ޑޮކިއުމެންޓްރީގައި ރައީސް ޔާމީނާ ބެހޭ ގޮތުން އޮއިއްޓޭ ވާހަކަ ދައްކަނީ
07 ސެޕްޓެމްބަރ 2016 - 18:08
ދިވެހި ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ކޮރަޕްޝަނާއި ޖަރީމާތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން މިއަދު އާންމުކުރި ޑޮކިއުމެންޓްރީ ރާއްޖޭގައި ދެއްކުމުގައި "އަބުރު"ގެ ގާނޫނާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ދީފި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ބައެއް އިސް ވެރިން ގާނޫނުތަކާ ހިލާފު އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުކޮށްފައިވާ "ސްޓީލިން ޕެރަޑައިސް" މިއަދު ހެނދުނު ޔޫޓިއުބްގައި އާއްމުކުރި އެވެ. އަދި އަލް ޖަޒީރާ ޓީވީން އެ ދެއްކީ ހަވީރު 5:00 ގަ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ނެރުނު ބަޔާނުގައި ބޮޑަށް ހަނދާންކޮށްދިނީ، އަބުރުގެ ނަން ކުރިއަށް ނެރެގެން އެކަމަކު ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމުގެ މަގުސަދުގައި ދާދި ފަހުން ހެދި ގާނޫނުގައި ހުރި ކަންކަމެވެ.
އެގޮތުން އެ ގާނޫނާ ހިލާފު ކޮންޓެންޓް ހުރި ކަމުގެ ޝަކުވާ އާއި ކަންބޮޑުވުންތައް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުންގެ ފަރާތުން ކޮމިޝަނަށް ލިބެމުންދާ ކަމަށް ބުނެފައިވެ އެވެ. އެހެންވެ އެ ޑޮކިއުމެންޓްރީ ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގައި ސަމާލުވާން އެ ކޮމިޝަނުން އެދެ އެވެ.
ގާނޫނާ ހިލާފުވާ އެއްޗެއް ބްރޯޑްކާސްޓްކޮށް ނުވަތަ ރީބްރޯޑްކާސްޓްކޮށްފި ކަން ކޮމިޝަނަށް ސާބިތުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެ އެވެ.
ހިޔާލުފާޅުކުރުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ފާސްކުރި ގާނޫނަށް ރިއާޔަތްކުރާ ނަމަ އެ ޑޮކިއުމެންޓްރީގައިވާ ގިނަ ވާހަކަތައް ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓެއް ވެސް ނުކުރެވޭނެ އެވެ. އެއީ ސިޔާސީ ބައެއް ބޭފުޅުންނާ މެދު ސީރިއަސް ތުހުމަތުތަކެއް ކޮށްފައި ވާތީ އެވެ.
ސަރުކާރުން ބުނެފައި ވަނީ އެ ޑޮކިއުމެންޓަރީގައި ސާބިތު އެއްވެސް ހެއްކަކާއި ގާރީނާއެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފނސނ
17 September 2016
އެމް ޑީ ޕީ މީހުން އަދި ނަޝީދު އުޅެނީ މި ރާއްޖެ ފަލަސްތީން ފަދަ ނިކަމެތި ތަނަކައް ހަދަން ވެގެން
ޢަޥަސް
09 September 2016
ރަގަޅު ތަހުގީގެއް ހިންގިގެން އެނގޭނީ ޑޮކިއުމެންޓްރީން ވަރަށް ބޮޑައްގަބޫލް ކުރެވޭ ހަގީގަތްކަމަށް
ވަރަށް ސާފު މައްސަލައެއް
08 September 2016
ކަމެއް ނުކުރާ ބަޔަކު ނަމަ ބުނާނީ ތިހަދަނީ ދޮގެކޭ. ބޭނުންހާ ޖަރީމާއެއް ހިންގާފަ ތިބި ބަޔަކަށް ބުނެވެން އޮންނާނީ ހެކި ކޮބާހޭ. ރައްޔިތުން ޖަޖު ކުރޭ ސަރުކާރުން ނެރުނު ބަޔާނުތަކާއި ދެއްކިހާ ވާހަކައެއް ދެއްކީ މި ދެގޮތުން ކުރެ ކޮންގަޮތަކަށް ތޯ. އެހެން ވީމަ މި ވަރަށް ސާފު. އެންމެ ތެޅިބާލާފަ މި ކިޔަނީ އެކައްޗެއް ތީގަ ސާބިތުވާނެ ކަމެއް ނެތޭ ދެެއްކިފަ. ދެން ކީކޭ މިކިޔެނީ.
ހޭލާ
08 September 2016
ޝަހީބު ހަދުމަފުޅު ނެތީތޯ ހިޔާލީ ވާހަކައެއް ލިޔުމުން ކަންވެގެން ދިޔަގޮތް. އެ ދުވަސް އިއާދަކުރަން ބޭނުންވަނީތޯ؟؟
ދުޢާ
08 September 2016
އެންމެންގެ ހަތިޔާރަކަށް ދުޢާ ހަދާށެވެ. ހީވެސް ނުކުރާގޮތަކަށް އަނިޔާވެރިން ނިމިގެން ހިގައިދާނެއެވެ.
ސީރިއަސް
08 September 2016
ޝަހީބުމެން ވެއްޖެނު އަމިއްލަ ނަފްސާ ސުވާލުކޮށްލަން.. ތިމާމެން މިކުރަނީ ހެޔޮކަމެއް ތޯ ނޫނީ ނުބައިކަމެއްތޯ. މިނޫން ދުވަހެއް އަދި އަންނާނެ ކަމާ މިބިންމަތީގަ ތިމާ ކުރާ ހެވާ ނުބައި ކަންތަކުގެ ހިސާބު ބެއްލެވޭނެ ކަމާ ގައުމެއްގެ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިބެ އެގައުމެއްގެ ރައްޔިތުންނަށް ހާރާމްކޯރު ވީމަ މިކުރެވެނީ ކިހާ ބޮޑު ފާފައެއްކަން ނޭނގޭ ވަރުގެ މިހުންނެއް ނޫން ވިއްޔަ.
މުހައްމަދު
08 September 2016
ހިހޫތަނުން ކާބައެއް، އެހެން ހެޔޮވެރިކަމެއްގައި މިބައިމީހުން ނަށް ޖާގަ އެއް ނޯންނާނެ ކަން އެނގޭ. ވަގުތުގެ ބޭނުން ހިފަނީ. ރިޕޯރޓް ދައްކާ މީހުން ކުއްވެރިވަނީ.
މަޒް
08 September 2016
ނޭޅޭނެ އެއް ފިޔަވަޅެއްވެސް... ނިކަން އަޅާލަބަލަ
އަލިބެ
08 September 2016
ތިޔަ ބުރޯޑުކާސްޓިން ކޮމިޝަނާ މެދު ފިޔަވަޅު އަޅާނެ ދުވަސް އޮތީ އިރާދަކުރެއްވިއްޔާ މާދުރަކު ނޫނެވެ.
އަހްމަދު
07 September 2016
ޥ. ދެރަދޯ މިނިވަން މުއައްސަސާއެކޭ މިވެސް. މިއީ އެބުނާ އެއްޗަކީ މުށުތެރޭގަ މުޅި ޤައުމު. ދެން ހަމ ތިބޭނީ.