ޚަބަރު

އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް ނައިބު ރައީސް ފައްޓަވައި ދެއްވައިފި

ނައިބު ރައީސް މިއަދު ހއ. އިވަންދޫގައި. އެ ރަށުގައި އެމަނިކުފާނު ވަނީ ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހުކޮށް ދެއްވާފައި. --- ފޮޓޯ: ރައީސް އޮފީސް

21 ޖޫން 2019 - 22:30

4 comments

ހއ. އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އިފްތިތާހުކޮށް ދެއްވައިފި އެވެ. މިއީ ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ނައިބު ރައީސް ފައިސަލް ފެއްޓެވި ދަތުރުފުޅުގައި ސްޕީޑް ފެރީގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވި ދެ ވަނަ ރަށެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ފެރީގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު، ނައިބު ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން އެންމެ އެދޭ ގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވާ ކަމަށެވެ. އަދި ރައްޔިތުންނާ ގާތަށް ވަޑައިގަންނަވަނީ އެ ސަބަބާ ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރު ދެމި އޮންނަނީ އެންމެ ބޭނުމެއްގަ އެވެ. އެއީ ރައްޔިތުންނާ ގާތުން ހިދުމަތްކޮށް ދިނުމަށް އެކަނި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ދަތުރުފަތުރުގެ ކަންކަން ވީހާވެސް ލުއި ފަސޭހަކޮށް ކުރިއަށް ގެންދިއުން. އެ މަސައްކަތް ފަށައިގެން ކުރިއަށް މި ދަނީ. އަޅުގަނޑު އުންމީދު ކުރަނީ މާދަމާ ފަށާ އެމްޓީސީސީގެ ފެރީގެ ހިދުމަތުން ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަނީ. އިހަވަންދޫގައި ސްޕީޑް ފެރީގެ ހިދުމަތް ގާއިމު ކުރުމަކީ އެ ރަށު ރައްޔިތުންނަށް ލިބޭ ފަސޭހައެއް ކަމަށް ވިދާޅުވި. --- ފޮޓޯ: ރައީސް އޮފީސް

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވި ގޮތުގައި އެމްޓީސީސީގައި ކުރިން ތިއްބެވި ވެރިން ދަތުރުފަތުރުގެ ކަންކަމަށް އިންވެސްޓް ނުކުރާ ކަމުގެ މައުލޫމާތު ކުންފުނީގެ އެޗްއޯޑީގެ ފަރާތުން ލިބިވަޑައިގެންނެވި ކަމަށެވެ. އެކަމުގެ ސަބަބުން އެމްޓީސީސީން ދެމުން ދިޔަ ދަތުރުފަތުރުގެ ނިޒާމު ދިޔައީ ހީނަރުވަމުން ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

ނަމަވެސް އޭނާ މަގާމާ ހަވާލުވެވަޑައިގެން އެމްޓީސީސީން ރައްޔިތުންނާ ގުޅިގެން ކުރެވޭނެ ކަންކަން ބަލައި، އެކަންކަން ފަހިކޮށް ދިނުމަށް މަސައްކަތް ކުރައްވާ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި އެކަންކަމުގައި ނައިބު ރައީސް ފައިސަލްގެ އެހީތެރިކަން ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހއ. އަދި ހދ. އަތޮޅުގެ ރަށްތަކުގެ މެދުގައި ފެރީގެ ހިދުމަތް ދިނުމަށް ކުރިން ބޭނުން ކުރީ ދޯނިތަކެކެވެ. އެކަމަކު، އެމްޓީސީސީން މި ހިދުމަތް ދިނުމަށް މިހާރު ބޭނުން ކުރާނީ ލޯންޗެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ފެރީގެ ހިދުމަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އިހަވަންދޫގައި އިތުރު މަޝްރޫއުތައް ވީހާވެސް އަވަހަކަށް ފައްޓަވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ހއ. އިހަވަންދު އަށް ވަޑައިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކަކާ ބައްދަލު ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން އިހަވަންދޫ ބިން ހިއްކުމާއި ފުޓްބޯޅަ ދަނޑާއި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ. ސަރުކާރު ވުޖޫދަށް އައިސްފައި އޮތީ ރައްޔިތުން ބޭނުންވެގެން، ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫގައި ނައިބު ރައީސް އިފްތިތާހުކޮށް ދެއްވި އިރު، ސްޕީޑް ފެރީގެ ހިދުމަތުގެ ދަށުން މިހާތަނަށް ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށެވެ. އެއީ ހއ. ހޯރަފުއްޓާއި ހއ. އިހަވަންދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުއްޓަށެވެ. ނައިބު ރައީސް އިއްޔެ ވަނީ ހޯރަފުށީގައި މި ހިދުމަތް ފައްޓަވައި ދެއްވައިފަ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ހަ ރަށަށް ސްޕީޑް ފެރީގެ ހިދުމަތް ދޭނެ ކަމަށެވެ. އަދި ދަތުރުގެ އަގުތައް އުޅެނީ 75ރ. އިން ފެށިގެން 250ރ. އާ ދޭތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 0%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދު ނަސީރު ރ.މީދޫ

