ފެނަކައިން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ސައީދު ވާހަކަ ދައްކަވަނީ.
30 މެއި 2019 - 16:21
ބައެއް ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ އަށް އަންނަ ޖުލައި މަހުގެ ތެރޭގައި ދާއިމީ ހައްލެއް ލިބޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
ފެނަކަ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް، މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 130 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަރަންޓް ކެނޑުމުގެ މައްސަަލަ ހައްލުކުރަން ކުރި ހޭދައިގެ ބޮޑު ބައެއް ހަރަދުކޮށްފައި ވަނީ ރަށް ރަށަށް ޖަނަރޭޓަރުތައް ފޮނުވުމަށެވެ.
"އަޅުގަނޑުމެން މިހާރު ތައްޔާރުވެ، އިރާދަކުރެއްވިއްޔާ ޖުލައި މަސް ނިމޭ އިރު އެފަދަ ހުރިހާ ރަށެއްގައި ދާއިމީ ކަރަންޓްގެ ނިޒާމް ގާއިމްވެގެން ދާނެ،" ސައީދު ވިދާޅުވި އެވެ.
ކަރަންޓްގެ ކެނޑުމުގެ މައްސަލަތައް ދިމާވުމުގައި ބައެއް ރަށްރަށުގެ އިންޖީނުގެތަކުގެ ވެރިންނާއި މުވައްޒަފުންގެ އިހުމާލު އޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެގޮތުން ޖަނަރޭޓަރުތައް ރަނގަޅަށް މަރާމާތުކޮށް ނުބެލެހެއްޓުމާއި ކުދި ކުދި މައްސަލަތައް ރަނގަޅު ވަގުތުގައި ހައްލު ނުކުރުމުގެ ސަބަބުން ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިޔަ ވިދާޅުވާ ބައެއް ރަށްރަށުގެ އިންޖީނު އެބަހުރި ހަމަސް ދުވަސް ވަންދެން ހުއްޓާނުލައި ހިންގާފައި. މިހާރު ވެސް ހިންގަނީ. އެހެންވީމާ އޭއްޗިއްސަކީ އޭގެ ޒާތުގައި އެއަށް ދޭން ޖެހޭ ފަރުވާ ނުލިބޭ ކަމަށް ވަންޏާ ހަމައެގޮތަށް ދިމާވުމަކީ [ހަލާކުވުމަކީ]އެންމެ ގާތް ގޮތް،" ސައީދު ވިދާޅުވި އެވެ.
އެންމެ ފަހުން ކަރަންޓްގެ މައްސަލަ ބޮޑުވި ގއ. ވިލިނގިލީގައި ހުރި ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރު ވަނީ ހަލާކުވެފަ އެވެ. ސައީދު ވިދާޅުވީ އެއީ ވެސް ގެނައިތާ ތިން އަހަރުވެފައިވާ ޖަނަރޭޓަރެެއް ކަމަށެވެ.
އޭނާ މިހެން ވިދާޅުވި އިރު ބައެއް ރަށްރަށުގެ އިންޖީނުގެތަކުން ބުނެފައިވާ ގޮތުގައި ޖަނަރޭޓަރުގެ އަދަދު މަދުކަމުން އެއްވެސް ޖަނަރޭޓަރެއް ނިއްވާލައި މަރާމާތު ކުރަން ފުރުސަތު ނޯންނަ ކަމަށެވެ. ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާއި އިރު އެކަން ހައްލުވާނެތޯ "މިހާރު" އިން ދެންނެވުމުން ސައީދު ވިދާޅުވީ ކުރަމުން އަންނަ މަސައްކަތަކީ ވެސް ޖަނަރޭޓަރު އިތުރު ކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެނަކަ
31 May 2019
އައްޑޫގާއި މިހާރުވެސް އެންމެ ރިލައިބަލް ކޮށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަނީ މީގެ 19 އަހަރު ކުރިން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ގޮތުގަ ދީފަވާ ޖެންސެޓްތަކުން. އެމްޑީ ވެސް ނޫސް ކޮންފަރެންސް ތަކުގާ ފެނަކަ ކިޔާ ކުންފުނީގެ އަސްލު ހާމަ ކޮށް ދިނުމަށް އެދެން.
