ޓެކްނޮލޮޖީ / އެޕަލް

ވަރުގަދަ ކެމެރާއެއް ހަރުކޮށް، ފެން ނުވަންނަ ގޮތް ހަދާފައިވާ އައިފޯނު 7 ދައްކާލައިފި

އައިފޯނު 7: މިހާރު ވެސް އައިފޯނު ނެރޭ އަޅި، ރިހި، ރަން އަދި ރޯސް ގޯލްޑުގެ އިތުރުން، އެއްކޮށް ކަޅު ވައްތަރެއް ވެސް މިފަހަރު ވަނީ ތައާރަފްކޮށްފައި.-- ފޮޓޯ: އެޕަލް

08 ސެޕްޓެމްބަރ 2016 - 00:27

4 comments

ދެ ލެންސް ހިމެނޭ ކެމެރާ ސިސްޓަމެއް ހަރުކޮށް، ފެން ނުވަންނަ ގޮތަށް ހަދައި އައިފޯނު އާކޮށްލައިފި އެވެ.

އެމެރިކާގައި މިރޭ ބޭއްވި އެޕަލްގެ ހާއްސަ ހަފުލާއެއްގައި އައިފޯނު 7 އާއި 7 ޕްލަސް ދައްކާލިއިރު، މިހާރު ބާޒާރުގައި ހުރި އައިފޯނު 6 އެސް އާއި 6 އެސް ޕްލްސްއާ ބަލާ ބެލުމަށް މާ ބޮޑު ތަފާތެއް ނެތެވެ. ޑިޒައިންގެ ގޮތުން ބަލާއިރު ފެންނަ މައިގަނޑު ތަފާތަކީ އެންޓަނާ ފޮރުވަން އަޅާފައިވާ ބޭންޑު ކުރިއަށް ވުރެ ރީތިކޮށްލާފައި ވުމާއި އެއްކޮށް ކަޅު ވައްތަރެއް ތައާރަފްކޮށްފައި ވުމެވެ.

އެކަމަކު، އެޕަލް އިން އާއްމުކޮށް ގެންގުޅޭ އުސޫލުގެ ދަށުން އައިފޯނު 7 އާއި 7 ޕްލަސްގެ ތަފާތު ދައްކާލާފައި ވަނީ ހާޑްވެއާ އިންނެވެ. އައިފޯނުގެ ނުވަ އަހަރު ވީ ތާރީހުގައި ފުރަތަމަ ފަހަރަށް ފޯނަށް ފެން ނުވަންނަ ގޮތް ހަދާފައި ވާއިރު، މިފަހަރު އައިފޯނު ފަރުމާކޮށްފައި ވަނީ ހިރަފުހުން ވެސް ސަލާމަތް ވާނެ ގޮތަށެވެ.

އައިފޯނު 7: މިއީ އައިފޯނުގެ ތާރީހުގައި ވެސް ފެން ނުވަންނަ ގޮތް ހެދި ފުރަތަމަ ފަހަރު.-- ފޮޓޯ: އެޕަލް

އެންމެ ރީތިކޮށް ފޮޓޯ ނެގޭ ފޯނުގެ ގޮތުގައި އައިފޯނު ހޯދާފައިވާ މަޝްހޫރުކަން ދަމަހައްޓަން އެޕަލް އިން ވަނީ މިފަހަރު ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. ހަމައެކަނި ޕިކްސެލް އަށް ބަލައިގެން ކެމެރާގެ ފެންވަރު ވަޒަން ކުރުން ނިމުމަކަށް ގެންނަން އަބަދު ވެސް މަސައްކަތް ކުރާ އެޕަލް އިން އައިފޯނު 7 އާއި 7 ޕްލަސްގެ މައި ކެމެރާގައި ވެސް ހިމަނާފައި ވަނީ 6 އެސް އާއި 6 އެސް ޕްލަސްގައި ވެސް ހުންނަ ވަރުގެ 12 މެގަޕިކްސެލްގެ ލެންސެކެވެ. އެކަމަކު، އޭގެ ސެންސަރު ބޮޑުކޮށް، ވަރުގަދަކޮށް، ކުރިން ހަމައެކަނި ޕްލަސް ފޯނުތަކުގައި ހިމެނޭ އޮޕްޓިކަލް އިމޭޖް ސްޓެބިލައިޒޭޝަންގެ ގާބިލުކަން އައިފޯނު 7 އަށް ވަނީ ދީފަ އެވެ. އެއީ، އެޕަލް އިން ބުނާ ގޮތުން، "ފަނޑު އައްޔާ ވެސް ދޯޅު" ކެމެރާ އެކެވެ.

