މަގެއް ހަދަނީ: ހަރް ރަށެއްގެ މަގު ހެދުމުގެ މަޝްރޫއުގެ ޑިޒައިނަށް ބަދަލު ގެންނަން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
11 ޖޫން 2019 - 19:29
ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްގެން ހިންގާ ރަށްރަށުގެ މަގު ހެދުމުގެ ބައެއް މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފި އެވެ.
ސަރުކާރުން އަންނަނީ އެމްޓީސީސީއާ ހަވާލުކޮށްގެން މަގު ހެދުމާއި ބަނދަރު ހެދުމުގެ ބައެއް މަޝްރޫއުތައް ހިންގަމުންނެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މަގު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން ޑިޒައިނަށް ބަދަލު ގެންނަން ނިންމީ ހދ. ހަނިމާދު އާއި ރ. އުނގޫފާރާއި ބ. އޭދަފުށްޓާއި ރ. ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އިތުރުން ސ. ހުޅުމީދޫ ބަހާއުއްދީން މަގާއި ލ. ފޮނަދޫގެ މަގު ހެދުމުގެ މަޝްރޫއު އަދި ފުވައްމުލަކު ރިންގް ރޯޑްގެ މަޝްރޫއަށް ކަމަށެވެ.
އެ މަޝްރޫއު ތަކުގެ ޑިޒައިނަށް ގެންނަ މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުން ކޮށްގެން، ބޭސް ކޯސް ފަށަލަ އެޅުމުގެ ބަދަލުގައި ހިލަ އަޅައިގެން އެ ފަށަލަ އެޅުން ކަމަށް އެމްޓީސީސީގެ ބަޔާނުގައި ވެ އެވެ. އެގޮތަށް ނިންމީ އެމްޓީސީސީން ބުނިގޮތުގައި، ކުރީގެ މަޝްރޫއުތަކުގެ ތަޖުރިބާ އަށް ބެލުމަށް ފަހު، މަޝްރޫއުތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލު ގެނައުމުގެ ކަންކަން ޕްލޭނިން މިނިސްޓްރީގެ ވެސް މަޝްވަރާގެ މަތިން އަންނަނީ ކުރަމުންނެވެ. އެ މަޝްރޫއުތަކަށް 210 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
12 June 2019
ވެގެން މިއުޅޭ ގޮތެއްކަމަށް ފެންނަނީ ތިޔަ ބުނާ ޕްރޮޖެކްޓްތަކަކީ ކުރީ ސަރުކާރުން ފައްޓާފައި ހުރި ޕްރޮޖެކްޓްތައް. . ދެން މިދައްކަނީ ޑިޒައިން ބަދަލުކުރާވާހަކަ. މި ސިޔާސީ ކުޅިގަނޑުން ހުރިހާ ގެއްލުމެއް ރައްޔިތުންނަށް. ވަގުތާއި ފައިސާ ބޭކާރުވަނީ. ތަންކޮޅެއް ތަސައްރަފު ފުދެން އެބަޖެހޭ
އަޝްރަފު
12 June 2019
"ސަރުކާރުން އެމްޓީސީސީއާ ހަވާލު ކޮށްގެން ހިންގާ ރަށްރަށުގެ މަގު ހެދުމުގެ ބައެއް މަޝްރޫއުތަކުގެ ޑިޒައިނަށް ބަދަލު ގެންނަން އެ ކުންފުނިން ނިންމައިފި އެވެ." މިއީ ކޮންޓްރެކްޓް ޤާނޫނާ ޚިލާފްކަމެއް. ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން ޑިޒައިންއަށް ބަދަލު ގެންނާކަށް ނުނިންމޭނެ، ހުށަހަޅަން ޖެހޭނީ މަޝްރޫޢުގެ ވެރި ފަރާތަށް، ދެން ތިޔަ މަޝްރޫޢުގެ ވެރިފަރާތް، މިނިސްޓްރީ އިން އެކަން ނިންމާނީ! އަދި އެކަން ރައްޔިތުންނަށް އަންގާނީވެސް ޕްރޮޖެކްޓް ގެ ވެރިފަރާތުން!
