މާލޭގައި މިއަދު ހިންގި ގްރޫޕު މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައިޖީއެމްއެޗް ކައިރީގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓެއް މިރޭ ހަތެއް ޖަހަން އުޅެނިކޮށް ލިބިފައިވާ ކަމަށާއި އެ މައްސަލައިގައި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި ޒަހަމް ވެގެން ފަރުވާ ދިނުމަށް އެއްވެސް މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމެއް އަދި ނޭނގެ އެވެ.
މާލޭގައި މިރޭ ގްރޫޕް މާރާމާރީއެއް ހިންގާފައިވާއިރު، މަޖީދީ މަގާއި މާވެޔޮ މަގު ގުޅުނު ހިސާބުން ދުއްވާފައި ދިޔަ ކާރެއް ވެސް އިއްޔެ ހުއްޓުވައި އެ ކާރުގައި އިން އުމުރުން 14 އަހަރުގެ ކުއްޖެއްގެ ގައިގައި ތަޅައިގަނެ، އެ ކުއްޖާގެ ބޯ ފަޅައިލި އެވެ.