ކެމެރާ އަށް ބަލާއިރު މިފަހަރު ޕްލަސް ފޯނު ތަފާތުކޮށްފައި ވަނީ މުޅިން އާ ކަމަކުންނެވެ. އައިފޯނު 7 ޕްލަސްގައި ހިމެނޭ ކެމެރާގައި ދެ ލެންސް ވަނީ ހަރުކޮށްފަ އެވެ. އެއީ ކުޑަ ފޯނުގައި ވެސް ހަރުކޮށްފައި ހުންނަ ވައްތަރުގެ ވައިޑު ލެންސެއްގެ އިތުރުން 56 މިލިމީޓަރުގެ ޓެލެފޮޓޯ ލެންސެކެވެ. އެހެންވެ، އައިފޯނު ޕްލަސް ފޯނުން ފޮޓޯ ނަގާއިރު، އެއް ލެންސް އަނެއް ލެންސަށް ބަދަލުކޮށްލައި ސީދާ ކެމެރާ އިން ޒޫމްކޮށްލެވޭނެ އެވެ.

އައިފޯނު 7 ޕްލަސްގައި ހަރުކޮށްފައިވާ ދެ ލެންސް ހިމެނޭ ކެމެރާ.-- ފޮޓޯ: އެޕަލް

އަޑުގެ ގޮތުން ވެސް އައިފޯނު 7 ކުރީގެ ފޯނުތަކާ ހާސް ބައި ތަފާތެވެ. މި ފޯނުގައި ދެ ސްޕީކަރު ހިމެނޭ ސްޓީރިއޯ ސައުންޑް ސިސްޓަމެއް ލާފައި ވާއިރު، އެޕަލް އިން ވަނީ މުޅިން ތަފާތު ކަމެއް ވެސް ކޮށްފަ އެވެ. މިފަހަރުގެ އައިފޯނުން ހެޑްފޯނު ގުޅާނެ ތަނެއް ނުފެންނާނެ އެވެ. އެހެންވެ، ފަހުގެ އައިފޯނު ގަންނަ ފަރާތްތަކުން ހެޑްފޯނު ގުޅަން ޖެހޭނީ ވަޔަލެސްކޮށެވެ.

މި އާ ކަންކަން އެކުލެވޭ ފޯނު ހިންގަން ބޭނުންކުރަނީ ވެސް މުޅިން އާ ޕްރޮސެސަރެކެވެ. އެ ގޮތުން، އައިފޯން 6 އެސް އާއި 6 އެސް ޕްލަސްގައި ހުންނަ އޭ9 ޕްރޮސެސަށް ވުރެ، އާ އައިފާނުގައި ހިމަނާފައިވާ ޕްރޮސެސަރުގެ ސްޕީޑް 40 ޕަސެންޓް މަތިވާނެ ކަމަށް އެޕަލް އިން ބުނެ އެވެ. "އޭ10 ފިއުޝަން"ގެ ނަން ދީފައިވާ މި ޕްރޮސެސަރުގައި ހަތަރު ކޯ ހިމެނޭއިރު، އޭގެ ތެރެއިން ދެ ކޯ ހާއްސަކޮށްފައި ވަނީ ބެޓެރީގެ ބާރު ސަލާމަތް ކުރާށެވެ. ބާކީ އިންނަ ދެ ކޯގެ އެހީގައި މި އައިފޯނުގެ ގްރެފިކްސް ސިސްޓަމްގެ ބާރު ވެސް ވަަނީ އެތައް ގުނައެއް ވަރުގަދަކޮށްފަ އެވެ.

