ޚަބަރު / އަބްދުﷲ އަމީން، ކުރީގެ ހެލްތު މިނިސްޓަރު

10 ރަށެއްގެ ހޮސްޕިޓަލަށް އިތުރު ތަރައްގީ، އަގަކީ 800 މިލިއަން ރުފިޔާ

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވާހަކަ ދައްކަވަނީ. ފަސް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ ނަތީޖާ ދެ ތިން މަސް ތެރޭގައި ފެންނާނެ ކަމަށް ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ފަސް ރަށެއްގައި ހުރި 10 ހޮސްޕިޓަލެއް، 800 މިލިއަން ރުފިޔާ ހޭދަކޮށްގެން، މަތީ ފެންވަރުގެ އެކި ހިދުމަތް ލިބޭ ފެންވަރަށް ތަރައްގީކުރަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީތަކުން މީޑިއާއަށް މައުލޫމާތު ދޭން އާ ސަރުކާރުން ރައީސް އޮފީހުގައި ބާއްވަން ފެށި ނޫސްވެރިންގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ އޭގެ ތެރެއިިން ފަސް ހޮސްޕިޓަލެއްގެ ހިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އެތަންތަނަށް 480 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު"ން ކުރި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ހާއްސަ ސަމާލުކަމެއް ދީގެން މިވަގުތު ހިދުމަތްތައް ފުރިހަމަކުރާނީ ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަމު ރީޖަނަލް ހޮސްޕިޓަލް އާއި ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ މި ހޮސްޕިޓަލްތަކާ އެކު، އިތުރު ފަސް ހޮސްޕިޓަލަކަށް ވެސް ބޮޑު ތަރައްގީއެއް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ފަށައިގަތީ ފަސް ހޮސްޕިޓަލަކަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކުރުން،" ކުރިއަށް އޮތް ދެ ތިން މަސް ތެރޭގައި ނަތީޖާ ފެންނާނެކަމުގެ ޔަގީންކަން ދެއްވަމުން އަމީން ވިދާޅުވި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީން ވިދާޅުވީ މިހާރު މަސައްކަތް ކުރިއަށް ދާ ފަސް ހޮސްޕިޓަލްތަކުގެ ފެންވަރު ނިސްބަތުން ރަނގަޅު ވިޔަސް، އެ ތަންތަނަށް ބޭނުންވާ ވަސީލަތްތަކާއި މީހުން ނެތުމުން ގިނަ ބަޔަކު ހިދުމަތް ހޯދަން މާލެ އަންނަން ޖެހިފައިވާ އެވެ.

އެހެންވެ އަމީން ވިދާޅުވީ އެ ހޮސްޕިޓަލްތަކުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ތަހުލީލް ކުރެވޭނެ ގޮތްތަކާއި ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި މާލެ އަށް ޑޮކްޓަރަށް ދައްކަން އަންނަނީ ކޮންކޮން ކަމެއްގައިތޯ ބަލައި އެކަން ކަން ހައްލުކުރުމަކީ ވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ އޮނިގަނޑެއް އޮތަސް އަމީން ވިދާޅުވި ގޮތުގައި "ކަރުދާހުގައި ލިޔުން ފިޔަވައި" އޭގައި އެހެން ކަމެއް ނެތެވެ. އޭނާ ވިދާޅުވީ އެ އޮނިގަނޑުގައި ބުނާ އަދަދަށް ހޮސްޕިޓަލްތަކުގައި މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ހިދުމަތްތައް ވެސް ލިބެން ނެތުމުން ކަމަށެވެ.

