އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމް: އެކްސިޑެންޓްތައް ގިނަވެފައިވާތީ އެ ހޮސްޕިޓަލަށް ނާރުގެ އޮޕަރޭޝަންތަކަށް ހާއްސަ ޑޮކްޓަރަކު އަންނަނީ ހޯދަމުން. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
03 ޖޫން 2019 - 12:39
މާލެ އާއި އަތޮޅުތަކުގައި މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެ، ބޮލަށް ލިބޭ އަނިޔާތައް އިތުރުވެފައިވާތީ އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކު ހޯދަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުގެ މައުލޫމާތު ހިއްސާކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަކު ގެންނަނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަލުން ކަމަށެވެ. އެ ޑޮކްޓަރު ފުރަތަމަ ގެންނަނީ އެއް މަސް ދުވަހަށެވެ.
"ފުރަތަމަ ޓްރައަލް ޕީރިއަޑަކަށް ގެނެސް ބަލާފައި، އަޅުގަނޑުމެން މިއޮޓް ހޮސްޕިޓަލާ އެކު ދާއިމީ އެއްބަސްވުމަކަށް ދާނީ. އޭރުން މިތާ ހުންނަވާނެ ދާއިމީކޮށް ނާރުގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރެއް،" ސަލީމް ވިދާޅުވި އެވެ.
TRAFFIC MANAGEMENT DEPARTMENT - Weekly Statistics (25th May to 31st May 2019).@TransportMV @MaleCitymv pic.twitter.com/CKGorho3xQ
— Maldives Police (@PoliceMv) June 2, 2019
މަގުމަތީގެ އެކްސިޑެންޓްތަކާ ގުޅޭ ގޮތުން ޓްރެފިކް ފުލުހުން މިދިޔަ ހަފުތާގައި އާއްމު ކުރި ތަފާސްހިސާބު.
ފުލުހުން މިދިޔަ ހަފުތާގައި އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މާލޭގައި އެކަނި ވެސް މިދިޔަ ހަފުތާގައި 64 އެކްސިޑެންޓް ހިނގާފައިވެ އެވެ. އޭގެތެރެއިން 17 މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މިއުޓް ހޮސްޕިޓަލުގެ ޑޮކްޓަރު ވަޑައިގެން ޚިދުމަތް ފެށުމުގެ ކުރިން ވެސް މައްސަލަ އަށް ހައްލު ހޯދަން އޭޑީކޭއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަން ސަލީމް ފާހަގަކުރެއްވި އެވެ.
އޭޑީކޭ ހޮސްޕިޓަލުން ނާރުގެ އޮޕަރޭޝަންތައް ކުރެވެ އެވެ.
ސަލީމް ވިދާޅުވި ގޮތުގައި އޭޑީކޭއާ އެކު އެއްބަސްވީ އެކްސިޑެންޓުތަކުގައި، ނާރުގެ އޮޕަރޭޝަންތައް ކުރަން ޖެހޭ މީހުން އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށެވެ. އެ އުސޫލުގެ ދަށުން، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން ފަސޭހަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
"ޕޭޝަންޓުން މިތަނަށް ގެނައީމަ، އޭޑީކޭ އަށް ޓްރާންސްފަ ކުރުމުގެ އުސޫލެއް މި ކަނޑައެޅީ. ކުރިން ގުޅާލާފައި ބުނާ އުސޫލު ބަދަލުކޮށް، ދެ ފަރާތުން އެއްބަސް މިވީ މިތަނުގައި އަދި އެ ކަހަލަ ޑޮކްޓަރެއް ނެތަސް އެ ކަަހަލަ ކޭސްއެއް އަތުވެއްޖިއްޔާ ޓްރާންސްފަކުރަން،" އޭނާ ވިދާޅުވި އެވެ.
އޭޑީކޭ އިން އެ ޚިދުމަތް ދޭނީ އާސަންދައާ އެކު އެ ހޮސްޕިޓަލުން އެއްބަސްވެފައިވާ އަގުގަ އެވެ. އައިޖީއެމްއެޗުގައި އޮންނަ ގޮތަށް ހިލޭ ފަރުވާއެއް ނުލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑޭ
04 June 2019
އިލްމީ ޒުވާނުންނަށް ކީއްވެތަ ފުރުސަތު ނުދެނި އައިޖީއެމްއެޗްކަހަލަ ތަންތަން ހިންގަން. ފެއިލްވެފަ ތިބޭ މީހުންނަށް ކަންކަން ނުވާކަމްގެ ހެކި މި ފެންނަނި. ހަތަރު ފަސް މަސް ވާއިރު އޭސީ ނެތިގެން ތަނެކޭ އަވަނެކޭ ތަފާތެއް ނެތް. ނާރުގެ ޑޮކުޓަރެއް ނެތް އަބަދު ގެންނަށް ގެންނަށް ތިމީހާ ނޭގެ މީނަ ދައުރު ހަމަވާއިރުސް އަންނާނި ހެންނެއް.