މަރޭމިރުތާ
12 June 2019
ޖުމްހޫރީ ޕާޓީގެ މީހެކޭ އެމް.ޑީ އަކަށް ހުރީ. ތަނެއް ދޮރެއް ނޭނގުނަށް މޮޅުކޮށްލަން ސުރުހީ އަށް އަރާލަން ކަންތައްތައް ކޮށްލަންވާނެތާ!
ރަދީފް
12 June 2019
މަގުގެ ވެސް ނޫން ޑިޒައިން ހެދޭނީ ، މަގުތަކާއި ކާވެނި ހެދުވޭނެއި.ވ.ވެދުން
ސާނތި
12 June 2019
ތިޔަހެން މޮޅުޑިޒައިން ހަދަން އޮފީހުގަ ތިއްބާ ތި މަގު ތައް ފުރާ މީހުން ނިކުމެ ތިކަން ނިންމާލާފާނެ ހެންހީވަނީ..!!ހަމަ އަދިވެސް ވާނުވާގަ ލިބުނު މޮޅާގެން ކަމެއް ކޮއްދެވޭތޯ ބަލާބަލަ...
ބކިކޮ
12 June 2019
ތިޔަގޮތަށްކަންކުރީމާ ކުރެވެނީ އަމާބުނީތީ ފަރަށްދާ އުސޫލުން
މުއިއްޒ
13 June 2019
ކުރިން އެކަން ކޮށްފަ އޮތީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ، ސިމެންތި ބަސްތާއަކަށް ވިހި ގޯނި ކަޅުވެލި އަޅައިގެން ..... ވަރަށް ސަލާމް
ރައްޔިތުމީހާ...
11 June 2019
ތިޔަހެން ކިޔައިގެންވެސް ހުރިހައި މަޝްރޫތައް ހުއްޓުވައިބަލަ.. އަދި މާލޫގައި ކޮންމެވެސް ނަމެއްކިޔާފައި ކުޑަޕާކެއްހަދާލަ.. އެއިރުން އަމިއްލަ ބޭނުންތަކަށް ފައިސާ ބާކީވާނެ.. ! އަހަރެން ހަމައަސްލުވެސް ހައިރާންވޭ މާލެއާއި ރާއްޖޭގެ އެކިކަންކޮޅުތަކުން ދުއްވާ އުޅަނދުތަކަށް އެއްވަރަކަށް އަހަރީފީ ފަދަ ފީތައްނަގާތީވެ! މާލެނޫން ރައްރަށުން އެއްވެސް ވަރެއްގެ ފީއެއް ނަގައިގެންވާނެކަމަކަށް ނެފެނޭ !
މަޒޫ
11 June 2019
ޢަޅެ ކުޅުދުއްފުށި މަގުތަކަށް މިނޫން ގޮތެއްވާނީ ކޮންދުވަހަކުންބާ؟
އާމިނަތު މާޒިޔާ
11 June 2019
މަގުމައްޗަށް ނުގެށި ހުންނަތާރު އޮތްސައިފަ ދިއުމުން ކުޑަކޮށް ފެންކޮޅެއް އެމަގުތަކަށް އެޅުނަސް މަގުގެ ބޭނުންހިފާ މީހުނަށް ހުރިހާދުއްތުރާކާއި އުނދަގުލެއް. ދުނިޔޭގެ އެހެނިހެން ތަންތަނުގައިވެސް މަގު ހަދާފައި އެބަވޭ މިދުއްޕާނެއް އެތަންތަނުގެ ރައްޔަތުން އުފުލާކަށެއްނުޖެހޭ. މީވާ ގިނައިން އަދި އޮރިޔާންވާވަރަށް ޓެކުސް ދައްކަންޖެހޭ ތަނެއް.
މަގު
11 June 2019
ހެޔޮ ނުވާނެ ފެން ހިނދޭ ގޮތަށް މަގުތައް ހަދައިދޭތި ޕްލީޒް
ލަންބެ
11 June 2019
ތި ޑިޒައިނަށް ގެންނަ ބަދަލާއެކު މަގުތަކުގައި އެކޮޅުކޮޅުން ތިބެގެން ދުއްވަން ނުޖެހިއްޖެއާ ރަނގަޅު، މޮޅެތި ގޮތްގޮތަށް މަގުތައް ހެދީމަ ނިމުނީއެވެ.