ފަސް ހޮސްޕިިޓަލްގެ ތަރައްގީގެ މަސައްކަތް ފަށާފައިވާއިރު، އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ރަނގަޅު މެނޭޖްމަންޓެއް އުފެއްދުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އަމީން ވިދާޅުވީ ކްލިނިކަލް ކަންތައްތަކުގަ އާއި ނަރުހުންނާއި ހިންގުމާއި ފައިސާއާ ގުޅޭ ކަންކަމުގައި ޒިންމާދާރު މީހުން ބައިތިއްބަން އިސްކަން ދެއްވާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްގީ ކުރާނީ ރާއްޖޭގެ އެކި ދިމާލުން ތަފާތު ހިދުމަތްތައް ލިބޭ ގޮތަށް ކަމަށެވެ. އަދި ވަކި ހާއްސަ ފަރުވާ ލިބޭ ތަންތަނުގެ ގޮތުގައި އެ ހޮސްޕިޓަލްތައް ތައާރަފްވެގެން ދިއުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓަރު އަމީން މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ ނުވަ ރަށެއްގައި ހުރި ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އޮތީ ހަވާލުކުރާ ހިސާބުގަ އެވެ. އެ ތަންތަން ހޮސްޕިޓަލްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ މަސްތެރޭ ފެށޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން އާންމުކުރި، ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ދުވާލަކު ގާތްގަނޑަކަށް 7،000 މީހުން ޑޮކްޓަރަށް ދައްކަ އެވެ. އެކަމަކު ބަލި މީހުން ބެލުމުގެ ކަންކަމުގައި އެކަށީގެންވާ ނިޒާމެއް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނަނީ ވަސީލަތުގެ ދަތިކަމުގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންނާއި ހިދުމަތްތެރިންގެ ގޮތުގައި 2000 އަށް ވުރެ ގިނަ މީހުން ލިބިއްޖެ ނަމަ، ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެ ކަމަށެވެ.

"ހިދުމަތްތައް ރާއްޖޭގެ ސަރަހައްދުތަކަށް ފެތުރުނީމަ، ތޮއްޖެހުމުގެ މައްސަލަ ހައްލުވާނެ. ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ. ޝަކުވާތަކާއި މައްސަލަތައް ފެންމަތިވިޔަސް، ކެތްތެރިކަމާ އެކު ޝަކުވާތައް އަޑުއަހައި ހައްލު ކުރުމަށް މަސައްކަތް ކުރާނަން،" އަމީން ވިދާޅުވި އެވެ.

55 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 2%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާނާ

17 June 2019

ކުޅުދުއްފުަށީ ހޮސްޕިޓަލަށް ސުޕީޗު ތެރަޕިސްޓެއް ވަރަށް މުހިންމު.މިނިސްޓަރަށް މިކަން އެނގެން ޖެހޭނެ އުތުރުގަ އެއްވެސް ރަށަކުން މިހިދުމަތެއް ނުލިބޭ.

The name is already taken The name is available. Register?

ޒިލް

17 June 2019

އައިޖީއެމްއެޗް އަށްފަހު އެންމެ ގިނަ މީހުން ޚިދުމަތް ހޯދާ ކުޅުދުއްފުށީ ހޮސްޕިޓަލް މިހާރުން މިހާރަށް ޚިދުމަތްތައް ރަގަޅުކުރަން ޖެހޭ..

The name is already taken The name is available. Register?

މީރުބަހުރު

17 June 2019

އެންމެ ވާހަކަގިނަ އަމަލު މަދު މިނިސްޓަރު މިއީ. އަބަދުވެސް އިވެނީ މޮޅެތި ވާހަކަ ދައްކާއަޑު ކަންކަން ހައްލުވާތަނެއްް ނުފެނޭ ވިއްޔާ ހޮސްޕިޓަލުތަކުން ކުރިން ދެމުންއައި ހިދުމަތްތައް ހުއްޓިފަ ހުންނަނީ. ކޮންމެ މީހަކަށް ހެލްތެއް ނުހިންގޭނެ.

The name is already taken The name is available. Register?

ގާރީ

17 June 2019

ހަބަރު ރަނގަޅަށް ކިޔާލިންތަ؟ މިއީ ރައީސުލްޖުމްހުރިއްޔާގެ ނިންމެވުމަށް ހުރިހާ މިނިސްޓަރުންވެސް ރައްޔިތުންނާ ހިއްސާ ކުރަންޖެހޭ ވާހަކަ ކޮންމެ ހަފްތާއަކު. މިކަންވެސް ފުރަތަމަ މި ފެށުނީ ހެލްތު މިނިސްޓަރަށް. އަމަލުގިނައީ ކާކުގެ؟

The name is already taken The name is available. Register?

