އިމާދުއްދީން ސުކޫލުގެ ދަރިވަރުންތަކެއް މިދިޔަ އަހަރުގެ ފަހު ޓާމުގެ ރިޕޯޓް ފޮތާއެކު.--- ފޮޓޯ: ނިޝާން އަލީ/މިހާރު
28 މެއި 2019 - 12:14
މި އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް، 10 ސްކޫލެއްގައި ޑިޖިޓަލް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ "މީމިސް" ބޭނުންކޮށްގެން ރިޕޯޓު ފޮތް ޖެނެރޭޓު ކުރުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކަމަށެވެ. އެހެންވެ، ސަރުކާރުގެ 213 ސްކޫލުގެ ތެރެއިން 10 ސްކޫލެއްގައި ޑިޖިޓަލްކޮށް ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދޭން ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މި ބަދަލުގެ ސަބަބުން އެ 10 ސްކޫލުގެ ކުދިންނާއި ބެލެނިވެރިންގެ އަތަށް ރިޕޯޓު ފޯމެއް ނުލިބޭނެ އެވެ.
"މިގޮތުން، މި ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް، ދަރިވަރުންގެ ނަތީޖާ އާއި އެހެނިހެން މައުލޫމާތު އޮންލައިންކޮށް ބެލުމުގެ ފުރުސަތު ފަހިވެގެންދާނެ،" ބަޔާނުގައި ބުންޏެވެ.
އޮންލައިންކޮށް ސްކޫލުން ރިޕޯޓު ފޯމުފޮތް ބެލުމަށް ބޭނުންވާ ބެލެނިވެރިންނަށް ސްކޫލުން އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ޑިޖިޓަލްކޮށް ރިފޯޓު ފޯމް ދޭ ސްކޫލުތަކުގެ ތެރޭގައި މާލެ އަދި ރަށްރަށުގެ ސްކޫލުތައް ހިމެނެ އެވެ.
ދަރިވަރުންނަށް ރިޕޯޓު ފޮތް ދެނީ ސީދާ ދަރިވަރުން ސްކޫލަށް ހާޒިރުވެގެންނެވެ. އެ ރިޕޯޓުތައް ތައްޔާރުކުރަނީ މީމިސްގައި ހުންނަ މައުލޫމާތުތަކަށް ބަލައިގެންނެވެ.
މިއަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓު ފޮތް ދޭން ހަމަޖައްސާފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ. ދެ ވަނަ ޓާމުގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑުބަރޭ
28 May 2019
މީމިސްއަކީ ކޯންޗެއްތަ؟ އެއީ ކާއެއްވެއްތަ ބޯއެއްޗެއްތަ
ނަޒްދީކް
28 May 2019
މަޖީދިއްޔާ ޓިޗަރުން މި ދިޔަ އަހަރު އުޅުނީ ހަމަ ހޭލާ ރިޕޯޓް ފޯން މީމިސް އިން ޖެނެރޭޓް ކުރަން.. މޫސަ ގެ އެހީތެރިކަން ވަރަށް ލިބުނު..މި އަހަރު ޓީޗަރުން އަމާޒު ހިފީ ދުރާލާ މި މަސައްކަތް ކޮށް ނިންމަން..މީމިސް އިން ރިޕޯޓް ފޯމް ޖެނެރޭޓް ކުރާނެ ހުރިހާ ސްކޫލަކުން..މޫސަ އަކީ ވެސް އިންސާނެއް....އަނބިދަރިން ކާރީގަ ވަގުތު ހޭދަ ކުރާ އިރު މޫސަ އަށް ނުގުޅަންވެގެން އަމާޒު ހިފި ހުރިހާ ޓީޗަރުންނަށް މަރުޙަބާ. ..
އަހުމަދުބޭ
28 May 2019
ހުރިހައި ކަމެއް ޑިޖިޓަލް ކުރީމައި ކަމަކުނުދާނެ، ކުދިންނަށް ލިބޭ ރިޕޯރޓް ފޯމަކީ އެކުދީންނަށް ލިބޭ ވަރަށްބޮޑު އެއްޗެކެވެ، ރަގަނޅު ރިޕޯރޓެއް ލިބުމުން އެކުދީން ރިޕޯޓް ފޮތްހިފައިގެން މަންމަ ޔާ ބައްޕަޔާ އަދި ބޭބެ އަދި ދައްތަމެން ނަށްދައްކަމުން ހިނގާ ހަދިޔާ ހޯދައި ހަދައި ދެން އަންނަޓާރމަކަށް ރަގަނޅު ރިޕޯޓެއް ހޯދަން މަސައްކަތް ފަށައެވެ. ޕޭރަންޓުނަށް ޑިޖިޓަލްކޮށް ފޮނުވުމުގައި މައްސަލައެއްނެތް ރިޕޯޓްފޮތް އުވާލައިކަށް ތާއީދެއް ނުކުރެވެއެވެ.