ޓެކްނޮލޮޖީ / އެސްޓްރޮނޯޓުން

އެސްޓްރޮނޯޓުންނަށް ޖައްވުގައި ސެލް ފޯން ޚިދުމަތް ލިބޭތަ؟

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ޖައްވީ އުޅަނދެއް ބަނދަރުކޮށްފައި: ކުރެހުންތެރިއެއްގެ ޚިޔާލުގައި ޖައްވީ ސްޓޭޝަން ދުނިޔެ މަތީގައި އެނބުރެމުން ސެނބުރެމުން ދާ ގޮތް

07 ސެޕްޓެމްބަރ 2016 - 06:42

އެސްޓްރޮނޯޓުންނަށް ޖައްވުގައި ސެލް ފޯން ޚިދުމަތް ލިބޭކަށް ނުހުރެ އެވެ. ބިމުގައި ދިރިއުޅޭ މީހުންނާ އެއްފަދައިން އެ މީހުން ފޯނު ބޭނުމެއް ނުކުރެ އެވެ. އެހެން ނަމަވެސް އެ މީހުން އަބަދު ވެސް ތިބެނީ ބިމާ ގުޅިފަ އެެވެ. ކޮންޓްރޯލް ސެންޓަރާ އަބަދު ވެސް މުވާސަލާތުކުރެ އެވެ.

ޖައްވުގައި އެސްޓްރޮނޯޓުން ތިބެނީ އުސޫލުތަކެއްގައި ބަނދެވިގެންނެވެ. އާއިލާ އާއި ގާތް އެކުވެރިން ދޫކޮށް ގޮސް މުހިންމު މަސައްކަތެއްގަ އެވެ. ސައިންސަށް ކާމިޔާބު ހޯދައިދިނުމުގަ އެވެ. ބޭސްވެރިކަން، މޫސުން އަދި އިންސާނީ ދަރިފަސްކޮޅަށް ފަސޭހައަކަށް ވެދާނެހާ ކަމެއް ހޯދައި ތަހުލީލްކުރުމުގަ އެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ބަނދަރުކޮށްގެން ތިބޭ ތިބުމުގައި އެސްޓްރޮނޯޓުން އައިޕީ ފޯނު ބޭނުންކުރެ އެވެ. ބޭނުންޖެހިއްޖެ ހާލަތެއްގަ އެވެ. އެ ފޯނު ހުންނަނީ އެއްކޮޅަށް ގުޅޭ ގޮތަށެވެ. މާނަ އަކީ ބިމުގައި ތިބޭ ބަޔަކަށް އެ ފޯނަށް ގުޅުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ޖައްވަށް ގެންދާ ކޮންމެ އެއްޗެއް ޚާއްސަ މިންގަނޑަކަށް ފައްތަން ޖެހެ އެވެ. އިލެކްޓްރޯނިކް އާލާތެއް ގެންދިޔަ ނަމަވެސް، ސްޓޭޝަންގައި ބޭނުންކުރާ އެއްވެސް މެޝިނަކަށް އޭގެ ސަބަބުން ބުރޫއަރައިގެން ނުވެ އެވެ.

ބިމުގައި ދިރިއުޅޭ އާއިލާ އަށް ޚާއްސަ މުނާސަބަތެއްގައި ނުވަތަ ވަކި ޚާއްސަ މީހަކަށް ގުޅުމަށް ފުރުސަތު އެސްޓްރޮނޯޓުންނަށް ލިބެ އެވެ. އެއީ އެހައި އާންމު ކަމެއް ނޫން ނަމަވެސް އެކަހަލަ މުއާމަލާތްތައް ހިންގާފައި ހުރެ އެވެ.

އެސްޓްރޮނޯޓުންނަށް ބޭނުންހާ ބަޔަކަށް ނުގުޅެނީ ޖައްވީ އިދާރާއިން އެކަން ހުއްދަނުކުރާތީ އެވެ. ބިމުގައި ތިބޭ ބަޔަކު އެސްޓްރޮނޯޓުންނަށް ގުޅައި ހިތުހުރިހައި ވާހައެއް ދައްކަން ވެއްޖެ ނަމަ ފިކުރުބޮޑުވެ ހާސްވާ ކަހަލަ ވާހަކަތަކަކަށް މަގުފަހިވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ޖައްވުގައި ދިއިރުޅޭއިރު ހުއްދަކޮށްފައި ހުންނަ ރޭޑިއޯ ޗެނަލްތައް އެސްޓްރޮނޯޓުން އަޑުއަހަ އެވެ. އެ ބޭނުމަށްޓަކައި ޖައްވީ އިދާރާއިން އިލެކްޓްރޯނިކް އާލާތްތައް ފޯރުކޮށްދެ އެވެ.

އެސްޓްރޮނޯޓުން ޖައްވުގައި ދިރިއުޅޭ ސްޓޭޝަނަކީ ޓެކްނޮލޮޖީ ހުރިހާ ފަސޭހައެއް ލިބޭނެ ތަނެކެވެ. ވައިބާ، ފޭސްބުކް، ވަޓްސްއަޕް އަދި ޓެކްސްޓް މެސެޖާއި ފޯނުން ލޯބި ހުށަހަޅައި، އިނދެ ވަރިކުރުމަށް ވެސް އެ ތަނުގައި ފުރުސަތު އޮވެ އެވެ. އެހެން ނަމަވެސް އެއިން ކަމެއް ކުރުމަށް އެސްޓްރޮނޯޓަކަށް ފުރުސަތު ދޭ ނަމަ، އެ މުއާމަލާތެއް ހިންގަން ޖެހެނީ ޖައްވީ އިދާރާއިން ހުއްދަކުރާ ޗެނަލަކުން އަދި ކަނޑައަޅާ ވަގުތެއްގަ އެވެ.

އެސްޓްރޮނޯޓުންނަށް ޖައްވުގައި ސެލް ފޯން ޚިދުމަތް ލިބޭތޯ އޮޅުން ފިލުވަން ކުރި ސުވާލަށް ދޭން އޮތް ޖަވާބަކީ މިއީ އެވެ. އާދައިގެ ހާލަތްތަކުގައި ސެލް ފޯނާއި ސްމާޓްފޯން އެ މީހުން ބޭނުންކޮށެއް ނުއުޅެ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 20%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454