ސައި

17 June 2019

މަނިކުފާނަށް އެގިލައްވާތޯ ދަރިންނުލިބޭމީހުންނަށް ރާއްޖޭން ބޭސްފަރުވާކުރެވެން ނެތްކަން އެމީހުންނަށްވެސް އާސަންދައިން ފަރުވާލިބޭނެގޮތް ހެއްދެވުންކީއްތޯ

The name is already taken The name is available. Register?

ބޭބެ

16 June 2019

ރިކްރޫޓްމަންޓްބައިގައި ކޮރަޕްޝަން.... އިmiިޤުޜޭޝަން ސާފުކުރިހެން ތިތަންވެސް ސާފުކުރައްވާ..

The name is already taken The name is available. Register?

ދޭބަލަ

16 June 2019

ދިހަ ރަށެއްގައި ނުޖެހޭނެއޭ ހޮސްޕިޓާ ތަރައްގީ ކުރަން 800 މިލިއަން ރުފިޔާ ޚަރަދު ކުރަން އެފައިސާ އަށް އެސްޓީއޯ ހޮޓަލުގައި ހޮސްޕިޓަލެއް ތަރައްގީ ކުރިއްޔާ މާ ބޮޑަށް ތާހިރުވާނެ އެއް ނޫންތޭ ތަމެން ދެން މަހަށް ދާންވީއެއް ނޫންތޭ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...

The name is already taken The name is available. Register?

ޖަމްހަރު1

16 June 2019

ކޮބާހޭ ބޯހިޔާވަހިކަން

The name is already taken The name is available. Register?

ދާދޭ

16 June 2019

ބޯހިޔާވަހިކަމަކީ ހެލްތު މިނިސްޓްރީގެ މަސައްކަތުގެ ތެރޭގައި ނެތްކަމެއްކަން ހަމަ ނޭގެނީތޯ؟

The name is already taken The name is available. Register?

ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ

16 June 2019

އަޅުގަނޑުމެން ދިވެހި ރައްޔަތުން ބަނޑަށް ތިބެންޖެނުކަސް އެކަމަށްވެސް ތަހައްމަލް ކޮށް އަދި ސިއްހީ ޚިޒުމަތުންމަހުރޫމުވެގެންވެސް ބޭނުންވަނީ ހަމަ އެއްމެ ކަމެއް، އާދެ! ތިޔަ 800 މިލިއަން ރުފިޔާ ހަރަދުކޮށްގެން ވިޔަސް އިންސާފުވެރި ފަނޑިޔާރުގެޔެއްބޭނުންވަނީ، މަނިކުފާނުގެ ގޯރޑު ފާދަރ އަޑީގައި ހުރެ މުޅި ގައުމު ކުރިޔަށް އޮތް 100 އަހަރަށް ދަރުވާލި ޑިކުޓޭޓަރާއި ގުޅި ހިންގަމުންދާ ޖަރީމާތައް އޭނާގެ ކިބައިން ހުއްޓުވައިދެއްްވާ.. އެއީ ކޮށްދެއްވަންވީ ކަމަކީ...

The name is already taken The name is available. Register?

ބުރާންޗު ޑރ

16 June 2019

ޑރ ރާއްޖޭގައި ކިޔަފިއްޔާ މީހުން އިތުބާރު ނުކުރަނީ މިހެންވީމަތާ. މިކަހަލަ ޑރ ލަގަބު ޖަހައިގެން އުޅޭ ބުރާންޗުން ގިނަވީމަތާ. މާދަމާވެސް ފުރާނަ އަތައްލައިގެން ހޮސްޕިޓަލަށް ދިޔައިމަ ފުރާނަ ސަލާމަތްނުވެ ދުނިޔެ އަޅައި ދިޔައިމަ މައްސަލަ ހިފައިގެން ފަނޑިޔާރަށް ގޮވަންދަނީ ކާކުތަ؟ ދެން ފަނޑިޔާރުގެވެސް ރަނގަޅު ކުރަންވީ އެކަން ކުރަންޖެހޭ އުސޫލުން. ބަދަލު ހިފާ އުސޫލުންނޫން. ރައިސް އިބޫގެ ހިތްތިރި އުސޫލުން. އޭނާގެ ވަޒީރުންވެސް ކަންތައް ކުރަނީ އެގޮތަށް.

