ރިލްވާނާއި ޔާމީން: ރިޔާސީ ކޮމިޝަންތަކުގެ ބިލް އަވަސްކޮށް އިންސާފު ގާއިމްކޮށްދޭން ރިލްވާނާއި ޔާމީންގެ އާއިލާ އިން ވަނީ ގޮވާލާފައި.
29 މެއި 2019 - 12:56
އާއިލާތަކަށް އިންސާފު ގާއިމްކުރުމުގެ ހުރަސްތައް ނައްތާލުމުގެ ފިޔަވަޅެއްގެ ގޮތުން، ރިޔާސީ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް ވީ އެންމެ އަވަހަކަށް ފާސްކޮށްދޭން، ގެއްލުވާލި ނޫސްވެރިޔާ އަހްމަދު ރިލްވާނާއި ރަހުމްކުޑަކޮށް މަރާލި ޔާމީން ރަޝީދުގެ އާއިލާ އިން އާ މަޖިލީހަށް މިއަދު ގޮވާލައިފި އެވެ.
ނުހައްގުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް އެމަނިކުފާނު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވީ ނަމަވެސް އެ ކޮމިޝަނަށް ބާރު ދޭ ބިލް ނިމިގެންދިޔަ މަޖިލީހުން ފާސްކޮށެއް ނުދިނެވެ. އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ކަމަށް ކޮމިޝަނުން ވެސް ވަނީ ބުނެފަ އެވެ.
ރިލްވާނާއި ޔާމީންގެ އާއިލާ އިން ނެރުނު ބަޔާނުގައި ބުނީ އެ އާއިލާތަކުން އަދިވެސް ތިބީ އިންސާފު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށެވެ. ހަމަ އެގޮތަށް އެ ނޫން އެތައް އާއިލާތަކުން ވެސް އެ ވޭނުގައި ތިބިކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އާއިލާތަކަށް އިންސާފު ނުލިބި ލަސްވަނީ އެތައް މައްސަލަތަކެއް ކުރިމަތިވެގެން ކަމަށާއި އޭގެ ތެރޭގައި މައްސަލަތަކުގެ ތަހުގީގު ފުރިހަމަ ނުކުރެވުމާއި ކުށްކުރުމުގައި ދައުލަތުގެ އެކި މުއައްސަސާތަކާއި ވެރިންނާއި މުވައްޒަފުންގެ ކޮންމެވެސް ކަހަލަ ބައިވެރިވުމެއް އޮތުމާއި ކޯޓުތަކުގައި މައްސަލަ ލަސްވުމާއި ކޯޓުތަކުގައި މައްސަލަ ބަލާ ފަނޑިޔާރުން ބަދަލުވުމާއި ފަނޑިޔާރުންނަށް އިތުބާރު ގެއްލިފައިވުން ފަދަ މައްސަލަތަކުން ކަމަށް ބަޔާނުގައިވެ އެވެ.
އިންތިޚާބުގައި ވައުދުވީ ގޮތަށް، އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މިހާރުގެ ސަރުކާރުން އިސްކުރަން ޖެހޭ ކަމެއް ކަން އާއިލާތަކުން ފާހަގަކޮށްފައިވެ އެވެ.
ނިމިގެން ދިޔަ މަޖިލީހުން ބިލް ފާސްކޮށްދީފައި ނުވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ރިލްވާނާއި ޔާމީންގެ އާއިލާގެ ބަޔާނުގައި ވަނީ އަދި ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކޯޓުތަކާއި، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ފަސްނުޖެހި ކުރިއަށް ގެންދިއުމަށް ވެސް ގޮވާލައިފަ އެވެ.
ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލުގެ މަސައްކަތް ކޮމެޓީ މަރުހަލާ އިން ނިންމިޔަސް، ނިމގެން ދިޔަ މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި އެންމެ ފަހު ޖަލްސާގައި އެ ބިލަށް ވޯޓަށް އެހޭނެ ގޮތެއް ނުވި އެވެ. ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންތަކެއް ޖަލްސާއަށް ހާޒިރު ނުވުމުން އެންމެ ފަހުން ޖެހުނީ އެ ބިލް ފާސްނުކޮށް، މަޖިލިސް ޗުއްޓީއަށް ދާށެވެ. އެއީ، ގަސްތުގައި ބިލް ފާސްކުރަން ބޭނުން ނުވެގެން ކަމަށް ވެސް ބައެއް މެމްބަރުން ތުހުމަތު ކުރެ އެވެ. މަރު ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަނުން ކުރަމުން އަންނަނީ ކިތަންމެ މުހިންމު މަސައްކަތްތަކެއް ކަމަށް ވިޔަސް، އެ ދެ ކޮމިޝަނަށް މިވަގުތު އޮތް ހަމައެކަނި ގާނޫނީ ހައިސިއްޔަތަކީ ގާނޫނު އަސާސީގެ ދަށުން ރައީސަށް ލިބިގެންވާ ބާރުގެ ދަށުން އެ ދެ ކޮމިޝަން އުފައްދަވައި، ނެރުއްވި ގަރާރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދއނ
29 May 2019
އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމްގެ އަލީއަށް އިންސާފ. މުޅި ގައުމު މގޮަވަނީ ގޮތް ނޭގޭ މަރުތައް ހާމަކޮށް އެކަން ކުރި ބަޔަކަށް ހައްގު އަދަބުދޭން،
ދަރިން
29 May 2019
ދަރިން އިސްލާމީ ރިވެތި އަޙުލާގުގެ މަތީގައި ތަރުބިއްޔަތުކުރަމާތޯ.
