ފުލުހުން މިރޭ ހިފެހެއްޓި ސައިކަލް. -- ފޮޓޯ: ޕޮލިސް
25 މެއި 2019 - 00:48
ވަގަށް ނަގާފައިވާ ސައިކަލެއްގައި އުޅެނިކޮށް މާލޭން މިރޭ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ސައިކަލެއްގައި އުޅޭ ކަމަށް ޝައްކުވެގެން ހުއްޓުވި އިރު ސައިކަލްގެ ރަޖިސްޓްރީ ނަންބަރު ބޯޑާއި ރަޖިސްޓްރީ ދިމާނުވާތީ ކަމަށެވެ.
މި މައްސަލާގައި ފުލުހުން ވަނީ ސައިކަލް ދުއްވަން އިން 44 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ސައިކަލް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ވަގަށް ނަގައިގެން ރިޕޯޓްކުރާ ސައިކަލް ހޯދަން ފުލުހުން މި ދުވަސްވަރު ސޯޝަލް މީޑިއާގައި އާންމުންގެ އެހީތެރިކަމަށް ވަރަށް ގިނައިން އެދެ އެވެ. އަދި ކޮންމެ އަހަރަކު ވެސް ރޯދަ މަހާ ދިމާކޮށް ވައްކަން ކުރުން އިތުރުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރު
25 May 2019
ސައިކަލު ވަގަށް ނަގައިގެން ބިޓު އަރުވައިގެން ދުއްވާމީހުންވެސްއުޅޭ
ށެޖެޑް
25 May 2019
އެންމެ ސައިކަލެއް ހޯދިގެން ތިވަރަށް ފޮނު ނާރުވާ! ދެން ފޮނު އެރުވި އެރުވީނުން މިއުޅޭވަގުން ވަގަށް ނަގައިގެން އުޅޭ ސައިކަލުތައް ދުއްވުން ހުއްޓާލީމަ ގެއްލިގެން މިއުޅޭ ސައިކަލުތައް ނުފެންނާނެ.
ގުދުގުދާ
25 May 2019
މިއީ މަބުނި ވާހަކަ ރަށުން ފުންމާލާ ގޮތައް ސައިކަލްއަށް އަރަންވާނެ! އަދި އެއިރެއްގަ އޮތް އެންމެ އަގުބޮޑުފޯނު އަގުގައި އޮންނަންވާނެ! އަދި 5 ބުރި ގެއަކާ ކާރެއްވެސް އޮންނަންވާނެ! އެކަމަކު މެންދުރު ބާރަޖަހަންދެން ނިދާފަ ކުރާ މަސައްކަތެއް ނޯވޭ! ދެން މިކަންތައް ފުރިހަމަ ކުރަން މިޖެހުނީ ވަށްކަންކުރަން!
ފީއަލީ
25 May 2019
ދެން ތިޔަހެން ކިޔާފަ މުޅި ބައިތުލްމާލް ބަހާ ހުސްކޮށްލާ މީދެރަވަރު ކަމެއް ރައްޔިތުން މަޖްލީހުންވެސް އެބަޖެހޭނުން ނުހައްޤުން އުވާލާ އެގްރިމެންޓް ތަކުގެ ޒިންމާވާންޖެހޭ ފަރާތެއް ކަނޑައަޅާ ޤާނޫނުގަ އެވާހަކައެއް ލިޔަން ހުރިހާ ކަމެއްގަވެސް މިޖެހެނީ ނިކަމެތި ރައްޔިތުން ޒިންމާވާން ކޮންމެ ބަޔަކުވެސް ސަރުކާރާއި ހަވާލުވަނީ ތިމަންނާމެނަށް ވާނޭކިޔާފަ
ހަކީމު
25 May 2019
ދުވާލެއްގެ މައްޗަށް އެތަށް ސައިކަލެއް، ސައިކަލުގެ ބައިތަށް ގެއްލެއެވެ. ފުލުހުންނަށް ހަމަ ސާބަހެވެ. މައްސަލަ ހުށަހެޅީމަ ކުނިމޫނު ހަދައިގެން ތިބެ މައްސަލަ ބަލައިގަނެއެވެ - ދެން އެނިމުނީ އެވެ. މިދޭތެރެއަކުން ޓެކްސީ ޑްރައިވަރަކާ ގުޅިގެން ސައިކަލު ވަގަށް ނަގައެވެ .. ފެންނަނީ ހަމަ އެކަނީ މިބުނާ ޓެކްސީ ޑްރައިވަރަށް އެކަންޏެވެ .. އެނޭ ސައިކަލު ހޯދާދޭ އަގަކީ 2000 އެވެ.
ފައިސާ ފައިސާ
25 May 2019
ޓެކްސީ ޑްރައިވަރުން ތިކަންކުރަނިކޮށް ބަސްޓްކޮށްލީވެސް ހަމަ ފުލުހުން.
ގާބިސް
25 May 2019
އާކުކުޅަކަށް ގާބިހެއް އެޅުނަސް ވަރަށް ބާރަށް ހަޅޭއްލަވާނެއެވެ. އެތައް ސައިކަލެއް ގެއްލިގެން އުޅޭއިރު ހާލަކުން ފަހަރަކު ނޫނީ ފުލުހުންނަށް އެ ހޯދިފައެއް ނެތެވެ.
ތިމާވެށި
25 May 2019
ވަގައް ނަގާފަ ބޯޑު ބަދަލުކޮށް ލަނީއެވެ. ފުލުހުން ސްމާޓްއެވެ. ވަގުތުން ބަލާލަން ވީއެވެ. ރަޖިސްޓްރީ ކޮޕީއެއް ނެތި އޮޑި ދޯނި ފަހަރަށް ވެހިކަލް ނާރުވަން ވީއެވެ.
ސާދާސީދާ
25 May 2019
ރަޖިސްޓަރީގެ އަސްލު އޮންނަނީ މަޑިދަށުގަ. ވަގުން ކޮޕީ ހަދާނެވަރަކަށް ހަދަން ދޫކޮށްލާފަ!