ޚަބަރު / ޖުޑީޝަރީ

ސުޕްރީމް ކޯޓުގެ އަމުރާ މެދު ގާޒީއަކު ސުވާލު އުފައްދައިފި

ގާޒީ މަރިޔަމް-- ސުޕްރީމް ކޯޓުގެ އަމުރަށް ސުވާލު އުފެއްދެވި-- ފޮޓޯ: ސަން

ފަނޑިޔާރަކު ނިންމަވާ ނިންމެވުމެއްގެ މެރިޓާ ގުޅުވައިގެން، އެ ފަނޑިޔާރަކަށް ސުލޫކީ ފިޔަވަޅެއް ނޭޅޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި އަމުރާ މެދު ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

ގާޒީ މަރިޔަމް ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ވިލާޔަތާއި އަހުލިއްޔަތާއި ޝަރުއިއްޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ވަނީ ކަނޑައަޅައި، ޒިންމާތަކުން ދުރުކޮށްފަ އެވެ. އަލުން ގާޒީކަން ކުރެއްވުމުގެ ފުރުސަތު އޭނާ އަށް ދިނީ އަހަރެއްހާ ދުވަސް ފަހުންނެވެ. ގާޒީ މަރިޔަމް ފަނޑިޔާރުކަމުގެ ޒިންމާތަކުން ދުރުކުރީ ވ. ބޮޑުމޮހޮރާ ކިޔާ ރަށެއް މެރިން ޓެކްނޮލޮޖީ ކުންފުންޏާ ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކޮށް، އޭނާ ކުރެއްވި ހުކުމަކާ ގުޅިގެންނެވެ.

Gaazee mariyam alun court ah

Gaazee mariyam alun court ah

The most trusted news source in the Maldives

Mihaaru

ގާޒީ މަރިޔަމް އަލުން ކޯޓަށް ނުކުތުން---

އޭނާއާ މެދު ސުޕްރީމް ކޯޓުން އޭރުން ނިންމި ނިންމުމާ ގުޅޭ ޚަބަރާއި މިއަދު ސުޕްރީމް ކޯޓުން ކުރި އަމުރުގެ ފޮޓޯއެއް ފޭސްބުކުގައި ޕޯސްޓް ކުރައްވައި ގާޒީ މަރިޔަމް ވިދާޅުވީ އެއީ ތާރީޚު ކަމަށެވެ. އޭނާ ދައްކަވަން އުޅުއްވަނީ އެއް މައްސަލައެއްގައި ސުޕްރީމް ކޯޓުން ދެ ގޮތަކަށް ނިންމި ކަމެވެ.

މަރިޔަމް ވަހީދުގެ ފޭސްބުކް ޕޯސްޓް: މިހާރު ވަނީ މި ޕޯސްޓް ޑިލީޓްކުރައްވާފައި

ސުޕްރީމް ކޯޓުން މިއަދު އަމުރެއް ނެރެފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އޭނާ ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމުމުން، އެއަށް އަމަލުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު ގާނޫނުއަސާސީއާ ހިލާފް ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެހާ ބާރުތައް ލިބިގެންވަނީ ސުޕްރީމް ކޯޓަށް ކަމަށާއި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަމަށެވެ.

ފަނޑިޔާރަކު މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނުއަސާސީގައި ބުނާ އިސްތިއުނާފު ކުރުމުގެ ހަމަތަކުގެ ބޭރުން ނުވަތަ ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ސުލޫކީ މައްސަލަ ބެލުމުގެ އުސޫލުތަކުގެ ބޭރުން ފަނޑިޔާރަކު ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

41 ކޮމެންޓް, 195 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 2%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮގު ހަބަރު

21 June 2019

މިހާރުވެސް ދޮގު ހަދަން ފެށީތަ؟ ތިޔަ ޕޯސްޓް ޑިލީޓްކޮށްފަ ނެތް. ޢެބަހުރި އަދިވެސް

The name is already taken The name is available. Register?

ބޭނުން

20 June 2019

ތިދެން މާބޮޑު ހަބަރެއްތަ؟. ސަރުއީދާއިރާގަ ސުވާލުއުފައްދާނީ އެދާއިރާގެމީހުންދޯ؟. މަށާ ތިބޭފުޅާއަކާ ނޫނެއްނު.

The name is already taken The name is available. Register?

ލަވވ

19 June 2019

ެިއިޚްތިސާސްއިން ބޭރުން ކަންކުރާތީ ދޯ މިއަދު ގޭގަ ހުރެފަ އެހެން މީހަކު ލާފަ އެހުރީ

The name is already taken The name is available. Register?

ޤާޟީ

19 June 2019

މީނައަށް ފިޔަވަޅު އެޅީ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަަކަށް ކަނޑައެޅިގެން ޚިލާފަށް ޙުކުމް ކުރީމަ. މަތީ ކޯޓަކުން ނިންމާފައޮތް ޙުކުމަކަށް ގޮން ނުޖެހޭނެ އެހެން ކޯޓަކަށް

The name is already taken The name is available. Register?

ައަކްޝޭ ކައްނާ

19 June 2019

މާތް ކާލާކޯ، މި ކުދިން މިޔޮށް މަރަށް ތެޅެނީ. އެންމެނަށް ގައްބަރޭ އަހެެއްގަ ބަޑި ހިފައިގެން އަންނަތަން ފެންނަ ކަހަލަ!

The name is already taken The name is available. Register?

ކައިސް

19 June 2019

މީހުސްހަސަދަފިލުވުން! ރައިތުނަ ނަކައް ނުވަތަ ކަމެއްރަގަޅުކުރާކައްކުރާކަމެއްނޫން ހުސް އަމިއްލައެދުން

The name is already taken The name is available. Register?

ނެގުނުކަތީބު

19 June 2019

ތިމާއަށް ތިމާފެނި އަނެކުންނަކީ އެއްޗެއް ނުދަންނަ ބީތާއިންނަށް ކަނަށްގޮވުމަށްވުރެ މުޑުދާރުކަމެއް އޮވޭހޭ؟ އެމީހަކު ކުރިކަމެއްގެ ޒިއްމާ އަނެކަކު އުފުލަންޖެހޭ ހޭ؟

The name is already taken The name is available. Register?

އެޑްމުންޑޯ

19 June 2019

ތިޔައީ ކީ ސްޕރީންކޯޓުން އަލަށް ކުރި ކަމެއްނޫން ، އެންމެން ސިއްސާގެންދިޔަ ފެބުރުއަރި ބޮޑު ހުކުމުގެ ކަންތައްތައް ފަހުންވީގޮތްވެސް ނޭގޭ ދިވެއްސަކު ނުހުންނާނެ ، ދެގޮތަށް ދެފަހަރު އެއްހުކުމެއްކުރުން ، އެއީތާ މިގައުމުގެ ދިމާވެގެން އުޅޭ މައްސަލައަކީ

The name is already taken The name is available. Register?

ރާއްޖެތެރެމީހާ

19 June 2019

ބުނީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް މީނަ މަގާމަށް އައީ ކިހިނެތްކަންވެސް އެއީ ބަލައިލަންޖެހޭ ކަމެކެވެ. ވަކީލުންނާއި ފަނޑިޔާރުންނަށް އެކަންކަން ވަރަށްސާފެވެ.

The name is already taken The name is available. Register?

އެންދެރި

19 June 2019

ފައިސާ އަށް ވިކޭ މީހުން ގިނައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454