ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ
20 ޖޫން 2019 - 22:55
އުމުރުން 14 އަހަރުގެ ކުޑަ ކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން މިރޭ ކުރި އިއުލާނެއްގައި ބުނީ ގެއްލިގެން ހޯދަމުންދާ ކުއްޖަކީ ދަފްތަރު ނަންބަރު ރސ 2997، ޝައިމް ޢަބްދުﷲ ކަމަށެވެ. އެކުއްޖާ ގެއްލިގެން ރިޕޯޓް ކުރީ އަންގާރަ ދުވަހު ހެނދުނު 9:29 ގައި ކަމަށް ފުލުހުން ބުންޏެވެ.
ޝައިމް ޢަބްދުﷲ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަށް ގުޅައި އެމައުލޫމާތު ދޭން ފުލުހުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަސަން ނުވަވަނަ
21 June 2019
ތާޖުއްދީން ގްރޭޑް 8ގަ އުޅޭ ކުއްޖެއް. ތިޔަ ކުއްޖާއަށް ވީ އެއްޗެއްވީ ޖެންޑަރގެ ބެލުމުގެ ދަށުގަ ހުއްޓާ. ކިތައްމެ ވަރަކަށް ކުޅަނދު މަދު ސަރުކާރުން ފޮރުވަން އުޅުނަސް ނުވާނެ ތިކަމެއް.
ހަސަން ނުވަވަނަ
21 June 2019
ގެއްލިގެން އުޅެނީ ޖެންޑަރގެ ދަށުގަ ހުރި ކުއްޖެއް. ޔާމީން ސަރުކާރުގަ ހިނގި ކަމެއް ނަމަ ރެހެންދި ޙަދީޖާމެން ހުންނާނެ ފޯރި
އުދުހޭ
21 June 2019
ގެއްލުނީ ކޮން ރަށަކަށްކަމެއްވެސް އެނގޭކަށް ނެތް.
ސަކީނާ
20 June 2019
ފޮޓޯގަ ހީވަނީ ވަރަށް ތުއްތު ކުއްޖެއްހެން.
ހެރީ
20 June 2019
މީހަކު ނުވަތަ ކުއްޖަކު ގެއްލޭ ދުވަހުގެ ކުރީދުވަހު ޕާސްޕޯޓް ސައިޒު ފޮޓޯ ނެގޭގޮތެއް ދުނިޔޭގެ އެއްވެސް ތަނެއްގަ ހުރޭތަ.
ކކކކ
21 June 2019
އިއްޔެ ނެގި ފޮޓޮއެއް ނޫނަސް ދެތިން މަހެއް ކުރިން ނެގި ފޮޓޮއެއްވެސް ނެތީ؟ އެންމެން އަބަދުު ކެމެރާ ހިފަިގެން އުޅޭ ޒަމާނަކު...