ޖުމްހޫރީ ޕާޓީން ކުރިން ބޭއްވި ނޫސްކޮންފަރެންސެެއްގައި ގާސިމާއި ނާޒިމް(ކ) ބައިވެރި ވެވަޑައިގަންނަވަނީ
30 މެއި 2019 - 00:22
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރަކަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިރޭ އިންތިޚާބުކޮށްފި އެވެ.
ޖޭޕީން ބުނީ، އެ ޕާޓީގެ ޕީޖީ ލީޑަރުގެ ނައިބަކަށް އިންތިޚާބުކުރީ ދަނގެތި ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ކަމަށެވެ.
ނާޒިމަކީ، ހަޔާތުގެ ބޮޑުބައި މިލިޓަރީ ދާއިރާގައި ހަރަކާތްތެރިވުމަށް ފަހު، މިދިޔަ މަހު ބޭއްވި އާންމު އިންތިޚާބުގައި ރައްޔިތުންގެ މަޖިިލިހަށް އަލަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން، ނާޒިމް ވަނީ ޑިފެންސް މިނިސްޓަރުކަމުގެ އިތުރުން ހެލްތު މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖޭޕީގެ ގިނަ މެމްބަރުންތަކެއް މިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ނަމަވެސް އެންމެ ފަހުގެ އާންމު އިންތިޚާބުގައި ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އެ ޕާޓީ އަށް ނެގުނީ އެންމެ ފަސް ގޮނޑި އެވެ. އެއީ މާމިގިއްޔާއި ދަނގެތި ދާއިރާގެ އިތުރުން ކެންދޫ ދާއިރާ (އަލީ ހުސައިން) އާއި ތިމަރަފުށި ދާއިރާ (އަބްދުﷲ ރިޔާޒް) އަދި އިސްދޫ ދާއިރާ (އަލީ ހަމީދު) އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނަކީ ވެސް ޖުމްހޫރީ ޕާޓީގެ ދެ މެމްބަރުންނެވެ. އެކަމަކު، މި ފަހަރުގެ އާންމު އިންތިޚާބުގައި އެ ދެ މެމްބަރުން ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ އާ ޕީޖީގެ ބައްދަލުވުންތަކުގައި ހުސައިން މުހައްމަދު ލަތީފާއި ސައުދު ވެސް ބައިވެރިވެވަޑައިގެން ވޯޓު ދެއްވަ އެވެ. އެކަމަކު، މަޖިލިހުގައި އެ ދެބޭފުޅުން ތިއްބަވަނީ އަމިއްލަ މެމްބަރުންގެ ގޮތުގަ އެވެ.
މިހާރު ހިނގަމުން އަންނަ 19 ވަނަ ރައްޔިތުންގެ މަޖިލިހުގައި 65 ގޮނޑިއާ އެކު ސުޕަ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށެވެ. އަދި އެ މަޖިލިހުގެ ރައީސަކަށް އިންތިޚާބު ކޮށްފައި ވަނީ ވެސް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ނައިބަކީ އެމަނިކުފާނާ ދެބެއިންގެ ދެ ދަރި ކޮއްކޯފުޅު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަހާފޮޑިދޮންތި//ފޭދޫ
31 May 2019
މާތްކަލާކޯ އާދޭސްކޮށްފައި މިބުނަނީ ހެޔޮނުވާނެ މިކަހަލަ ކުނި ޚަބަރު ނުލިޔެބަލަ.. މީދެނ ްޚަބަރެއްތޯ
އާއިޝަތު މާނިޔާ
31 May 2019
މީނާ އަޅެފަހެ ބޯހަމަޖެހޭ މީހެއްތޯ ބަލަން ޖެހިއްޖެ.. 3 ކިބަ މަތިވެސް ނެތް ނާށިބިބަ އެބުނަނީ ޕީޖީ އޭ އަޅޭފަހެ ކުޑަކޮށްވެސް ލަދުގެ ކަންފުކެއްވެސް ހުރިމީހެއްނަމަ މިކަކަމާއި ދުރަށް ދިޔައީސް މިހާލަތަށް ބަލައިވެސް.. ދުވަހަކުވެސް ތިޔަބޭބެ އަކަށް ނެތް ހެޔޮގޮތެއް.. ކައިރީގައި އުޅޭ މީހުން ބޭބެ ގުނބޫ ތިހައްދަނީ
ސާދާސީދާ
30 May 2019
ޑިކްޓޭޓަރު ޤާސިމް
ކަޅުކަޅު ދޮނޭ
30 May 2019
ޕީޖީ ލީޑަރުގެނަން، ޕީޖީ ރައީސަށް ބަދަލުކޮށްލީމާ އެމަނިކުފާނަށްވެސް ރައީސްކަން ލިބުނީނޫންތޯ.. ދެން މެމްރުން އެމަނިކުފާނަށް މުހާތަބް ކުރާނީ ރައީސް ގާސިމްގެ ނަންފުޅުން ،، މީނޫންތޯ ނުވެގެން އުއުޅުއްވާ ކަމަކީ..
ްއަދުރޭ
30 May 2019
މިހާރު ޖޭޕީންވެސް ސޭޓު ނޫންގޮތެއް ހޯދަންވެއްޖެއްނު.
ކޮތަރު
30 May 2019
މިދެން ޖޯކެއްނު. 5 މެމްބަރުންގެ ލިޑަރަކަށް ގާސިމު
ބެއްޔާ ބޭބެ
30 May 2019
ކަލޭނޭ އަހަރަމެންގެ ވީޕީ ޖަމީލު މީމިހާރު ކީއްކުރައްވާ ބޭފުޅެއްތަ؟ އަދިވެސް ޖުމްހޫރީތަ؟ ޕީޕީއެމްތަ؟ މަގާމެއް އޮވޭތަ؟ ދޭތެރެއަކުން ގަދަބަސް ވިދާޅުވާތީ އަހާލީ.
ފޮނިޓައްޕު ހަސަނު
30 May 2019
ހުނި އަންނަނީ.
އަހުމަދު ޝިޔާމު
30 May 2019
ގާސިމަށް ރަނގަޅަކަށް ދިވެހިރާއްޖޭގެ މިލިޓަރީ ދާއިރާގެ ކަންތައް އެނގިފަކައެއްނެތް. ނާޒިމުއަކީ ސިފައިގެ ތެރޭގައި އުޅުނުމީހެއް ނަމަވެސް މިލިޓެރީ އެހާގިނަތަމުރީނުތަކެއް ލިބަފަކައެއް ނުހުންނާނެ... މައުމޫނުގެ ވެރިކަމުގައި މާލެ ބޭފުޅުންގެ (ފަސްޓު އިންޓެރެސްޓު)ގެ ދަށުން ޕުރޮމޯޝަނަކަށް ފަހު ޕުރޮމޯޝަންސް ތައް ލިބި ނިމގެން ދިޔައިރު ހުރީ ކާރނަލެއްގެ ރޭންކުގައި.ތިޔަ މަޖިލީހުގައި ޖަނަރަލް ރޭންކުތަކުގައި ތިބިމީހުންވަނީސާރވްކޮށްފައި.ވީމާކޮސްނުގޮވާ.ކޯނީރިޕޯޓުބެލ
ހަކީމު
30 May 2019
ސަރުކާރުގެ ދެބައިކުޅަ އެއްބައި ވަޒިފާގަ ތިބީ އަބިންނާއީ ޕާޓީގެ ހިންގަން ވަޒީފާގަ ތިބި މީހުން ... ސަރުކާރު ބަދަލުވުން އެންމެ ބޮޑު ފައިދާއެއް ލިބުނު ޕާޓީ.