamah ehgothakahves qabool eh nukurevey
— Mohamed Nasheed (@MohamedNasheed) May 15, 2019
ނަޝީދުގެ ޓުވީޓް.
ރިފްއަތު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ނަޝީދު ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވައިފަ އެވެ. ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް، ކުރީ ސަރުކާރުގައި އިއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގަ އެވެ.
އެޓާނީ ޖެނެރަލް ރިފްއަތު: މިހާރު ވަކީލުކަމުގެ ހުއްދަ އޮތް އެއްވެސް ވަކީލެއްގެ ހުއްދަ ނުގެއްލޭ ގޮތަށް ބިލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
ރިފްއަތަށް އެންމެ ބޮޑަށް ތުހުމަތުކުރީ ދީބާޖާ މައްސަލައިގައި މާލީ މަންފާތަކެއް ހޯއްދަވަން އުޅުއްވި ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ދީބާޖާއަށް ދިން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ނިންމާ މާލީ މައްސަލަތަކުގައި ރިފްއަތަށް ފާޑުކިއުން އަމާޒުކުރުމުން އޭނާ ވެސް ވަނީ އެކަމަށް ޖަވާބުދާރީ ވެވަޑައިގެންފަ އެވެ.
ރިފްއަތު ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެކެވެ. އޭނާ އަކީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށާއި ކޮރަޕްޝަނުގެ އެއްވެސް މުއާމަލާތެއް ކުރައްވައިގެން ފައިދާ ހޯއްދަވާފައި ވެސް ނުވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
ކޮރަޕްޝަންގެ އަމަލުތަކުން ރައްޔިތުންގެ ހަޒާނާ ރައްކާތެރި ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އޭޖީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ކުރެއްވި ގާނޫނީ މަސައްކަތްތައް ދޫކޮށްލެެއްވީ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށް ވެސް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ޡާޙީރު
16 May 2019
އައްނި ސަރުކާރުގަ އައްނި ގާތްމީހަކަށް، އައްނިއަށް ފައިދާ ވާގޮތަށް ދިން ޕްރޮޖެކްޓެއްގެ ބަދަލު 300 މިލިއަނުން އަލުންބަލުން މިސަރަކުކާރު ވެރިކަމަށް އައުމުން ލިބޭއިރު އައްނި ބުނާ ވާހަކަ ގަބޫލުކުރަން އުދަގޫ ! އެހެންނޫނަސް ތީ ހަމަ އަންނި މި ދިޔަ އިންތިހާބު ތަކަށް ހަރަދު ކުރި ފައިސާ އަބުރާ ރައްޔިތުން އަތުން ފެލައިގން ހޯދަނީ.
ރުޅި
16 May 2019
ނަޝީދު ތާއީދުކުރާ ކޮންމެމީހަކީ ހުދު ފޮތިކޮޅެއްނޫން. އަދި މަނިކުފަނު ދުލުންބުނާ ކޮންމެ ބުނުމަކީ ތެދެއްވެސްނޫން. ވަރަށް ސަލާމް
ކައިލާސް
16 May 2019
ކަލޭތަތީ މިގައުމުގަ ނަޒާހާތްތެރިން ކަނޑައަޅާ މީހަކީ؟ ކަނޑައަޅާލަދީބަލަ އަހަރެންނަކީވެސް އިޙްލާސްތެރިއެއްކަމަށް! މިގައުމުގެ ވަބާއެއްތީ!
މޯޑް98
16 May 2019
މަނިކު ފާން ވެސް އަނެއްކާ ކޮރަޕްޝަން ހިންގުމަށް ހިއްވަރު ދެއްވަނީތޯ؟ރައްޔިތުންނުން މީހަކާއި ދޭތެރޭގައި ކޮރަޕްޝަނުގެ ތުހުމަތެއް ކުރާ އިރަށް ހަމަ އެމީހެއްގެ ދިފާއުގަތޯ؟މިދާ ވަރުން ދާކަމަށްވަންޏާ މަނިކުފާން ބުނެފާނެ ދެއްތޯ ޔާމީން ވެސް ކޮރަޕްޝަންގެ ހިންގާފަނެތޭ އޭރު އެވާހަކަ ދެއްކީ ވެރިކަން ހޯދަންވެގެނޭ....
ހަބީބާ
16 May 2019
ތީ ދެން ވަރަށް ހެއްވާ ކަމެއް!! މަނިކުފާނުގެ ގާތް މީހަކު ވީމައި ހުދު ފޮތިކޮޅެއް. މަނިކުފާނުގެ ޕާޓީ މީހުންވީމައި 100 މިލިއަނުންވެސް ދައުލަތުގެ ތިޖޫރީ ހުސްކުރަން އޯކޭ. ޕާޓީ މީހުންވީމައި ކުޑަކުދިންނާ ބެހުނަސް އޯކޭ. ކަމޯން ބުރޯ!
