ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ޖޭއެސްސީގެ މެމްބަރު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ. -- ފޮޓޯ: މިހާރު
12 ޖޫން 2019 - 16:34
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ނުހިނގާ ހުރި މައްސަލަތަކަކީ ކޮބައިތޯ ބެލުމަށްޓަކައި އެ ކޮމިޝަންގެ މެމްބަރުން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފި އެވެ.
ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) "މިހާރު" އަށް ވިދާޅުވީ ޖޭއެސްސީގެ މަސައްކަތްތައް ގޮސްފައިވާ ހިސާބު ބަލައިލުމަށް ކޮމިޝަންގެ މެމްބަރުން މަޖިލިހަށް ހާޒިރު ކުރާނީ މާދަމާ ރޭ ކަމަށެވެ. އެކަމަކު، އެ ކޮމިޓީ އަށް ހާޒިރު ކުރަނީ ކޮމިޝަންގެ ކިތައް މެމްބަރުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
އިންތި ވިދާޅުވީ ފަނޑިޔާރުން ޗުއްޓީ ނެގުމާ ބެހޭ މައުލޫމާތު ޖޭއެސްސީއާ ހިއްސާ ކުރަމުންދޭތޯ އާއި އެކަމުގެ އުސޫލެއް އޮތްތޯ ބެލުމަށް ވެސް ކޮމިޓީގެ މެމްބަރުން ނިންމަވާފައިވާ ކަމަށެވެ. ޖޭއެސްސީގެ މެމްބަރުން އެމްޑީޕީގެ ކޮންޓްރޯލް އޮންނަ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމީ މެމްބަރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރުންނާ ގުޅޭ ޝަކުވާތައް ބަލައި، ފިޔަވަޅު އެޅުމާއި ފަނޑިޔާރުން ރެގިއުލޭޓް ކުރުން ގާނޫނުއަސާސީން ހަވާލުކުރީ ޖޭއެސްސީއާ އެވެ. ޖޭއެސްސީގައި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލިހުންނާއި ވަކީލުންނާއި އާންމުންގެ ތެރެއިން އައްޔަން ކުރައްވާ ބޭފުޅުންގެ ގޮތުގައި 10 މެމްބަރުން ތިއްބަވަ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކާއި ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުން އިންތިހާބުކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ހޮވާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ އިތުރުން ރައީސް ކަނޑައަޅުއްވާ މެމްބަރެއް އަދި ވަކީލުންގެ ތެރެއިން ހޮވާ މެމްބަރެކެވެ.
ފަނޑިޔާރުން ފިޔަވައި ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަން ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލިހުން ހަވާލުކޮށްފައި ވަނީ ޖުޑިޝަރީ ކޮމިޓީއާ އެވެ.
އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއި އެޓާނީ ޖެނެރަލް އޮފީހާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އާއި މޯލްޑިވްސް އާބިޓްރޭޝަން ސެންޓަރުގެ ކަންކަން ބެލުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެ އެވެ. އަދި މި ނޫން ވެސް ޝަރުއީ ދާއިރާއާ ގުޅޭ ކަންކަން ބަލަން ހިމެނި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާދޭ
12 June 2019
އަންނި ނުގެންދައްޗޭ.
ބޯދާ
12 June 2019
ކޮބާތަ މިހާރު މުޖޭ ފަނޑިޔާރު؟ އެބޭފުޅާގެ ޚަބަރެއް ހާދަ ނުވެއޭ؟
ނަޖުދާ
12 June 2019
ޖޭއެސްސީން ކުރަންވީ ކަމަކީ، ޔާމީނުގެ ވެރިކަމުގައި އަވަސް އަރުވާލައިގެން ޔާމީނު ބޭނުންވެގެން ވައްދާފައިވާ ފަނޑިޔާރުން މަގާމުތަކުން ދުރުކުރުމުގެ މަސައްކަތްކުރުން! އެމީހުންގެ ފަރާތުން މުޅި އަދުލުގެ ނިޒާމު ގަޑުބަޑުވެ، މުޅި ގައުމުގައި ނުރައްކާތެރި ކުށް އާންމުވެ، ގައުމީ ސަލާމަތަށް ނުރައްކާވާ ދަރަޖައަށް މިގައުމު ވެއްޓި، ސޫދާނުގެ ދާފޫރާއި، އެފްރިކާ ބައްރުގެ ފެއިލްޑް ސްޓޭޓް ތަކުގެ ސިފަ ޖެހިއްޖެ. ހިތާމަހުރި ކަމެއް
ފަނޑިޔާރު
12 June 2019
އާދެ އާދެ! 2018 ގައި ޔާމީނު ފައިބަމުން ގިނަ ޢަދަދެއްގެ ފަނޑިޔާރުން ވައްދާލި! މީގައި ތަންދޮރު ނުދަންނަވަރުގެ ޅަކުދިންވެސް ހިމެނޭ! އެމީހުން ނަކަށް ފަނޑިޔާރުގެ މަޤާމް ޙައްޤެއްނޫން! އެހަރެންގެ ނަޒަރު! އަސްލު ފަނޑިޔާރު ކަމަކީ ކިހާވަރެއްގެ ކަމެއްކަން މިމީހުނަށް އެނގޭބާވައޭ ހިތަށް އަރާ!
