ވާވޭ ހޮންމެން އޯއެސް: ވާވޭ ފޯނުތަކަށް އަމިއްލަ އޯއެސްއެއް ޓެސްޓްކުރަނީ
11 ޖޫން 2019 - 07:17
ގޫގުލްއާ އެކު ވިޔަފާރިކުރުން މަނާވެފައި އޮތުމުން، އަލަށް ނެރެން ހުރި ވާވޭ ފޯނުތަކުގައި އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރެވޭނެ ގޮތެއް ނެތެވެ. ވާވޭ އަށް މިހާރު އޮތް ގޮތަކީ، އަމިއްލަ ފޯނުތަކަށް އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފެއްދުމެވެ. އެ މަސައްކަތްތައް ކުރެވެމުން ދާ ކަމަށް ވާވޭގެ ފަރާތުން ލިބޭ ޚަބަރުތައް ބުނެ އެވެ.
ވާވޭ އަށް އެންޑްރޮއިޑް ނުލިބުމަކީ ހިތްދަތި ކަމަކަށް ވާނެ އެވެ. ނަމަވެސް، އެ މީހުން ތިބީ ފޯނުތައް އުފެއްދުން ހުއްޓާލާ ގޮތަށް ނޫންކަން ޚަބަރުތަކުން އެނގެ އެވެ. ވާވޭ ފޯނުތަކުން ހިންގަން އުފައްދާ އޮޕަރޭޓިން ސިސްޓަމަށް ކިޔަނީ "އޯކް އޯއެސް" އެވެ. މިއީ ކުރިން "އާކް އޯއެސް" ކަމަށް ވެސް ބުނެވުނެވެ. މަސްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު، ޗައިނާ މާކެޓަށް ޚާއްސަކޮށް އުފައްދާ ވާވޭ ފޯނުތަކުގައި ބޭނުންކުރާނެ ކަމަށް ވަނީ "ހޮންމެން އޯއެސް" އެވެ.
އަމިއްލަ ފޯނުތަކުގައި ބޭނުންކުރުމަށްޓަކައި އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަން ވާވޭ މަސައްކަތް ފަށާފައި ވަނީ 2012 ވަނަ އަހަރު އެވެ. މި އޮޕަރޭޓިން ސިސްޓަމަށް، ޕްރޮޖެކްޓް ނަމެއް ގޮތުގައި ހޮންމެން ކިޔެއް ކަމަކު، މިއީ އެންޑްރޮއިޑް އެޕްލިކޭޝަންތައް ސަޕޯޓްކުރާ އޮޕަރޭޓިން ސިސްޓަމެއް ކަމަށް ބުނެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ވާވޭ އޯކް އޯއެސް ތައާރުފުކުރުމަށް ދެން ގިނަ ދުވަސްތަކެއް ނެތެވެ. މާކެޓަށް އަދި ނުނެރެ ހުރި ފޯނުތަކުގައި އޯކް އޯއެސް ބޭނުންކުރުން ވަރަށް ގާތް ކަމަށް ބުނެވެ އެވެ.
#Huawei is intensively testing its own operating system, to be named "HongMeng OS" for China market or "Oak OS" for overseas market, which is likely to be launched in August or September, sources say. https://t.co/hqA7JJdjjS
— Global Times (@globaltimesnews) June 7, 2019
ވާވޭ ފޯނުތަކުގައި ބޭނުންކުރެވޭ އޯއެސްއާ ބެހޭ ގޮތުން ވާހަކަތައް ޓްވީޓާގައި
އެމެރިކާ ސަރުކާރުން ވާވޭ އަށް ދަތިކުރަން ފިޔަވަޅުތައް އަޅަމުން ދާތީ، ވާވޭއިން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން މިހާރު ވާހަކައެއް ނުދައްކަ އެވެ. ޚަބަރުތައްކަށް މައުލޫމާތެއް ނުދެ އެވެ. ވާވޭއާ ގުޅުން ހުރި ކޮންމެވެސް މީހެއްގެ ފަރާތުން އެނގޭ އެއްޗެއް ފިޔަފައި، ވާވޭ މިހާރު އުޅެނީ ފޮރުވިގެންނެވެ. އެހެން ނަމަވެސް، ބުނެވޭ ގޮތުގައި އެއީ ބާރުގަދަ ފޯނުތައް ނެރޭ ތާރީޚު ލައިގަންނަންދެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބާއައިސަާ
11 June 2019
ވާވޭ ކުރި ހޯދާނެ ކަމަށް ބެލެވެނި، ޓްރަންޕްގެ ސިޔާސަތުތައް ފެއިލްވެ އެމެރިކާގެ ޓެކް ކުންފުނިތަކަށްވާ ގެއްލުން ވަކި ކުޑައެއް ނުވާނެ، ވާވޭގެ 5 ޖީއާއި ނުލައި، ސެލްފް ޑްރައިވިންގ ކާރުތައްވެސް ޖެހޭނީ، ޕާރކްކޮށްފައި ބާއްވަން.
ައަލީ22
11 June 2019
އެޕްސް ޑައުންލޯޑް ކުރާނީ ކޮންތާކުން