23 June 2019

ބައްލަވާ، ހޯރަފުށިން ފުރާ ފެރީ ގޮސް ޖައްސަނީ އިހަވަންދޫގައި، ހަމަ އެފެރީ ތުރާކުނު، މޮޅަދޫ، އުލިގަމު، ތަކަންދޫ،މާރަންދޫ، ކުޅުދުއްފުށި އަދި ހަނިމާދުއަށްދޭ. ދެން މިއިން ކޮންމެ ރަށަކަށްގޮސް ތިޔަބުނާ ފެރީއެއް އިއްފިތާހު ކުރީމައި ނިމުނީނު. ތިޔަ އުޅެނީ މަނިކުފާނުގެ ފައިސަލް ފައުންޑޭޝަން ހިންގި ފާޑަށް ނޫހުގެ ހެޑްލައިން ހޯދަންތޯއެވެ.

The name is already taken The name is available. Register?

ނިިބޫ

23 June 2019

ފައިސަލް ކޮން ހަޑިއެއް ތި ހާވަނީ... ދައުލަތުގެ ބަޖެޓް މަހުން މަހަށް ދަނީ ދަށަށް...

The name is already taken The name is available. Register?

އަހަންމާގެ ދޮންރަހާ

22 June 2019

ތިޔަ ޚިދުމަތަކީ ދާއިމީ ގޮތެއްގައި ދޭން އުޅޭ ޚިދުމަތެއްނޫން. ތިންހަތަރު ދުވަހު މަަސައްކަތްކޮށްގެން ޓިކެޓް ބުކްކޮށް ދަތުރަށްވިތަނަކާ ގުޅާފަ މިބުނަނީ ދަތުރު ކެންސަލްއޭ. ބޭނުމަކަށް ވާންވީ ދޭ ޚިދުމަތް ކޮލެޓީކޮށް ޤަވާއިދުން ދިނުން. ރަށްތައް އިތުރުކުުމުގެ ބަދަލުގަ.

The name is already taken The name is available. Register?

މަގުކޮޅު

22 June 2019

ކޮބާތޯ ދިއްދޫގަ އަޅަންބުދި ފުޓްސަލްދަނަޑާ ދެކޮޅުގަ ހަދަންބުނި ޓާފުދަންޑު އަހަރު ހަމަވާއިރު ހއދިއްދޫ ގަ އެއްވެސްކަމެއް ނުފެށި ހޮސްޕޓަލްގެ ފެންވަރު އެވަނީ ދުވަހެއް ދޔވަހަކައް ދައްވެފައެވެ ތަރައްގީގެ އެތައް ކުލައެއް ޒުވާނުންނާ ރައްޔެތުންނައް ދެއްކުމައް ފަހު ވެރިކަން ލިބުމާއެކު ދިއްދޫ މަތިން މިވަނީ ހަދުމަނެތިފައެ ވެ.ދިއްދޫ ރައޔެތުން މިވަނީ ވަރައްބިޑައް މާޔޫސް ވެފައެވެ މެންބަރު މިހާރު ހުރީ ނަމެެއްގައެވެ މެންބަރައް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454