ޚަބަރު / އައްޑޫ ސިޓީ ކައުންސިލް

ނުރައްކާތެރި ޓްރާންސްފޯމަރުތައް އައްޑު އާއި ފުވައްމުލަކުގައި އެބަހުރި: އައްޑޫ ކައުންސިލް

ނުރައްކާތެރި ކެމިކަލް އެކުލެވޭ ކަރަންޓު ޓްރާންސްފޯމަރުތައް އައްޑު އާއި ފުވައްމުލަކުގައި އެބަހުރި ކަމަށާއި އެތަކެތި ނައްތައިލަން ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލން ބުނި އިއްޔެ ބުނީ ތިމާވެއްޓަށާއި އިންސާނުންނަށް ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޕޮލީކްލޮރިނޭޓެޑް ބައިފީނައިލްސް (ޕީސީބީ) އެކުލެވޭ ޓްރާންސްފޯމަރުތައް ނައްތާލުމަށްޓަކައި އެންވަޔަރުމެންޓް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (ޔުނީޑޯ) ގުޅިގެން ނޭޝަނަލް މެނޭޖްމެންޓް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.

އެ އެކުލަވައިލުމުގައި ކައުންސިލާ ބޭއްވި ބައްދަލުވުމުގައި، 1989 ވަނަ އަހަރުގެ ކުރިން ތައްޔާރު ކޮށްފައިވާ ޓްރާންސްފޯމަރުތައް އައްޑު އާއި ފުވައްމުލަކުގައި އެބަހުރި ކަމަށާއި އެ ތަކެތީގައި ޕީސީބީ އެކުލެވޭ ކަމަށް އެންވަޔަރުމެންޓް މިނިސްޓްރީގެ ޓީމުން ބުނެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ. އެގޮތުން ޕީސީބީ އެކުލެވޭ ކަމަށް ބެލެވޭ ހަ ޓްރާންސްފޯމަރު އައްޑޫގައި ހުރި އިރު އޭގެ ތެރެއިން ތިނެތި މިހާރު ވެސް ދަނީ ބޭނުން ކުރަމުންނެވެ.

ކައުންސިލުން ބުނިގޮތުގައި، ޕްލޭނުގެ ބޭނުމަކީ އެ ތަކެތި ރާއްޖޭން ބޭރަށް ގެންގޮސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނައްތާލާނެ ގޮތުގެ އުސޫލުތަކެއް އެކުލަވައިލުމެވެ. އެހެންވެ، އެ ތަކެތި ނަގައި، ބަދަލުގައި ބޭނުން ކުރާނެ ޓްރާންސްފޯމަރުތައް ހޯދުމަށް އައްޑު އާއި ފުވައްމުލަކަށް ކަރަންޓުގެ ހިދުމަތްދޭ ފެނަކައާ ހިއްސާ ކޮށްފައިވެ އެވެ.

ޕީސީބީ އަކީ ކެންސަރާއި އެ ނޫން ވެސް ނުރައްކާތެރި ބަލިތަކަށް މަގުފަހި ކުރުވާ އެއްޗެކެވެ. އަދި އެ ކެމިކަލަކީ އޭގެ އަސަރު ޒަމާންތަކަށް ދެމިހުންނަ އެއްޗެކެވެ.

19 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 27%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރިޝް

31 May 2019

މިއުޅެނީ މިހާރު ލާރިގަނޑެއް ކާލެވޭނެ ގޮތެއް ނޭނގިގެން.

The name is already taken The name is available. Register?

އެނގޭނޭނގޭ

31 May 2019

ހަދާ ހަދާ އެންމެ ޕްލޭން ގަނޑެއް ވެސް ނިންމާ ނުލެވުނު ވިހި ފަންސަވީސް އަހަރު ވީއިރު ވެސް.

The name is already taken The name is available. Register?

ހަންސަން

31 May 2019

ޓްރާންސްފޯމަރު ތަކައްވުރެ ބާރައްދުއްވާ ކާރުތަކާއި ސައިކަލުތަކުގެ ނުރައްކާ މާބޮޑު އިނގޭތޯ!

The name is already taken The name is available. Register?

ނާނުބޭބެ

31 May 2019

މިއީ މަޖާ ވާހަކައެއް ނޫން. ހިތަދޫ އިންޖީނުގޭގައި މަސައްކަތް ކުރި 2 މުވައްޒަފަކު ކުއްލި ގޮތަކަށް ނިޔާވި، ސިއްޙީ މައްސަލައެއް ނެތި ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ދުޅަހެޔޮކޮށް އުޅުނު ދެމީހުން އެއީ. ރާއްޖޭގައި އޮންނަ އެއްޗެއް ނޫން އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އަކީ!

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

31 May 2019

މޭޔަރުގެ އަމަލުތަކާއިޕްލޭންތައްބަހައްޓާންޖެހޭނީ ސިޓީގެ ރައްޔިތުންގެއުއްމީދާއިފިކުރު އަދި މުސްތަޤުބަލަށް. * * ޓްރާންސްފޯމަރާއި، ހޮޅިބުރި ފިލްޓަރ ބަދަލުކުރުމަށްނުވިސްނާ ކުރިއަށްއޮތް 50 އަހަރަށްއެކަށޭނަޕްލޭނަކަށް މަސައްކަތްކުރައްވާ. * * ޖަޕާނާއި، އޮސްޓްރޭލިއާ، އިޤިރޭސިންގެއެހީތެރިކަން ފަސޭހައިންލިބޭނެތީ RAF Central Power House އަޕްގުރޭޑްކޮށް މެރިންކޭބަލަކުން ހުޅުމީދުއާއިހެރެތެރެ އަދި ޝަންޤުރިލާޒްއަށް އެއްއިންޖީނުގެއަކުން ކަރަންޓުދޫކުރެވޭނެގޮތްހަދާ.

