08 ޖޫން 2019 - 08:23
އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އޭނާ އަށް ވުރެ 10 އަހަރު ހަގު މީހަކާ ކައިވެނި ކުރުމުން އަމާޒުވި ފާޑުކިޔުންތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް، 26، އާއި ޕްރިޔަންކާ، 36، ގެ އުމުރުގެ ތަފާތު ބޮޑު ވާހަކައަކީ ބައެއް މީޑިއާތަކުން ވެސް ހުއްޓުމެއް ނެތި ދައްކާ ވާހަކައެކެވެ.
މިކަމާ ބެހޭ ގޮތުން ޕްރިޔަންކާ މީގެ ކުރިން އެހާ ސީދާކޮށް ވާހަކަ ދައްކާފައި ނެތަސް، އެމެރިކާގެ އިންސްޓައިލް މެގަޒިންގެ އަންނަ މަހުގެ ކަވަ އަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އުމުރުގެ ތަފާތު ވާހަކަ ދައްކައިފަ އެވެ. އެއާ އެކު ޕްރިޔަންކާ އެ ވާހަކަ ދައްކާ އެންމެނަށް ކުރިމަތިކުރީ ސުވާލެކެވެ.
"ކައިވެންޏެއް ކުރާ އިރު އަންހެން މީހާ އަށް ވުރެ ފިރިހެން މީހާ ދޮށިވެގެން އެއްވެސް މީހަކު އެކަން މާ ބޮޑު ކަމަކަށްވެގެން އެ ވާހަކައެއް ނުދައްކާ. އެހެންވީމާ ކޮބާ އަންހެނަކު އޭނާ އަށް ވުރެ ހަގު ފިރިހެނަކާ ކައިވެނި ކުރީމަ މައްސަލައަކަށް ވާން ޖެހޭ ސަބަބަކީ؟" މިދިޔަ ޑިސެމްބަރު މަހު އިންޑިއާގައި ކައިވެނި ކުރި ބަތަލާ ބުންޏެވެ.
Fashion is such an important part of global culture, often arising from centuries of tradition, and doesn’t go out of style when the seasons change. The ‘Saree’ is one of the most iconic and recognized silhouettes from India. https://t.co/105fGXxZln pic.twitter.com/BKhRcQYgqd
— PRIYANKA (@priyankachopra) June 5, 2019
ޕްރިޔަންކާ ބުނި ގޮތުގައި ވަރަށް ގިނަ މީހުން އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ފާޑުފާޑުގެ ވާހަކަ ދައްކަ އެވެ. އެކަމަކު އެފަދަ ވާހަކަތަކަށް މާ ބޮޑު ސަމާލު ކަމެއް އެއް އިރެއްގައި ވެސް ނުދޭ ކަމަށް، 2000 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީ ބުންޏެވެ.
"ބަޔަކު ދައްކަން ބޭނުންވާ ވާހަކައެއްވިއްޔާ ދައްކަ ދައްކައި ތިބެދާނެ. އެއަކުން އަހަރެންގެ ދިރިއުޅުމަށް ކުރާނެ އަސަރެއް ނެތް. އަހަރެން ބޭނުން ވަނީ އަހަރެން 'ލައިފް އެންޖޯއި' ކުރަން،" ޕްރިޔަންކާ ބުންޏެވެ. "އަހަންނާއި ނިކް އުޅެނީ ވަރަށް އުފަލުން. އެއީ ވަރަށް ލޯބި ފިރިއެއް. އަހަރެން ވަރަށް އުފާކުރަން ހަޔާތުގެ ބައިވެރިއަކަށް ނިކް ކަހަލަ ފިރިއަކު ލިބުނީމަ."
މި ފަހަރުގެ އިންޓަވިއުގައި ވެސް އޭނާ ވަނީ ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު ދަރިއަކު ހޯދާނީ ކޮން އިރަކު ކަމެއް ނުބުނެ އެވެ. މީގެ ކުރިން ނިކް ވެސް ވަނީ އަވަހަށް ދަރިން ހޯދަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ޕްރިޔަންކާ ބުނީ ބޭނުންވަނީ އޭނާއާ މެދު ދަރިން ފަހުރުވެރިވާ ކަހަލަ އަންހެނަކަށް ވާށެވެ.
