ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް އިފްތިތާހުކުރަނީ -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
21 ޖޫން 2019 - 20:04
ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.
ގްރީން ކްލައިމެޓް ފަންޑުގެ (ޖީސީއެފް) ހިލޭ އެހީގައި ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
މި މަސައްކަތް ކުރަން ހަވާލުކޮށްފައި ވަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއާ ލިމިޓެޑާ އެވެ. މި މަޝްރޫއު އެ ކުންފުންޏާ ހަވާލުުކުރީ މިދިޔަ ނޮވެމްބަރު މަހު ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ ކުރިން ނިންމަން ކަނޑައަޅާފައިވާ މި މަޝްރޫއަށް 31,846,106.82ރ. ގެ ބަޖެޓެއް ކަނޑައަޅާފައި ވެ އެވެ.
Minister @DrHussainHassan inaugurated the Water Supply Project in Haa Dhaalu atoll Nolhivaranfaru island. #FenFahi pic.twitter.com/zgr7NXWZD1
— Environment.gov.mv (@EnvGovMv) June 21, 2019
އެންވަޔަރަމެންޓް މިނިސްޓްރީން ކުރި ޓްވީޓެއް
މި މަޝްރޫއުގެ ދަށުން މުޅި ރަށުގައި ފެން ހޮޅި އެޅުމުގެ އިތުރުން ގޭބިސީތަކަށާއި އެހެން އިމާރާތްތަކަށް ފެން މީޓަރު ގުޅައިދޭނެ އެވެ. އަދި ފެން ރައްކާކުރާނެ ޓޭންކާއި ފެން ސާފުކުރާނެ ޕްލާންޓަކާއި އެ ތަން ހިންގަން ބޭނުންވާނެ ލެބޯޓަރީ އާއި އިދާރީ މަސައްކަތްތަކަށް ބޭނުންވާނެ އޮފީސް ވެސް އެ ކުންފުނިން އެ ރަށުގައި އަޅާނެ އެވެ.
ޖީސީއެފްގެ ހިލޭ އެހީގައި ބ. ދަރަވަންދޫ، ރ. މަޑުއްވަރީ، އަދި ށ. ފޯކައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުން ހިމެނޭ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގެ 25 ރަށެއްގައި ވާރޭ ފެން ރައްކާކުރާނެ ވަސީލަތްތައް ގާއިމުކޮށް ފެނުގެ ހިދުމަތް ތަރައްގީކުރަން ޖީސީއެފް އިން 23,636,364 ޑޮލަރު (366،363،642 ރުފިޔާ) ދިވެހި ސަރުކާރަށް 2017 ގައި ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޙްމަދު ޒަކީ
22 June 2019
މިދިޔަ ނޮވެންބަރު މަހު މަސައްކަތް ހަވާލު ކުރިއްޔާ ތިއީ، ރައީސް ޔާމީނު ސަރުކާރުގައި ކުރަން ތައްޔާރު ކޮށްފައިވާ ކަމެއް ދެއްތޯ؟
މަތި އުތުރު
22 June 2019
ތިޔަ ޕްރޮޖެކްޓަކީ، ކުރީގެ އެމްޕީ ހުސައިން އަރީފްގެ ބުރަ މަސައްކަތުން ދާއިރާއަށް ހޯދައިފައިވަ ޕްރޮޖެކްޓެއް. ޝުކުރިއްޔާ އެމްޕީ އަރީފް