ހާމަ333
12 June 2019
މިސަރުކާރަށް އަހަރެއްވާން ކާރިވާއިރު ތާކުންތާކުޖެހޭ އެއްވެސް ކުރިއެރުމެއް ތަރައްގީއެއް ނުލިބޭ....ދެން މިހާރު މިފެންނަނީ 3 ބާރު ވަކިވެފައިވާ ކަމަށް ބުނާ ނިޒާމުން 1 ބާރުގެ ދަށުގަ މުޅި ވެރިކަމުގެ ނިޒާމު ގެންނަ މަންޒަރު....ކައްކަންވެސް ނަޝީދު...ރަހަބަލަންވެސް ނަޝީދު....ކާންވެސް ނަޝީދު...ޑިމޮކްރަސީ ގެ ބައްޕަ އެންމެ ފަހުން ގޮސް މިވަނީ ޑިކްޓޭޓަރަކަށް...ނުވަތަ މުގާބޭ އަކަށް ނޫންތޯ...ރައްޔިތުން މިރާއްޖޭގެ އެއްވެސް ވެރިއަކަށް ވޯޓެއް ނުދޭ އެމީހެއްގެ އަމިއްލަ އެޖެންޑާ ގެންނާކަށެއް...
ހަކީމް
12 June 2019
މަޑުމަޑުން ބާރަށް ކުރިޔަށް ... ލައްކަ ގިނަދުވަސް ވެއްޖެ ކަސްތަޅުއަޅުވައިގެން ބޭނުންހާ އެއްޗެއް ހަދަމުން ދާތާ ... ދިވެހިން މ.ޑ.ޕ އަށް އޮތީ މެންޑޭޓެއް ދީފަ. ސާބިތުވެ ތިބޭތި.
ފާތުމަފްރެންޑް
12 June 2019
ކެބިނެޓުގަިއ ތިބި އެމްޑީޕީ މެންބަރުން ހާޒިރުކޮށްލަބަލަ. ކެރޭނެބާ.
ސީދިބޭ
12 June 2019
މަޖިލީހަށް ހާޒިރު ކުރާއިރު ގިނައީ މަޖިލީހުގެ މެންބަރުންދޯ. ރާވައިގެން ކުރާ ކަންކަން. އަވަހށް ޤާނޫނުއަސާސީ އިސްލާހުކޮށް ޖުޑިޝަލް ސަރވިސް ކޮމިޝަން އަލުން އެކުލަވާލާ
ދަތްނެތްކުއްޖާ
12 June 2019
ތިޔަ ކޮމެޓީގެ ބައްދަލު ވުން ޓީވީ ޗެނަލް ތަކުން ލައިވް ކުރާނެތޯ ނޫނީ ރައްޔިތުން ނަށް ސިއްރު ސިއްރުން ބާއްވާ ލަނީތޯ! ސިއްރު ކުރާނަމަ ރައްޔިތުންގެ އިތުބާރު ގެއްލި ނިމިދިޔަ ސަރުކާރެކޭ އެއްވެސް ތަފާތެއް ނުވީއެވެ. މިކަން މިގޮތައް ހިނގައިފި ނަމަ ކޮރަޕްޓް ސަރުކާރެކޭ ރައްޔިތުން ކިއުމުގެ ފުރުޝަތު ލިބުނީއެވެ. އިންތި އަކީ އެއްވެސް ކަމެއް ރައްޔިތުން ނަށް ސިއްރުން ނުކުރާނެ ކަމަށް ބުނެ ވަޢުދުވި ބޭފުލުންގެ ތެރޭގައި ހިމެނޭ އެއް މެމްބަރެކެވެ. ބަލަން ތިބެމާ ހިނގާ!
އިމްތިޔާޒް
12 June 2019
އިމްތިޔާޒް ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ.ވަރަށްވެސް ފުރިހަމަ. އުންމީދު ކުރަނީ އިމްތިޔާޒުގެ ތެރޭން ކަންކަން ދާނެކަމަށް
ލަންބެ
12 June 2019
ތީ ބޭކާރުކަމެއް ތިތަނަށް ގުޅާލިއަސް ތި މައުލޫމާތު ދޭނެނޫންތޯ, ތީ އިއްޒަތްތެރި މެންބަރުންނެއްނު, ތިޔައްވުރެ ރަނގަޅުވާނެ އަސްލަންޓޭ ހާޒިތުކޮށްފަ ޕްރޮޖެކްޓްތައް ނުހިނގާ މައްސަލާގަ ސުވާލުކުރިއްޔާ