އަލްމާ
29 May 2019
ތިފާސް ކޮށްގެން ލިބެނެބާ
ނީނނޭ
29 May 2019
ލިބިފަ ހުއްޓަ ފެންނާނެ
ޕޮގުބާ
29 May 2019
ކުއްވެރިވާނެ މީހުން ތިބޭނީ ވައިގ
ގޮއިދޫހަސަނު
29 May 2019
އެބުނާހެން އެއްކަމަކަށް ދައުލަތުން ދެގުނަ ޚަރަދުކުރަންއެބަޖެހެއެވެ. އެކަމަކު އެކަމުގެ ޙައްލުހޯދުން ފަހަށްބާއްވާފައިވެސް އުފެއްދި ކޮމިޝަންތައް މެދުވެރިކޮށް މިކަންކަމުގެ ޙަޤީޤަތް ހޯދަންވެއްޖެއެވެ. ކުރީގެ ކޮމިޝަންތަކުގެމީހުން ބަދަލުކުރުމަށްފަހު ރައީސްގެ ކޮމިޝަންތަކުގެ ހޯދުންތައް މީހުން ބަދަލުކުރި ކޮމިޝަނާއި ޙަވާލުކޮށް ރިޔާސީ ކޮމިޝަނުން ނުނިންމިހުރިކަންތައް މީހުންބަދަލުކުރި ކޮމިޝަނުން ކުރިއެކޭއެއްގޮތަށް ކުރިއަށް ގެންދާނީއެވެ.
ބޮޑުމީހާ
29 May 2019
ރިޔާސީ ކޮމިޝަންސްތައް ހަދައިގެން މައްސަލަތައް ބެލުމަކީ މުއައްސަސާތައް އިތުރަށް ބަލިކަށިވާނެކަމެއް. ފުލުހުންނަށް މިހާރު ނުބެލޭނެ މަރުގެ މައްސަލައެއް ރިޔާސީ ކޮމިޝަނަށް ބެލޭނެހެން ހީނުވޭ. ހައުސިންގް މިނިސްޓަރަށް ނުބެލޭނެ މައްސަަލައެއް ފްލެޓް ކޮމިޝަނަށް ބެލޭނެހެން ހީނުވޭ. އޭސީސީ އަދި އެންޓިކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން ވަކިކޮށްގެންވެސް އެ މުއައްސަސާތައް ހަރުދަނާކުރަންވީ. މިހާރުވާގޮތުން 1 މަސައްކަތަކަށް ދައުލަތުން ޑަބަލް މުސާރަތިދެނީ.
ހައި
30 May 2019
މިނިވަން ކޮމިސަން ތަކާ ސިފައިންނާ ފުލުހުން ވަނީ ނުކުޅެދިފަ އަދި ކޮމިސަންތަކުގެ މެމްބަރުން ޤާނޫނީ ގޮތުން ބަދަލު ކުރެވޭކަށް މީންދުވަހަކުނެތް. ވީމާ ޑަބަލް ހަރަދު ކޮއްގެންވެސް ހުރިހާ މައްސަލަތައް ބަލަން ޖެހޭ
ބުއްޅަބޭ
29 May 2019
ރައީސް އެދުވަހު މުޒާހަރާއަށް ނުކުމެ ގޮވިގޮވެލިފަތި ރައީސަށް އަޑު އިވުނުބާ؟
ޖުހާ
29 May 2019
މުސާރައިގެ އޮނިގަނޑު ބައްޓަން ކުރުމަށް އަަވަސްކުރަން ފެނޭ.
ހުސެން
29 May 2019
އިސްލާމް ދީނަށާއި ﷲ އަންގަވާފައިވާ ޢަދުލު ިނސާފަށް ދެކޮޅުހެދުމަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދު ވެދާނޭފަދަ ކަމެކެވެ. ދީނުގެ ނަން ހަރު އަޑުން ގޮވަމުން ވައްކަން ކުރަމުން ނުޙައްޤުން މީހުން މަރަމުން ދޮގުހެކިދީ ﷲގެ ޙުކުމް ތަންފީޒު ކުރުމަށް ހުރަސް އަޅާމިީހުންނަކީ މުނާފިޤުންނެވެ. ޖަހައްނަމައިގެ އެންމެ އަޑިީގައި އެމީހުން ތިބޭނެ ދުވަސް އަންނާނެއެވެ. އެއީޤިޔާމަތް ދުވަހެވެ. އެ ދުވަހު ދޮގުހަދައި ދޮގި ހެކިދީ ހެދޭނެ އެއްވެސް ގޮތެއް ނޮ އޮންނާނެއެވެ.
ޙަނާ
29 May 2019
ތިޔަ މައްސަލަ ތަކުގެ އަޑީގަ ތިބި މީހުން ހޯދާ ހައްގު އަދަބު ދެވިއްޖެނަމަ މިސަރުކާރު 100
ނަންފުޅު
29 May 2019
މިއީ އަމިއްލަ އެދުމާ އައި ސަރުކާރެއްދޯ.