ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ވަޑައިގެންނެވި އދ.ގެ މަންދޫބު ތަމްރަތު ސެމިއުލް އިމްރާނާ ބައްދަލުކުރައްވަނީ. --ފޮޓޯ: އަދާލަތު ޕާޓީ
05 ސެޕްޓެމްބަރ 2016 - 15:33
އަދާލަތު ޕާޓީގައި މިވަގު ރައީސަކު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން އެ ޕާޓީން ހިތްހަމަނުޖެހިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ޖަލުތަކާއި ޕެރޯލް ގާނޫނަށް ގެނައި އިސްލާހާ އެކު، އެމްޑީޕީގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަގާމުން ވަކިވެފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނަށް ރައްދުދީ، އަދާލަތު ޕާޓީން ކުރި ޓުވީޓެއްގައި ބުނީ، އެ ޕާޓީގެ ރައީސަކު ހިޔާރުކުރުމުގެ ފުރިހަމަ ބާރު ލިބިގެން ވަނީ ޕާޓީގެ އާއްމު މެމްބަރުންނަށް ކަމަށެވެ. އެކަމަށް ހުރިހާ ފަރާތްތަކުން ވެސް އިހްތިރާމްކުރުމަށް އަދާލަތުން ގޮވައިލި އެވެ.
ގާނޫނަށް ގެނައި އިސްލާހުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ "ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވާ" ކަމަށެވެ.
މި އިސްލާހަކީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންގެ މަގާމު ގެއްލުވާލަން ފާސްކުރި އިސްލާހެއް ކަމަށް އަދާލަތުން ވެސް ދެކެ އެވެ. މި އިސްލާހު އޮތަސް އަދާލަތު ޕާޓީގެ ރައީސަކީ އިމްރާން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އިމްރާނަށް 12 އަހަރުގެ ހުކުމެއް އިއްވީ މެއި 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަން ސާބިތުވުމުންނެވެ. ހިންމަފުށީ އައްސޭރި ޖަލުގައި ހުކުމް ތަންފީޒުކުރެއްވި އިމްރާން މިހާރު ގޭބަންދަށް ބަދަލުކޮށްފައި ވަނީ އެ ތަން މަރާމާތުކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޔައިން
04 October 2016
ޕާޓީގެ ވިސްނުން ގާނޫނަށްވުރެ މަތީގައި ދެއްތޯ؟؟ ބަރާބަރު.
އަލީ ނަސީރު
06 September 2016
އިމްރާނޫ... ދެން ކޮސްނުގޮވާ، މުގުރިހަ ކޮޅަކާއި، ހަރުހަޑޫ ކޮޅެއް ކާލައިގެން، ގޮޅީގައި މަޑުކޮއްލައްވާ.
ސަމަދު
06 September 2016
މިބޮޑެތީ މީހުން މިބޭފުޅުން ޢިމްރާން މެންނާ ކޮންމެ ތާކުތިއްބަސް ބައްދަލް ކުރޭދޯ
ބުއްދި
05 September 2016
ނިމިފަ ހުންނަކަންކަމަށް ޤާނޫން ހެދިޔަކަސް ކަމަކުނު ނުދާނެ
މަރީ
05 September 2016
އަދާލަތު އުވާލުމަށް ފެނޭ. އިލެކްޝަނަށްވެސް ގޮން ޖަހަނީ.. މީ ދެން ކޮން ބައެއްތަ އަޅެ
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
05 September 2016
Adolf Hitler އޭނާގެ ވެރިކަމުގައި މިފަދަ ކިތަންމެ ނިންމުމެއްނިންމާފައިވޭ. އެކަމަކު އޭނާ އެކަންކަން ކުރީ ''ޤާނޫނީ އިމުގެ ތެރެއިން'' ކަމުގައި ކަމަށް ބުންޏަސް އެއީ ''އައިރުޤާނޫނީ ނިންމުން ތަކެއް'' ކަމަށް ދުނިޔެއިން ނިންމި. / މިނިވަންކަން ، އައްޑޫ ސިޓީ
އިންމަ
05 September 2016
ދެން ބޭރުން އަންނަ ފަރާތްތަކުން ޢިމްރާނާއި ނަޝީދާއި ދެބޭފުލުންނާ މި ބައްދަލުކުރައްވަނީ ކޮން ޙައިސިއްޔަތަކުންބާ! ޔާމީނާ ބައްދަލުނުކުރިޔަސް އެމީހުންނާ އެބަ ބައްދަލުކުރޭ!
ޝަމްވީލް
05 September 2016
ރައީސަކަށްވެސް މެންބަރަކަށްވެސް ވާނީ ކޮންމެވެސް ޝަރުތެއް ހުރެގެނެއްނޫންތަ. އިލެކްޝަނުން އެބުނީ އެޝަރުތެއް އިމަރާންގެ ނެތްވާހަކަ. ދެން ހޮވަންވީނުން އެހެން ރައީސަކު. ނޫނިއްޔާ އިމަރާންނޫން މީހަކު އަދާލަތުގެ ރައީސަކަށް ދުވަހަކުވެސް ނުވާނެ ކަމަށް ނިންމަންވީނުން.
ބްރައިން
05 September 2016
އަދާލަތަކީ އެއީ ޕާރޓީ އެއް ތަ. ސިޔާސީ ގޮތުން އެއްވެސް ބަރުދަނެއް ހުރި އެއްޗެެއް ނޫން ތީކީ އެއް ދޯ. ތީމަމެން ޕިންކް ކުދިން ހެދި ޕާރޓީ އެއް ނޫން ދޯ. އަދާލަތުގެ ބަރުދަން އެއޮތީ އެނގިފައި މުޅި ރާއްޖޭގައި އަތް ފުނާ އަޅައިގެން ލިބުނީ މަޖްލީހުގެ އެންމެ ގޮނޑި އެއް. އެއީ ދެން ކީއްކުރާ އެއްޗެއްތަ. އެއީ މިތާނގައިވާ ވެސް އެއްޗެއް ނޫން އެތާނގައި ވާ ވެސް އެއްޗެއް ނޫން ދެން އެއީ ކޯއްޗެއްތަ. ތިނެތަސް އޯކޭ ވާނެއެވެ. ތީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ބްރައިން ޑިސްޗާރޖް އެވެ.
ނިރު
05 September 2016
އަދާލަތު ޕާޓީގެކުދިންކޮޅު ސައްލާކޮއްލާގެން އަވަހަށް އާރައީސްސަކު ހޮވާ. ބޮޑާހާކަން ތިބެގެންނެތް ވާނެމޮޅެއް ނޯނާނާނެ.