ރާއްޖެ އާއި އެމެރިކާއާ ދެމެދު ވެވުނު އެއްބަސްވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު (ކ) އާއި ރާއްޖެއަށް އެމެރިކާއިން ކަނޑައަޅާފައިވާ ސަފީރު ޓެލްޕިޒް ސޮއިކުރައްވަނީ
18 ޖޫން 2019 - 19:59
ރާއްޖޭގައި މިހާރު ވެސް ހިންގާ އެމެރިކަން ސެންޓަރުގެ ޚިދުމަތްތައް ކުރިމަގުގައި ވެސް އެގޮތަށް ކުރިއަށް ގެންދަން އެމެރިކާ ސަރުކާރާ އެކު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި ސޮއިކުރުން އޮތީ، ރާއްޖެ އަށް ބޭނުންވާ ތަރައްގީގެ ކަންކަން ބޭރުގެ ފަރާތްތައް އަންގައި ދިނުމަށް ކުރުނބާ މޯލްޑިވްސް ގައި ބޭއްވި މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެމެރިކާ ސަރުކާރުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޓެލްޕިޒް އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެމްއޯޔޫއާ އެކު، ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ސަގާފީ ގުޅުން ވެސް މިހާރަށް ވުރެ ވަރުގަދަ ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
Maldives and the US sign an MoU on normalizing the American Corner Partnership and an Amendment to the Development Objective Grant Agreement (DOAG)@USAmbSLM@USEmbSL@USAID
— MFA Maldives (@MDVForeign) June 18, 2019
Press Release https://t.co/HrgHZ1qV5s pic.twitter.com/Zrx9YkmQnz
ފޮރިން މިނިސްޓްރިން ކުރި ޓްވީޓު
މީގެ އިތުރުން، ރާއްޖެ އާއި އެމެރިކާއާ ދެމެދު ވެފައިވާ ޑިވެލޮޕްމެންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމެންޓް (ޑީއޯޖީއޭ) އަށް އިސްލާހެއް ގެނެސް، އެ އެއްބަސްވުމުގައި ވެސް ދެ ގައުމުގެ ފަރާތުން މިއަދު ސޮއިކުރި އެވެ.
އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ސޮއިކުރެއްވި އިރު އެމެރިކާގެ ފަރާތުން ސޮއި ކުރެއްވީ ޔޫއެސް އެއިޑްގެ ޑިރެކްޓަރު ރީޑް އައެޝްލިމަން އެވެ.
މި އިސްލާހާ އެކު، ރާއްޖޭގެ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީ އަށް އެމެރިކާގެ ފަރާތުން އަށް މިލިއަން ޑޮލަރު އިތުރަށް ދޭން ހަމަޖައްސާފައި ވެ އެވެ. މި އަހަރުގެ މިހާތަނަށް އެމެރިކާ އިން ރާއްޖެ އަށް 22 މިލިއަން ޑޮލަރުގެ އެހީ ދީފައި ވެ އެވެ.
ރާއްޖެ އާއި ޖޯޖިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރަން ވެސް ފޮރިން މިނިސްޓަރު ޝާހިދު މިއަދު އެއްބަސްވުމެއްގައި ސޮއި ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
19 June 2019
ދިވެހިންނަށް ހެޔޮ އެދޭ އެއޮތްބޮޑު އެމެރިކާއިން އެމްއޯޔޫއެއް މިދިނީ.
ސޯބު
19 June 2019
ތިޔަ މީހުން ތިދޭ އެހީގައި ކުރި ކަމެއް މަށަށް ބުނެދީބަލަ. އިންޑިއާގެ އެހީގައި ރާޑަރެއް ބެހެއްޓުން. ހުރިހާ ކޮންޓްރޯލްއަކާއި މައުލޫމާތު އެމީހުންނަށް. އެމެރިކާގެ އެހީގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުން. އެމެރިކާއަށް ހުރިހާ މައުލޫމާތެއް އެގޭގޮތައް. މިއީ އެހީތޯ ނޫނީ ހަންފެތުރުންތޯ؟
އިސްލާހޭ
19 June 2019
ތިޔަހެން އެގްރީމެންޓް ތަކަށް "އިސްލާހު" ގެންނަނީއޭ ކިޔާފަ ގެންނަ ބަދަލު ތަކަކީ ވަރަށް ގިނަފަހަރަށް އިސްލާމް ދީނުގެ ސަބަބުން މަނާވެފަ ހުންނަ ކަންކަމަށް ބަދަލެއް ގެންނަން މަޑުމަޑުން ކުރާ ފިކުރީ ހަނގުރާމައިގެ ބައެއް. ޑީ.އޯ.ޖީ.އޭ އަށް ގެނައި ބަދަލެއް ހޯދާ ރައްޔިތުންނަށް ހާމަ ކުރުމަކީ ނޫސްވެރިންގެ ޒިންމާއެއް. ނޫސްވެރިން މިކަހަލަ ކަންކަމަށް ސަމާލުވެ ޒިންމާދާރުކަން އިތުރު ކުރަން އެބަ ޖެހޭ.
ގުންބާ
18 June 2019
ޝާހިދު ދަތުރުޅު ނިންމާފަ ފުރާވަޑައިނުގަންނަވަނީތަ އަދިވެސް.
ޕޮއްޕަޓު
18 June 2019
ހޫނ އެއްކަލަ އެމްއޯޔޫ ކުޅިގަނޑު ފެށީ. މީގެކުރިން އައި ރީނދޫ ސަރުކާރަކީ މިގޮތުން ރެކޯޑެއް ހެދި ބައެއް.