ފުލުހުން މަސައްކަތުގައި، މިއަދު ހިނގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހުންނަށް އެކަކު ހަމަލާދިން. ފައިލް ފޮޓޯ
05 ޖޫން 2019 - 18:29
މާލޭގައި މިއަދު ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހުންނަށް ހަމަލާދީފި އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:15 އެހާކަށް ހާއިރު ޝަހީދު އަލީ ހިނގުމުގައި މާރާމާރީ ހިންގީ ތިން މީހެއް ކަމަށާއި އެ ތިން މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުންނަށް ހަމަލާ ދިނީ މީގެ ތެރެއިން އެކަކެވެ.
މާރާމާރީ ހިންގި މީހުންގެ ތެރެއިން އެކަކަށް އަނިޔާވެގެން ހޮސްޕިޓަލުން ފަރުވާ ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ހައްޔަރު ކުރީ 22 އަހަރުގެ ދެ ފިރިހެނުންނާއި 18 އަހަރުގެ ފިރިހެނެކެވެ.
މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުން ވެސް ތިބީ މަސްތުވެފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މާރާމާރީ އާއި ފޭރުން އަދި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް އިތުރުވެފައި ވާއިރު ކުށް މަދުކުރަން ފުލުހުން ކުރާ މަސައްކަތް ވެސް ވަނީ އިތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަސީ
07 June 2019
ޖަލުން ކުއްވެރިން ދޫކޮށްލިކަން އިނގޭ!
ޖަހާފަތި މޫސަ
06 June 2019
އަވަހަށް ދޫކޮށްލާ. މަތިމައްޗަށް މައްސަލަ. ކޮންމެ މީހެއްގެ 20 ގަނޑު ފުރޭވަރަށް ރެކޯޑު އޮވޭ. އަޅު ކަލޯމެން ކީއްތަ ތިކުރަނީ.
ޙަމްދަރުދީ
06 June 2019
މިހާރު ތިގޮތައްހައްޔަރުކުރާ މީހުންގެފޮތޯގަޑެއްވެސް ދައްކާނުލަނީ ކީއްވެބާ އެއްބަޔަކު ކޯޓުން ދޫކުރާނެ އަނެއްބަޔަކު މައިޕާޓީގެ ވެރިންގެ އޯޑަރައް ދޫކޮއްފަ ދެންކިހިނެއް ކުއްމަދުކުރާނީ ކުއްތަކުގެ ފަހަތުމުގުލުގަ ތިބެނީ ސިޔާސީމީހުން
ނާއިލް
06 June 2019
ފުޅުހުންނެއްކަމަކު އުޅެންޖެހޭނީ އިމުގެތެރޭ
ސަމަރޭ
06 June 2019
ޢިޖުރާއްތައް ފުރިހަމަ ނުކޮށް ހުރުމުން ދޫކޮށްލާނެ
މުހައްމަދު25
07 June 2019
ހުސް އިޖުރާއްތައް ފުރިހަމަކުރުން އޮތީ، އެނޫކަމެއް ނެއް ގާޒިންނައް ..
ކަންއޮތްގޮތް
06 June 2019
ޑުރަގާއިގުޅޭ މީހުން ދޫކުރުމާއި މިފެންނަ ކަންތަކަކީ އިއްތިފާޤެއްބާވައެވެ. ނުވަތަ ރޭވުމެއްނޫންބާވައެވެ؟ އުފެދޭ ސުވާލެކެވެ. މީގެކުރިން މިފަދަތަނެއްގައި ފުލުހުންނަށް ޙަމަލާދިނުމަކީ ދުރުކަމެކެވެ.
ކުޅަދުރު
06 June 2019
ކުޅަދުރު ހަދާއާއި ކުޅެލީމަ އަންނާނެ ކަށިޖަހަން. ޑްރަގް ނެޓްވޯކްތަކާއި ކުޅެލީމަ ސަޕްލައިޗެއިންތަކަށް ލޮޅުންއަރާ އެކިއެކި މައްސަލަ ތައް ޖެހެންފަށާނެ. އިބޫ ސަރުކާރުގައި ފުލުހުން ބަރާބަރު.
ކޮރަލް
05 June 2019
މިއީ މެކްސިކޯ އެއް،ނޫނެވެ. ބޭނުންހާ ގޮތެއް ފުލުހުންނަށް ނުހެދޭނެއެވެ.
ދީބު
05 June 2019
ކުރީ ސަރުކާރުގަ ފުލުހުން ދުވަން ޖެހުނީ ހަމައެކަނި ސިޔާސީ މީހުންގެ ފަހަތުން. ބޯމީހުންނަށާއި ވިއްކާ މީހުންނަށް އޮތީ ޢީދެއް އައިސްފަ. ފުލުހުން މިހާރު ތިޔަ ކުރައްވާ މަސައްކަތަށް ހަމަ ސާބަސް!
ހަސަން ނުވަވަނަ
05 June 2019
ފުލުހުންނާ ތަޅާނެ ކުދިންކޮޅެއް ހޯދަން ބުނި މީހުން މިހާރު ވެރިކަމުގަ ތިބީ