The name is already taken The name is available. Register?

ހަމްދު

16 June 2019

އިސްތިއުފާ! ފައިބާ!

The name is already taken The name is available. Register?

ގައުމީވެދުން

16 June 2019

ތިޔައެއް މިހާރަކު ނުވިކޭނެ! އަމީން މާ ބޮޑަށްވެސް ވިކިއްޖެ! ކުރިއަށް ގައުމު!

The name is already taken The name is available. Register?

ފޮނިމުރާދު

16 June 2019

ތިހުރިހާ ފޮންޏެއް ނުކަނޑާ އޖމޗ ސީޓީ ސުކޭނު ހެދޭތޯ ބަލާބަލަ

The name is already taken The name is available. Register?

ވާނުވާ ގާނުވާ

16 June 2019

ކިހާ ދެރަކަމެއް މި ދެން. އައިޖީއެމްއެޗަކީ ހެލްތު މިނިސްޓްރީ ބެލުމުގެ ދަށުގައި އޮތް ތަނެއްނޫން. އެއީ ވަކި ގަވަނިންގ ބޯޑަކުން ހިންގާތަނެއް. ބޯޑު ސުޕަވައިޒްކުރަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް. ވެއްޖެއެއްނު ވާނުވާ އެނގިގެން ކޮމެންޓުކުރަން.

The name is already taken The name is available. Register?

ތތތހހ

16 June 2019

ކޮންމެ މީހަކު ބޮލުން ކަޓްވާލަ. ރައީސް މީހާވެސް ހުރއފަބުނެފާނެ މަށެއްނޫނޭ ކަންކަމާ ހަވާލުވެހުރީ. ދެން ރައްޔިތުން ކާކުކައިރިއަށްތަ މެޝިންގެ މައްސަލައިގަދާނީ. މޯޑި؟

The name is already taken The name is available. Register?

ކަދުރު

16 June 2019

ބޮލުން ކަޓުވާލި ކަމަށްވާނީ ހަވާލުކުރެވިފައޮތް މަސްއޫލިއްޔަތެއް ނަމަތާ. މި ބުނަނީ އެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވަނީ އައިޖީއެމްއެޗްގެ ގަވަނިންގ ބޯޑާއޭ. ބޯޑު ސުޕަވައިޒް ކުރުން މަތިކުރެވިފައިވަނީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްއާއޭ. މިތާ ސާފުނުވެގެން މި އުޅެނީ ކޯއްޗެއް؟ ގަވަނިންގ ބޯޑަކީ ކޮބައިކަން ނޭނގެނީތަ؟ އެއީ ކިހިނެއް މަސައްކަތް ކުރާ އެއްޗެއްކަން ނޭނގެނީތަ؟ އަލީ ޝިޔާމްއަކީވެސް ނެތް މީހަކަށްވަނީތަ؟ މަސްއޫލިއްޔަތު މަދުވަނީތަ؟

The name is already taken The name is available. Register?

ދާދޭ

16 June 2019

އެހެންވެސް ބަޔަކު އުޅޭނެ. ކުރިންވެސް އަމީން ވިދާޅުވެއްޖެ އޖމޗ ކީ ހެލްތު މިނިސްޓްރީން ހިންގާ ބަލަހައްޓާ ތަނެއް ނޫނޭ. އަމީން ކުރައްވާ މަސައްކަތް ކާމިޔާބުވާތީ ހިތްނިރުހޭ ބަޔަކުތިބުން އެއީ މައްސަލައެއްނޫން. ތެދުބަހުން އުދާސް ބޭރުކުރަން ދަސްކުރަމާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454