އިބްރާ
30 May 2019
ޖުލައިމަހުގައި ކަރަންޓް ހިފައިގެން މަތިން ބަޔަކު އަންނަނީތޯ؟
ޒިޔާޕު
30 May 2019
މުވައްޒަފުން ވަޒީފާއިން ވަކިކުރުން ހައްލުކޮށް ހެޗްއާރު ތެރޭގަ އޮތް ކޮރަޕްޝަން ފިލާނީ ކޮން އިރަކުން
ހުތްކިބަ
30 May 2019
ފެނަކައާއި ސްޓެލްކޯއާއި އެމްޑަބްލިޔޫއެސްއޭއާއި އެމްޓީސީސީއާއި މިފަދަ ސަރުކާރުބައިވެރިވާ ކުންފުނިތަކުގައި ޚިދުމަތްދޭ ފެންވަރުގައިވެސް ގިނައިންތިބީ ޕީޕީއެމްގެ އެކްޓިވިސްޓުން. ތަކެތި ގެނެސް ޙަވާލުކުރިނަމަވެސް ކަންކޮށް ނިންމި ޚިދުމަތްދެވޭނީ އެމީސްމީހުން ކުރިއްޔާ. ކޮންމެސް ގޮތަކުން ޚިދުމަތްތައް ދިނުމުގައި ލަސްކުރުމާއި ޖެއްސުންކުރުން އެކުލަވައި ރައްޔިތުންނާއި ސަރުކާރާއި ޖެއްސޭތޯ ބަލާނެ. ތިތަންތަން އެއްކޮށް ސާފުކޮށްގެންނޫނީ ރަނގަޅެއްނުވާނެ.
ފެނަކަ މުވައްޒަފެއް
30 May 2019
އެމް ޑީ ސައީދު އަޅުގަނޑު ޕާރސުނަލީ ނުދަންނަން. ނަމަވެސް އެމަނިކުފާނު ވިދާޅުވާން ބޭނުންވާ އެތި ކޮންމެވެސް ސިފައެއްގައި ބުނުއްވަން މަސައްކަތްކޮތްފައިވޭ... އެމް ޑީ އަކީ ޕުރޮފިޝަނަލަރީ އިން ޖިނިއަރަކަށް ނުވިނަމަވެސް ނަންގަވާފައިވާ ޕޮއިންޓުތައް ވަރަށް ފުރިހަމަވޭ... އަޅަގަނޑަކީ އި ންޖިނޭރެއްކަމުން އަޅުގަނޑުވެސް ގަބޫލެއްނުކުރަން 3 އަހަރު ތެރޭގައި އިންޖީނެއް ބާވެގެން ބޭނުން ނުކުރެވޭފަދަ ހާލަތަކަށް ދާންޖެހޭކަމަކަށް.ގަވާއިދުން ބެލެހެއްޓޭނަމަ 35 އަހަރުވެސް
ސަރައްކާލި
30 May 2019
ތި އޮތީ އެނގިފަ. ކިތައް އަހަރު ތޯ އެއް ނޫން މުހިންމީ . ހިންގާފަ ހުރީ ކިތައް ގަޑިއިރު ތޯ މުހިންމީ
ހުސަންބޭ
30 May 2019
ކޮންމެ ޖެނެރޭޓަރެއްވެސް މެދުނުކެނޑި ހިންގަންޖެހޭ ގަޑި، އެކަމާ ޙަވާލުވެތިބި މީހުންނަށް ނޭނގެންްޏާ 6 މަސް ކީއްކުރަން 9 މަސް ވަންދެންވެސް ހިންގާނެއެވެ. ގަޑިހަމަކޮށް އެއަށްދޭންޖެހޭ ސަރވިސް ދޭނަމަ މައްސަލަޖެހުން ކުޑަވާނެއެވެ. އެކަން ކުރެވޭނީ ސަރވިސް ދޭންޖެހޭ ޖެނެރޭޓަރު ނިއްވާލުމުގެ ކުރިން ހިންގާނެ ޖެނެރޭޓަރެއް ސްޓޭންޑްބައިގައި ހުރެގެންނެވެ.
ފެންކާ
30 May 2019
ޔާމީނު ދައުރުގައި ސިޔާސީ ގޮތުން ވައްދާފައި ތިބި މީހުން ބޭރު ނުކޮށް ތިކަން ރަގަޅު ވިޔަކަ ނުދޭނެ އެވެ
ކއވ234
30 May 2019
ތިބުނީ ތުމަންނަމެން ޕާރޓީ ކުދިންކޮޅުވައްދާށޭދޯ..