"ފަހުރުވެރިވެލާފައި އެއީ އަހަރެންގެ މަންމައޭ ދަރިން ބުނާ ކަހަލަ މަންމަކައަކަށް ވާން އަހަރެން ބޭނުން ވަނީ،" ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ. "މިވެނި އިރަކު ދަރިއަކު ހޯދާނަމޭ ބުނާކަށް ނޭނގޭ. އަހަންނަށް ހީވަނީ ކޮންމެ ކަމެއް ވެސް ވަގުތު ޖެހުނީމަ ވާނެހެން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޫސިފަރ
24 July 2019
މި ފޮޓޯގައި ޕްރިޔަންކާ ހާދަ މުޑުދާރު ވައްތަރު ޖަހަޔޭ. އަނެއްކާވެސް ސާޖަރީއެއް ހަދަން ފެނޭ.
ރާއީ ޓިކްޓޮކް ކްއީން
09 June 2019
އޯމައި ގޯޑް! ހީ އިޒް ސޯ ހޭންސަމް އެންޑް ހޮޓް! އެންޑް ޕްރީ ލުކްސް ސޯ އޯލްޑް!
ޙިޔަރާކް
09 June 2019
ހޮލީވުޑް އަންހެންކުދިންނެއް ނޫޅެއޭ ބޮލީވުޑް އަންހެންކުދިން އުޅޭގޮތައް ޒުވާންވާންވެގެން ފާޑުފާޑުގެ ސާޖަރީތައްކޮށް ބޮޓޮކްސް ނުހެދިގެނެއް!
ސަނަމް
08 June 2019
"އެއީ ވަރަށް ލޯބި ފިރިއެއް. އަހަރެން ވަރަށް އުފާކުރަން ހަޔާތުގެ ބައިވެރިއަކަށް ނިކް ކަހަލަ ފިރިއަކު ލިބުނީމަ". އެނގިދާނެތާއެވެ! އެމެރިކާމީހުނަކީ އަހަރަކު ކާރެއް ބަދަލުކުރާބައެކެވެ. އެމެރިކާމީހަކަު މީހެއްދެކެ ފޫހިވާނެއިރެއް، ސަބަބެއް ބުނެދޭކަށްނޭނގޭނެއެވެ. " އައި ޖަސްޓް ޑޯންޓް ލައިކް. ދަޓްސް އިޓް " އައީމައި ސަބަބެއް އެއްވެސް ޙުއްޖަތެއް ދޭންވެސް، އަދި ދޭކަށްވެސް އެމީހަކަށް ނުޖެހޭނެއެވެ. ބަލަންތިބޭނަމެވެ. އެދުވަސް އައުން އެދެނީކީނޫނެވެ.
ކަމަނަމަނަ
08 June 2019
މުސްކުޅި ފިރިހެނުން ޒުވާން އަންހެން ކުދިންނާ އިނުމަކީ މައްސަލަ ތަކުން ފުރިގެންވާ ކަމެކެވެ. 1 އަނބި މީހާ ފިރިމީހާ އަށް ޚިޔާނަތް ތެރިވިން..2ދަރިން ލިބިއްޖެ ނަމަ ތަރުބިއްޔަތު ކުރަން ޖެހޭއިރު ފިރިމީ އުމުރުން ދުވަސްވެ ބަލިހާލު ގައި ވުން.3 ފިރިމީހާގެ ދޮށީ ބަނޑު ދަރިންގެ ނުފޫޒް ބައްޕަގެ ދިރިއުޅުމަށް ވަނުން. ދިރިމީހާ ދެކެ އަނބިމީހާ ލޯބި ނުވުން.. ފަދަ އެތަށް ކަމެއް ހިނގާނެ އެވެ.ކާވެނި ކުރަން ރަގަޅީ ކުޑަ ތަފާތެއްގެ އުމުރު ފުރާ
ޕީސީ ރޮކްސް
08 June 2019
ޕްރިޔަންކާ ތިބުނީ ތެދެއް. އެކަމު ހޮލީވުޑްގެ ގިނަ ފިރިހެނުންނަކީ އެމީހުންގެ އަނބިން މުސްކުޅިވީމަ ވަރިކޮށްލާފަ އެހެން ޒުވާސް އަންހެންކުދިން ހޯދާ ބައެއް. ގިނަފަހަރަށް މި ފިރިހެނުން އެކަމުގަ ހައްދުފަހަނާ އަޅާ ގޮސް ހޯދަނީ ދަރިންނާ އެއް އުމުރުގެ ކުދިން. ޕްރިޔަންކާވެސް އެކަމަށް ސަމާލުވާން އެބަޖެހެ. އެނީވޭސް ބެސްޓް އޮފް ލަކް ޕީސީ #ޕީސީރޮކްސް