މީގެ އިތުރުން ވެސް ކުދި، ގިނަ ބަދަލުތަކެއް އައިފޯނަށް ވަނީ ގެނެސްފަ އެވެ. އެ ގޮތުން، ފޯނުގެ ކުރިމަތީގައި އިންނަ ކެމެރާ ފަސް މެގަޕިކްސެލް އިން ހަތް މެގަޕިކްސެލް އަށް މަތިކޮށްފައި ވާއިރު، ކުރިއަށް ވުރެ 25 ޕަސެންޓް އަލިގަދަ ސްކްރީނެއް އައިފޯނު 7 ގައި ވަނީ ހިމަނާފަ އެވެ. އަދި މިހާރަށް ވުރެ ބޮޑު ބެޓެރިއެއް އަޅުވައި 4ޖީ ބޭނުން ކުރިޔަސް ދުވާލު އެއްކޮށް ފޯނު ބޭނުން ކުރެވޭނެކަން އެޕަލް އިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މީހުން އެންމެ އިތުބާރު ކުރާ ފޯނަށް ވެފައިވާ އައިފޯނުގެ އާ ވައްތަރަށް އެމެރިކާގައި އަންނަ ހުކުރު ދުވަހުން ފެށިގެން އޯޑަރު ޖެހޭނެ އެވެ. މި މަހުގެ 16 ވަނަ ދުވަހު މި ފޯނު އެެމެރިކާގައި ވިއްކަން ފަށަނީ މިހާރު ވެސް އައިފޯނު ވިއްކާ އަގުތަކުގަ އެވެ. އެއީ އެންމެ ކުޑަ، 32 ޖީބީގެ އައިފޯނު 649 ޑޮލަރު (10،000 ރުފިޔާ) އަށް އަދި 7 ޕްލަސްގެ 32 ޖީބީގެ ފޯނު 769 ޑޮލަރު (11،857 ރުފިޔާ) އަށެވެ.

އެހެން ފަހަރުތަކާ އެއްގޮތަށް މި އަަހަރު ވެސް އެެމެރިކާގައި ވިއްކަން ފަށާތާ މާ ގިނަ ދުވަހެއް ނުވެ ރާއްޖޭގެ ބާޒާރަށް އައިފޯނު 7 އަންނާނެ ކަމަށް ބެެލެވެ އެވެ.

4 ކޮމެންޓް, 80 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 3%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނު

08 September 2016

ރަނގަޅު މައުލޫމާތު: އެޕަލް ފޯނު ގަންނަ ފަރާތުން ދެން ހެޑްފޯނު (އެޕަލް އިއާޕޮޑް) ގުޅާނީ ލައިޓްނިިން ޕޯޓަށް! ހަމަ އެޔާއެކު އެޕަލްގެ އާއީޖާދެއްކަމަށްވާ ވަޔަލެސް ހެޑްފޯން (އެޕަލް އެއާޕޮޑް) ވަކިން ގަނެގެން ވަޔަލެސް ހެޑްސެޓެއްގޮތަށް ގުޅާލެވެ!

The name is already taken The name is available. Register?

ޕޮއް

08 September 2016

ރާއްޖޭގައި: އެންމެ ކުޑަ، 32 ޖީބީގެ އައިފޯނު 1200 ޑޮލަރު (18,504 ރުފިޔާ) އަށް އަދި 7 ޕްލަސްގެ 32 ޖީބީގެ ފޯނު 1500 ޑޮލަރު (23,130 ރުފިޔާ)

The name is already taken The name is available. Register?

ނައްބެ

08 September 2016

12 މެގަޕިކްސެލްގެ ލެންސެއް ނޫން ކެމެރާއެއް.

The name is already taken The name is available. Register?

މެންޓަލިސްޓް

08 September 2016

ސްޓީވްޖޮބްސް ދުނިޔެއަޅައި ދިޔަފަހުން އެޕަލްއަކަށް އަދި މާއާދަޔާ ޙިލާފްކަމެށް ނުކުރެވޭ ، އޭނާވިސްނުމާޢި ރަންބުއްދި އެތަނުގެ އެހެންބަޔަކުގެ ނެތް ،، އެކަމު އަދިވެސް އެޕަލްގެ ޑިޒައިންތަށް ވަރަށް ސަޅިވާނެ އެއީ ދުނިޔޭގެ އެންމެ މަޝްހޫރު އިންޑަސްޓްރިއަލް ޑިޒައިނަރ ޖޯނީއައިވް އަދިވެސް މަސައްކަތް ކުރަނީ އެޕަލްގައި ،،،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454