ޗެންނާއީގައި ފެން ހޯދަން މީހުން ޕޮޓްތައް ހިފައިގެން ނުކުމެ. --ފޮޓޯ:ގެޓީ އިމޭޖަސް
19 ޖޫން 2019 - 11:35
ޗެންނާއި (ޖޫން 19) - އިންޑިއާގެ ދެކުނުގެ ޗެންނާއީގެ މައި ހަތަރު ރިޒޮވަޔާ އިން މުޅިން ފެން ހުސްވުމާ ގުޅިގެން އެ ސިޓީ ފެނަށް ޖެހިއްޖެ އެވެ.
އިންޑިއާގެ ހަ ވަނަ އަށް އެންމެ ބޮޑު ސިޓީން ފެން ހުސްވުމާ ގާތަށް ޖެހުމުން، މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން އިތުރު ބޯހޯލްތައް ވަނީ ތޮރުފަން ފަށައިފަ އެވެ. ސަރުކާރުން ބަހައްޓާފައި ހުރި ޓޭންކްތަކުން ފެން ހޯދުމަށް އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ދިގު ކިޔޫތަކުގައި އެތައް ގަޑިއިރަކު ތިބެން ޖެހެ އެވެ. ފެން ނުލިބޭތީ ގިނަ ރެސްޓޯރެންޓްތައް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
"މި ހާލަތުން ޗެންނާއީ ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ވާރޭ ވެހުން،" އެ ސިޓީގެ އޮފިޝަލަކު ބީބީސީ ޓަމިލް އަށް ވިދާޅުވި އެވެ.
ޗެންނާއީގައި ފެން ހޯދަން ފެން ލޮރީއެއްގެ ކައިރީ މީހުން ކިޔޫ ހަދައިގެން. --ފޮޓޯ:ގެޓީ އިމޭޖަސް
ޗެންނާއީ އިން ފެން ހުސްވަން ފެށުމުން މީގެ ކުރިން ވެސް ވަނީ ބައެއް ހޮޓާތަކާއި ރެސްޓޯރެންޓްތައް ވަގުތީ ގޮތުން ބަންދު ކުރަން ފަށައިފަ އެވެ. ޗެންނާއީ މެޓްރޯ ސްޓޭޝަންތަކުގެ އެއާ ކަންޑިޝަންތައް ވެސް މިހާރު ވަނީ ނިއްވާލައިފަ އެވެ. ބައެއް އޮފީސްތަކުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން އަންގައިފަ އެވެ.
އައިޓީ ވޯކާސް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ވިނޮތު ކަލިގާއި ވިދާޅުވީ ބައެއް މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން ބަލާއިރު ގޭގެއިން ވެސް ވަނީ ފެން ހުސްވެފައި ކަމަށެވެ. އެހެންވެ ކުރެވޭނެ ކަމެއް ދެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޗެންނާއީގައި ވަޅަކުން މީހުން ފެން ނަގަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ޗެންނާއީގެ ފެނާ ބެހޭ ޑިޕާޓްމަންޓުން ދަނީ ފެނުގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޗެންނާއީ އަށް މީގެ ކުރިން ފެނުމުގެ މައްސަލަ ދިމާވާ ފަހަރުތަކުގައި ފެން ނަގަނީ ބިމުންނެވެ. ނަމަވެސް ބިމުން ފެން ނަގަން މި ފަހަރު އުނދަގޫވެފައި ވަނީ ފެނުގެ ލެވެލް ދަށްވުމުންނެވެ.
