ކަރެކްޝަންސް އޮފިސަރުންގެ ބެލުމުގެ ދަށުން އަދީބު ޖަލަށް ގެންދަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ
01 ޖޫން 2019 - 20:18
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވުމާ އެކު، އެ ދެ މައްސަލަ ނުބަލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ބުދަ ދުވަހު ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން ނުބެލުމަށް ނިންމީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ޚިޔާނާތްތެރިވި މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އެވެ.
އެނގިފައިވާ ގޮތުގައި، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އިސްވެ ހުންނަވާ، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން ނިންމީ އެ ދެ މައްސަލަ ވެސް ޕީޖީ އަށް އަނބުރާ ފޮނުވުމަށެވެ. އެކަމަކު، އަދި އެ މައްސަލަ ޕީޖީ އޮފީހަށް އަނބުރާ ނުފޮނުވާ ކަމަށް ވެ އެވެ.
މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވި އެވެ.
އަދީބު އަށް އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލް ކުރުމާ އެކު، އެމަނިކުފާނު މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ފަހުން ހުކުމް ވެސް ބާތިލްވީ އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. އެކަމަކު އަދީބު އަދި މިނިވަނެއް ނުވެ އެވެ.
ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
އެކަމަކު، ލޯންޗްކޮޅުގެ މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް މިދިޔަ ހަފުތާގައި އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް ހައި ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، އޭނާގެ ބަންދާ މެދު އަލުން ގޮތެއް ނިންމަން ވެސް އެ ހުކުމުގައި އޮތީ އަންގައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
02 June 2019
މީ ދެން މިހާރު ފުކެއް ބޮޑު ވަރު އިނގޭ! އަހަރުމެން ނުކުންނަ ހިސާބަށް ދަނީ ހެން ހީވަނީ! މީ އެއްކަލަ ކަނޑާ ހޫރާލާނެ ކަން ޔަޤީން ވާތީ، ހަމަ ބާގޭން ކުރަންވެގެން ޖަހާޖަހާ ސަކަރާތޭ ބުނެލެވޭނީ! މީން އެއްވެސް ކަމަކަށް އިޖާބަ ނުދީ ޕޮލިހުން އެބެޖެހޭ އަނދީބު ކަހަލަ ޑޭންޖަރު މީހަކު ދޫވިޔަ ދީފަ ނުބަހައްޓާ ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅަން!
ވާލުސޮރު.
01 June 2019
ބަޔަކަށް ހުވަފެނެއް ފެނިގެން އުޅޭހެން ވަރަށް އެބަހީވޭ. އެކަމަކު އެއީ ބިލާހެއްކަން ލަހެއްނުވެ އެބަޔަކަށްވެސް އެނގޭނެ.
ޅަބޭ
01 June 2019
ދިވެހި ރާއްޖެއަކީ ވަގުންނާއި ޙާއިނުންގެ ސުވަރުގެ.
ކަރީމުއްދީން ބާޝާ
01 June 2019
ޒީރޯޓޮލަރެންސުވީމާ މާނުބައެއްނު.
ދަގަތްފާނު
01 June 2019
ފިނިފެންމާލޯންޗުގައި ރައިސުލްޖުމްހުރިއްޔާގެ ފޫބުޑުގައި ބޮމެއްގޮއްވިކަމުގައިވާނަމަ ބޮން ހަދަން ތަކެތިހޯދި ބަޔަކާއި، ބޮންހެދިބަޔަކާއި، ބޮންހަރުކުރިބަޔަކާއި، ބޮންގޮއްވިބަޔަކު ތިބޭނެތާއެވެ. މިއިން އެއްވެސް ބަޔަކު ކުށްވެރިނުވެއެވެ. ހުރިހާކަމެއް ނިމުނުއިރު ކުށްވެރިވީ ލޯންޗު ގޮވީމާ ވެގެންއުޅޭގޮތެއްބަލަން ސިފައިންގެއިން ފޮނުވި އޮފްސަރެވެ. އޭނާގެ ކުށަކަށްވީ ހެލްމެޓެއް ނާޅައި ހުރުމެވެ. މިގައުމުގެ ކަންކަން މިހިނގަނީ ކިހިނެތްހެއްޔެވެ.
ރަދީފު ބިންތު ކުމާރު ބިންތު މަ
01 June 2019
މިހާރު ކަންކަން ނިމެމުންމިދަނީ ރަނުންރަނަށް.
ދޯނގި
01 June 2019
ކޮންދުވަހަކުންތަ ހިތާ ލޮލަށް ބޭސް ފަރުވާއަށް ފުރާވަޑައިގަންނަވަނި.... މިހާރު މާލަސްވެސް ވެއްޖެ އެއްނުތާ
ހުޝާމް
01 June 2019
އެއް ބަޔަކު އަނެއް ބަޔަކު ބޮލަށް ޖަހަނީ އެވެ. މިނިވަން ކުރާ ބައެއްގެ ނަން އެޅެން ބޭނުން ނުވާތީ.
---އާޒިމާ ދައްތަ
01 June 2019
އަދީބު އަނެއްކާ ދުއާ ކުރީތަ؟
ޛަކަރިއްޔާ
01 June 2019
މިކަމުގެ އަޑީގައި އެތައް ކަމެއވާނެ. މިއަދު އެތައްބައެއްގެ ހައްގުކައިގެން އެތައް ޖަރަިމާއެއް ހިންގައިގެންވެސް ސަލާމަތް ވެވިދާނެ. ﷲހަޟްރަތުގައި ސަލާމަތެއް ނުވެވޭނެ އެދުވަހު އަދީބަކަސް މި ދީބަކަސް ކަންކުރެވޭނީ އިންސާފުން. ބިރުވެތިވޭ