ހޯރަ
04 June 2019
ތި ގެންނަ ޑޮކުޓަރ އައިޖީއެމްއެޗްގަ 30 މިނެޓް ބަލިމީހުން ބަލާފަ. ބާކީ އޮތް ހުރިހާ ވަގުތެެއް ކުލިނިކު ތަކުގަ ބަލިމީހުން ބަލާ ގޮތަށް ދީންލާލީމަ. ހުންނާނި ހަތަރެސް ކަން ހަމަވެފަ
ހަޒާނާ
03 June 2019
ސްޓިކާ ޖެހުން މަދު ކޮށްފަ ސިނގިރޭޓް ބޯ މީހުން ފަހަތުން ދުވެ ބަލާށެވެ.
ކޮރަލް
03 June 2019
މީހަކު މޮޔަ ވެދާނެއެވެ . ބާރަށް ދުއްވާ މީހުނަ ހުއްޓުވާކަށް ނުކެރެއެވެ. ބްރިޖް އަށް އަރާފަ ބާރު ކޮށްލީމަ އަނެއްކޮޅުން އޭނަ ހުއްޓުވުމަކީ ފަސޫހަކަމެކެވެ. އެކަން ވެސް ކުރާނެ ގަޓް ނުހުރެއެވެ.
އެހެން
03 June 2019
ހުރިހާ ކަމެއްވެސް އިންޑިޔާއިން. އިންޑިއާ ނޫންތަނަކުން ޑޮކްޓަރެއް ލިބޭތޯ ކުޑަކޮށް ބަލާލިބާ؟
ޓްރޫ
04 June 2019
ދަންނަވަންތޯ! ނޭޕާލް އަދި ޕާކިސްތާނުން މިހާރު ގިނައިން ޑަކްޓަރުން އިމްޕޯޓް ކުރަނީ
ސަންފަ
03 June 2019
މީ އެއްކަލަ އެއަރޕޯޓް ވިއްކާލި މީހާދޯ. ހޮސްޕިޓަލް ވިއްކާލަން ތައްޔާރުވަނީ.
98
03 June 2019
އެކްސިޑެންޓުވީމަ ގެއްލުންވަނީ ހަމައެކަނި ނާރައްތަ.
ބުރޯގެ ބުރޯ
04 June 2019
ނާރުގެ ޑަކުޓަރުންނަކީ ސިނކުޑީގެވެސް އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވާ ބައެއް
ކޮތަރު
03 June 2019
ލައިސަންސު ނެތި ދުއްވާ މީހުން ޖޫރިމަނާކުރުމުގެ ބަދަލްގައި އަދަބު ބޮޑުކުރަންޖެހޭ، މިދިޔަ ހަފްތާވެސް 88 މީހުން ލައިސަންސްނެތި ދުއްވަނިކޮށް ފުލުހުން ހިފައްޓާފައިއެބަވޭ.
ހޯލްޑްއޮން
03 June 2019
އައިޖީއެމްއެޗް އިން ކުރަން ބޭނުންވާ ޚަރަދު ތައް ހިފެހެއްޓުމެއް ނެތި ހުއްދަ ދޭން ޖެހޭނެއޭ ފިނޭންސް މިނިސްޓްރީން ސަބަބަކީ ހެލްތް މިނިސްޓަރު އަމީން ބުނަނީ އެމެންނާއި ބެހޭ ކަމެއް ނޫނޭ އައިޖީއެމްއެޗް ހިންގުމަކީ އެހެން ކަމަށްވާނަމަ ދެން އެމެންނާއި ބެހެން ޖެހޭނީ އެއީ ފިނޭންސް މިނިސްޓްރީ ނޫންތޭ އައިޖީއެމްއެޗް އިން ދޭ ޚިދްމަތުގެ ފެންވަރު ރަނގަޅުވެ ސްޕީޑް ފާސްޓް ވުން އެއީ ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ބޮޑު އުފަލަކާއި ނިއުމަތެކޭ ރިބިލްޓް ދެއަރސް
އޮފްކީޕިންގް
03 June 2019
އެކްސިޑެންޓުތައް ގިނަވެ އައިޖީއެމްއެޗަށް ނާރުގެ އޮޕަރޭޝަން ޑޮކްޓަރަކު ގެންނަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އައި ޖީއެމްއެޗް އަދި ދަރުމަވަންތަ ހޮޮސްޕިޓާ އެބަޖެހޭ އިންވެސްޓް ކޮށްގެން ނަމަވެސް ލާރޖް ކޮށް ޖައްސަން އެތަން ތަނުގެ ޑިމާންޑެއް ދެން ނުވެއްޓޭނެއޭ އެއީ ދެން ވާނެ ކަމެއް ނޫނޭ މަމެން އެންމެ ބޮޑަށް ދެރަ ވަނީ ޑެލިވަރީ ކުރާ މަންމައިންނަށް ވެސް އެމެން ޕްރައިވެޓް ކޮޓަރި އެއް ބޭނުންވެގެން އުޅުނަސް ނުލިބޭތީއޭ އެކަން ކަން ވެސް އެބަޖެހޭ ރަނގަޅު