"އަވަސް މުއްދަތެއްގައި ވާރޭ ނުވެހިއްޖެ ނަމަ އަހަރެމެންގެ ކަންތައް ދިޔައީ،" އެ ސިޓީގެ އޮފިޝަލަކު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަޞައްވަރު
19 June 2019
ގެރިއަށް އަޅުކަން ކުރުން ހުއްޓާލާފައި ﷲ އަށް އީމާންވެ އިސްލާމްވޭ. ނޫނީ މުސްލިމުންނަށް އަނިޔާ ކުރުން ހުއްޓާލާފައި އެމީހުން ލައްވާ ދުޢާ ކޮއްބަލަ. ތީ މުސްލިމުންނަށް ކުރާ އަނިޔާގެ ޖަޒާ ކަމުގައި ވެސް ވެދާނެ. ގަނޭޝާ އަށާއި ޝިވާ އަށް ކޮއްދެވޭނެ ކަމެއް ޙަރާމުން ޙަރާމް. އިސްތިސްޤާ ނަމާދަކުން މުޅި މައްސަލަ ޙައްލުވާނެ. އިންޝާ ﷲ.
ގަމާރުމީހާ
19 June 2019
އެފްރިކާގެ މުސްލިމުން ނަށް އެހެން ވަނީ ކީއްވެބާ
ސައީ
19 June 2019
ގަމާރުމީހާ ކަލޭ މުސްލިމް ބޮޑު އާބާދީއަކަށް އުފަންވިޔަސް، ކަލޭގެ ވިސްނުމުގެ ދާއިރާ ތިހާ ހަނީ ކަލޭ އަމިއްލަ ބާރު އެކަމަށް އޮތީމަތަ؟؟
ރަދީފް
19 June 2019
ގަމާރުމީހާ ، އެފްރިކާއެއީ ގުދުރަތީ މުއްސަދިކަމުން ފުރިފައިވާ ބައްރެއް.ނަމަވެސް ކޮރަޕްޓް ވެރިން ގިނަވުމުގެ ސަބަބުން މިބުނި މުއްސަދިކަމުގެ ފައިދާ ލިބެނީ އާބާދީތަކުގެ ވަރަށް މަދު ބަޔަކަށް.ރަނގަޅު ގޮތުގަ މުއްސަދިކަމުގެ ފައިދާ ބޭނުންކޮށްފިނަމަ ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު މަތިކުރެވޭނެ.#ގަމާރުމީހާގަމާރުކަންމަތީގައަބަދަށް
ހަސަން ނުވަވަނަ
19 June 2019
ފަހަތުގަ އެހެރަ އިމާރާތާ ފެން އަޅަން ގެނގުޅޭ ގިނަ ރުނބާތައް އެމްޑީޕީން ހަދިޔާކުރި އެއްޗެހި ތަކެއް ދޯ. އަދި ފެން ލޮރީވެސް
ހަސަން ނުވަވަނަ
19 June 2019
ގައުމުގެ ބޮޑު ބައެއް ފެން ނުލިބިފަ ފާޙާނާ ކުރެވޭނެ ގޮތެއް ނެތިފަ އެކަމަކުވެސް ދުވެ ނަގަނީ ކައިރީގަ ތިބި ގައުމުތަކުގެ ދާޙިލީ ކަންކަމަށް ދަނޑި ބާނަމުން.
ހަސަން ނުވަވަނަ
19 June 2019
ގައިމު އެމެން ލާރި ގިނަވެގެން އެއިން ކުރާނެ ކަމެއް ނޭނގިގެން ދިވެހިންނަށް އެހިވާ ހިތުން ލޮލަށް ނިދި ނައިސްގެންނޯ އުޅެނީ.
ރަދީފް
19 June 2019
ހާދަ ދެރައޭ ، އިންޑިޔާގަ ފެނަށް ޖެހިފައިވާ ހުރިހާ ރައްޔަތުންނަށް އަވަހަށް ފެން ލިބޭނެގޮތް މިންވަރުކުރައްވާށި. @މަރޭމިތުރާ ވެސް ގިނަގިނައިން ނަމާދަށްފަހު ދުއާ ކުރޭ.
އަހުމަދު 3
20 June 2019
މަރޭމިތުރު އިންޑިޔާގެ ޚަބަރަކަށް ކޮމެންޓެއް ނުކުރާނެ.