The name is already taken The name is available. Register?

ގިއުޅު

31 May 2019

އައްޑޫގަ ހުންނަ ބާ ޓްރާންސްފޯމަރުގަނޑެއްވެސް ބަދަލުކޮށްލެވެނީ ސީދާ އދއާއި މިނިސްޓްރީއާއި ކައުންސިލާއި ގުޅިގެން. އެހާވެސް ބޮޑުކަމެއް ކަމަކީ. ހުޅުމާލޭގަ 50 މެގަވޮޓްގެ އިންޖީނުގެއެއް ހަދާނިމި ކަރަންޓްދޭއިރު ނޫހަކުވެސް ނުޖަހާ.

The name is already taken The name is available. Register?

ގަބުޅި

31 May 2019

ހަހަހަ އައްޑޫ މީހުންނަށް ކުރި ބޮޑު މަލާމަތެއްދޯ ތި.

The name is already taken The name is available. Register?

ނުޖަހާނެ

31 May 2019

އެއީ ޗައިނާ އެހީގަހެން ހީވަނީ. އެހެންވީމަ ނުޖަހަފާނެ.

The name is already taken The name is available. Register?

މަރޮއްޓާ

31 May 2019

ތިހާބޮޑު ހަރަދެއް ކުރާނިކަމެއްނެތް އައްޑޫއަކީ ބޮޑުރަށެއް މީހުންނޫޅޭ ސަރަހައްދުގަ ހަލާކު ވަންދެން ބޭއްވީމަ ނިމުނީ ކޮންތިމާވެއްޓެއް ކޮންވެންޝަން ސެންޓަރު ބޮޑުކުޅިޔެއް ހަލާކު ކޮއްފައެޅިއިރު ކޮބާއަނގަ

The name is already taken The name is available. Register?

ލޮންޑޯރުބުރި

31 May 2019

ތި އައްޑޫ ކައުންސިލަކީ އެހެރަ ކޮންވެންޝަން ސެންޓަރުގެ ވަށައިގެންވާ މަގު ބައްތިތައް އިރުއޮއްސި 6ގެ ފަހުން ދިއްލެން ޖެހޭ ބައްތިތައް ފަތިރު 6 ޖަހާއިރު ދިއްލޭ މައްސަލަ ހައްލު ނުކުރެވުނު ބައެއް. ދެން ކިހިނެއް ޓްރާންސްފޯމަރ ނައްތާލުމުގެ މަސައްކަތެއް ކުރުމުގެ ފެންވަރު މިވެރީންގެ ކިބައިގަ ހުންނާނީ؟

The name is already taken The name is available. Register?

ވާނެދޯ

31 May 2019

ތިޔަ ކަހަލަ ކަންތައްވަނީ ވަކި ސަރުކާރެއް އޮތީމަ. ސްކްއެއަރގަ ނުނެގި ހުރި ދިދަ ނަގާލެވުނީވެސް މި ސަރުކާރު އައިމަ. ދެން ތިޔަ ބައްތިތައްވެސް ދިއްލޭނެ މި ސަރުކާރު އޮތީމަ.

The name is already taken The name is available. Register?

ނުޖެހޭނެއޭ

31 May 2019

ނުރައްކާތެރި ޓްރާންސްފޯމަރުތައް އައްޑު އާއި ފުވައްމުލަކުގައި އެބަހުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން އީޕީއޭ އާއި ގުޅިގެން ބުނި ނަމަވެސް އެއީ ޓެކްނިކަލީ އެކްސެޕްޓެޑް ވާހަކަ ތަކެއް ނޫނޭ އޮނާން ޓްރާންސްފޯރމަރ އެބަހުއްޓޭ ސިންގަޕޯރ ގައި ވެސް އަދި ދުނިޔޭގެ އެންމެ ތަރައްގީ ވެފައިވާ ގައުމު ތަކުގައި ވެސް މިހާރު އެއީ ހާރމެޓިކަލީ ސީލްޑް ޓްރާންސްފޯމަރު ތަކަށް ވާއިރު އެއިން ތެޔޮ ކޮޅެއް ނުވެސް ފެންނާނެއޭ ދެން ދުވަހަކު ވެސް ބަދަލު ކުރން ނުޖެހޭ ފިލް ކުރަން

The name is already taken The name is available. Register?

ނަދީމުﷲ

31 May 2019

ތިމާވެއްޓާއި ގުޅޭ ބޭފުޅެއް ކަމުގައިވާ ސިމާދު ވިދާޅުވެގެންނޯ.

The name is already taken The name is available. Register?

ފާގަ ހަސަނާ

31 May 2019

ސޯބެ މެން ހުސް އަނގަ ތަޅަނީ...

The name is already taken The name is available. Register?

އަހަސަ

31 May 2019

ވާހަކަ ނުދައްކާ. ސޯބެއަކީ އޮސްޓްރޭލިޔާއިން ކެމިސްްޓްރީއިން ޑިގްރީ ނަންގަވައިގެން ހުންނެވި ބޭފުޅެއް.

The name is already taken The name is available. Register?

ސޮއްބެ

01 June 2019

އިޔަ ނެގީ އިއްސަށީ. ކޯސް ނިނިންމާޢި އިޔަ އައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454