ނުގަވައިދުން އުފުރި ކިނބި ގަސްތައް ފުލުހުން ގެންދަނީ: ފުލުހުން ވަނީ އެގަސްތައް އަލުން އިންދާފައި-- ފޮޓޯ: ޕޮލިސް
20 ޖޫން 2019 - 11:47
ލ. ކަލައިދޫން ގަވައިދާ ޚިލާފަށް އުފުރައި އެ ރަށުން ބޭރު ކުރަން އުޅުނު ގަސްތަކެއް ހޯދައި އެ ގަސްތައް އުފުރި ތަނުގައި ފުލުހުން އިއްޔެ އިންދައިފި އެވެ.
ފުލުހުން ބުނީ ކަލައިދޫ ބަނދަރުގައި އޮތް ބޯޓަކަށް ގަވައިދާ ޚިލާފަށް އަރުވާފައިވާ ކިނބި ގަސްތަކެއް އިއްޔެ ހޯދާފައިވާ ކަމަށެވެ. އެއީ 20 ފޫޓް ހުންނަ ވަރުގެ ގަސްތަކެއް ކަމަށް ފުލުހުން ބުނެ އެވެ.
އެ ގަސްތައް އިއްޔެ އެ ބޯޓުން ބާލައި އެ ގަސްތައް ނަގާފައިވާ ތަނުގައި އަލުން އިންދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ނުގަވައިދުން އުފުރި ކިނބި ގަސްތައް ފުލުހުން ގެންދަނީ: ފުލުހުން ވަނީ އެގަސްތައް އަލުން އިންދާފައި-- ފޮޓޯ: ޕޮލިސް
ފުލުހުން ބުނިގޮތުގައި، އެ ގަސްތަކަކީ އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތި ކަލައިދޫ ކައުންސިލުން 10ރ. ގެ މަގުން ވިއްކާފައިވާ ގަސްތަކެކެވެ. އެކަމާ ގުޅޭގޮތުން އެ ރަށު ކައުންސިލާ ސުވާލު ކުރުމުން އެކަން އީޕީއޭ އަށް ނޭނގޭނެ ކަމަށާއި އެއީ މަގެއް ހެދުމަށް ނެގި ގަސްތަކެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުން 40 އަކަށް ގަސް ނަގާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެކި ބޭނުންތަކަށް ކަމަށް ބުނެ ރާއްޖޭގެ ބައެއް ރަށްތަކުން ރުއްގަސް ނަގާ މައްސަލަ އޮތީ ފެންމަތިވެފަ އެވެ. އެކަން ކުރުމަށް ހާއްސަ ގަވައިދެއް ހަދާފައިވާއިރު އެއަށް އަމަލު ނުކުރާތީ ގަވައިދު ހަރުކަށި ކުރުމަށް މިސަރުކާރުން ވަނީ ނިންމާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒައީ
20 June 2019
މާލޭގެ މަގުތަކުން ފުލުހުން ކަނޑާލި ފެންފޯއް ރުއްތައްވެސް އިންދަންވީނޫންތޯ....
އިބިރިހިންބެއްޔާ
20 June 2019
އެންވައިރަމެންޓަލް ޕޮލިސް؟
ހަކީމު
20 June 2019
10ރ. ކައުންސިލަށް ... 10،000 ރ ކައުންސިލަރުގެ އެކައުންޓަށް. މީމިކަން ހިނގާ ގޮތަކީ ...މީ ރާއްޖޭގަ އާކަމެއް ނޫން. މިކަހަލަ ކަންތަށް ތަހުގީގު ކުރެވެން ޖެހޭނެ. ފުރިހަމަ އަދަބު ދެވެން ޖެހޭނެ. ޖަލުހުކުން އަންނަން ޖެހޭނެ ... އޭރުން މިކަން ހިއްޓުވޭނީ ... މިގޮތަށް މިކަން ނުވަނީ ފުލުހުންގެ ނުކުޅެދުން ތެރިކަން ނޫނީ އެމީހުންގެ ތެރެއިން ބަޔަކަށްވެސް ބަޔެއް އެޅެނީ.
ޒުހުރީ
20 June 2019
ވަރަށް ބޮޑު ތެދެއް