ލަންބެ
16 May 2019
އެހެންވިއްޔާ ތި ނަޒާހަތްތެރިވީ، ނަޝީދު ނުބުނެގެން ރިފްޢަތު ނަޒާހަތްތެރި ނުވެފަ ހުރީ، މީ މީހަކީ މީނަ ބުނީމަ އެކަމެއް ދެން ވާންޖެހޭނީ އެގޮތަށޯ، އަޖައިބެއްނު،
ސީރާޖާ
16 May 2019
މުޣުނީ އަށް ކުރި ތާއީދު އަބުރާ ގެންދިޔައީ ގެވެށިއަނިޔާ ގެ މީހެކޭ ކިޔާފައި. މުޣުނީގެ ސަޕޯޓަރުން ނުކުތީ ތިފަދަ ނިޔާ އާ ޚިލާފަށް އެއޮތީ ހޮވާފައި. ދެން ތިހެން ވަކި މީހަކު ބުނާ އެއްޗަކަށް ބަޔަކު ނުހެއްލޭނެ މިޒަމާނަކު. ތީގެ ސަބަބުން މީހުން ނުރުހުނު ވަރު އެހެރީ ކޮމެންޓާއި ޑިސްލައިކުން ފެންނަން. މާނައަކީ އޭނާ ނަޒާހަތްތެރި ނޫނެކޭ އެބުނަނީ ރައްޔިތުންނޭ. އިނގޭތޯ.
ރަންނަމާރިޔާ
16 May 2019
ހުސް ނަޒާހަތްތެރިން،،، ކަރަންޓް ބިލް، ފެންބިލް، ޕެޓްރޯލް މީ ވެސް ހުސް ނަޡާހަތް ތެރިން ކަން ހަމަ ޔަގީން.. ނަށީދު ބުނީމަ ދިވެހިން އޯކޭ،،، އަޅެ ފަހެ ދިވެހިން ހޭ އަރާކައް ނުވޭތަ
އައްޔުބް
16 May 2019
ނަޝީދު ނިންމީ މަ އެ ނިމުނީ ކީ އެއް ނޫން، ނަޝީދަކީ އަބަދުވެސް ނުބައި އޭޖެންޑާއެއް ގެންގުޅުއްވާ މީހެއް، ނަޝީދަށް ނަޝީދު ގެ އަޑު އަހާ ދެކޮޅު ނުޖެހޭ ކުދިންކޮޅަށް ތި މެސެޖް ދިނީމަ ޤަބޫލުކުރާނެ، ދިވެހި ރައްޔިތުންނަށް ވަރަށް ރަގަޅަށް ރިފްއަތު މި ވަނީ ދަސްވެފައި. ޓެކްސްޕާޔަރ މަނީ އެދަނީ އެއްކޮށް ހުސްވަމުން، ރައްޔިތުންނާ ދެކޮޅަށް ހުކުމް، މީގެ ތެރެއިން ގިނަ ކޭސް ތަކަކީ ރިފްއަތު ކުރީގައި ގެންގުޅުއްވި ކޭސްތައް. ދެން ބުނާނެ އެއްޗެއް ނެތް.
ނެގުނުކަތީބު
16 May 2019
ތިމާމެން ތާޢީދުކުރާ މީހުންނަކީ ދަޢުލަތް ވީދާ ނޮޅާ ކައިލި ކަމުގައިވިޔަސް ހުދު ފޮތިކޮޅަކަށް ހަދާއިރު ކަންކަން ވެފައި ހުރީ ދިމާ އިދިކޮޅަށް! އެހެން އެވިދާޅުވި މީހާގެ އޯޑަރަށް 8 ފެބުރުއަރީގައި ދަޢުލަތުގެ ކިހާ މުދަލަކަށްތޯ ގެއްލުން ދިނީ؟ ތިބުނާ ބޭކަލަކު އެ މަގާމަކާއި ހަވާލުވި ފަހުން ދަޢުލަތުގެ ކިތަކެއް މިލިޔަންތޯ ގެއްލުނީ؟ އަދި ތިބޭކަލެއްގެ ހިއްޞާ އޮންނަ ލޯ ފާމުން ދަޢުލަތާއި ދެކޮޅު މައްސަލަ ތަކުގައި ކޯޓަށް ވަޑައި ގަތީމާ ހަމަޖެހޭތޯ؟