14 ޖޫން 2019 - 20:28
އައިޖީއެމްއެޗުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ސީޓީ ސްކޭން ހެދުން މެދުކެނޑިފައިވާތީ، އިމަޖެންސީކޮށް ސީޓީ ހަދަން ޖެހޭ މީހުން ޓްރީ ޓޮޕަށް ފޮނުވަން ނިންމައިފި އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ އެމަޖެންސީކޮށް ހަދަން ޖެހޭ ސީޓީތައް، ހުޅުމާލޭގައި ހުންނަ ޓްރީޓޮޕަށް ފޮނުވަން އެ ހޮސްޕިޓަލާއި އާސަންދައާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އައިޖީއެމްއެޗުގައި އަލުން އެ ޚިދުމަތް ފެށޭނެ ދުވަހެއް ބަޔާނުގައި ބުނެފައެއް ނުވެ އެވެ.
IGMH ge engine room gai alifaanuge haadhisaaeh hingaifi
The most trusted news source in the Maldives
Mihaaru
އައިޖީއެމްއެޗްގައި އަލިފާނުގެ ހާދިސާއެއް ހިނގުން---
އަލިފާނުގެ ހާދިސާ ހިނގީ އެ ހޮސްޕިޓަލްގެ ސީޓީ ސްކޭން މެޝިނާއި އައިޓީ ބައެއް ތަކެއްޗަށް ބެކަޕް ކަރަންޓް ދޭން ބޭނުންކުރާ ޔޫޕީއެސް ސިސްޓަމްގެ ބެޓެރި ބޭންކްގަ އެވެ. އަލިފާންގަނޑު ނުފެތުރެނީސް ސިފައިން ވަނީ ނިއްވާލައިފަ އެވެ.
އެ ހާދިސާގައި އައިޖީއެމްއެޗުގައި ކުއްލި ފަރުވާދޭ (އީއާރު)ގެ ޔެލޯ ޒޯނާއި ގްރީން ޒޯންގެ އިތުރުން އޮޕަރޭޝަން ތިއޭޓަ ކޮމްޕްލެކްސް އަށް ދުމުގެ އަސަރުކުރި އެވެ. އެކަމަކު އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ޔެލޯ ޒޯންގައި ފަރުވާ ދެމުން ދިޔަ 22 މީހަކު ކުރިން ފިޒިއޮތެރަޕީގެ ޚިދުމަތް ދިން ސަރަހައްދަށް ބަދަލުކޮށްފައިވާ އިރު ގްރީން ޒޯންގައި ތިބި މީހުން ކުރިން އެތެރެހަށީގެ ބަލިތަކުގެ އޯޕީޑީ ސަރަހައްދަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް މެދު ނުކެނޑި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބުޅާ
15 June 2019
ނިމިދިޔަ 5 އަހަރު މި ގައުމަށް ދިން އަނިޔާ އަށް ދުވަހަކުވެސް މައާފެއް ނެތް.
ސަރާސަރު
15 June 2019
ހުޅުމާލެއަށް ދިއުމުގެ ބަދަލުގައި އޭޑީކޭއިން ތިކަން ކުރެވޭކަށް ނެތްބާ
މަރޭމިތުރު
15 June 2019
މުނާބުނިހެން ފޭކް ޗައިނާ ޗާޖަރު ނުވަތަ ބެޓެރިން ހިނގިކަމަކާއި މިކަން ވައްތަރީ!
03ކޯޓޭޝަން
15 June 2019
އައިޖީ އެމް އެޗް ހިންގޭނީ ސަރުކާރުން އެތަނަށް ޚާއްޞަ ކަމެއް ދީ ގެންނެވެ. އާއްމު އޮފީސްތަކަށް އޮންނަ މާލިއްޔަތުގެ ގަވާއިދުގައި ހުންނަ ގޮތަށް އެތަން ނުހިންގޭނެ އެވެ. އެތަނުގައި އިމަޖެންސީ ކަންކަން ޙައްލު ކުރަން ޚާއްޞަ ހުއްދަ ދެވިފައިވާ ޚާއްޞަ ބާބެއް އައިޖީއެމް އެޗަށް އޮންނަން ޖެހެއެވެ.
ނާގަބާޑި
15 June 2019
އަދި ސަރުކާރައް ފާޑުކިޔަން ގާއިވެސްނުވޭ. ތީގަ ސަރުކާރުކީކުރާނީ. ކަމެއްވާނީ ބުނެފަކާނޫ
މާރަނގާ - އައްޑޫ ސިޓީ
15 June 2019
މިކަންކަމުގެޒިންމާނަގާންޖެހޭމީހާ މުޅިދައުލަތްސުންނާފަތިކޮށްލާފަ ކުޑަބިންކޮޅެއްގަ 150 މިލިއަން ޑޮލަރު ޙަރަދުކުރިކަމަށްބުނެ އެޅި ކޮތަރުކޮށްޓެއްދިވެހިންނަށްދައްކާލާ ދިވެހިންގެބޮލުގައިދަރަނިއަޅުވާފަ އެއޮތީލާޖެއްސިގޭގެބިންގަރާގުގައިފިލާ. * * ކުޅުދުއްފުށިހޮސްޕިޓަލާއި، ބޭރުގެއެހީއާއި ލޯނު ފައިސާހަމަޖެހުނު އައްޑޫ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި ރަނގަޅުފެންވަރުގެ ހޮސްޕިޓަލް އެޅުމަށް އޭނާ ދެކޮޅުނެގެދިނަމަ ތިމައްސަލަ ދިމާވާނެތޯ؟
ގޫބައްޑާ
15 June 2019
އަލިފާނުގެ ހާދިސާ ހިނގީ އޭނަގެ ސަބަބުންތަ؟ ކަލޭމެންގެ ޖަޒީރާވަންތަކަމުން
ހަސަން ނުވަވަނަ
15 June 2019
ފެއިލްޑް ސަރައްކާލި. ވެލްކަމް ޓު ޖަޒީރާ ރާއްޖެ. ޗިޗަންޑާ19 ތަފާތުވާނެ
ސަހަރޯ
15 June 2019
ޤައުމެއް ނެތް! ސްޕީޑުގައި މެކުހަށް ދިޔަ ތަރައްޤީ 5 އަހަރު ފަހަތަށް! ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ!
ޢިސްމާއިލް ވަހީދު އެންޑް ސާކިރާ
15 June 2019
މުނާ އައި އެމް ހޮސްޕިޓަލް އައް ޖޮބައް ވަންނަން ވީނު ، އޭރުން ވާނުވާ އިނގޭނެ
ޡުލޭ
15 June 2019
މީ އިބޫގެ ފެންވަރު.