ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން: މާފުށީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުން ބަލަން ވަނީ ނިންމާފައި.-- ފޮޓޯ: މަޖިލިސް
21 ޖޫން 2019 - 22:26
މާފުށީ ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ބަލަން ނިންމައިފި އެވެ.
މަޖިލީހުން މިރޭ ކުރި ޓްވީޓެއްގައި ބުނީ ޖަލުގައި ހިނގާދިޔަ ހާދިސާ ދިރާސާކުރުމަށް ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުން މާދަމާ ހެނދުނު 11:00ގައި އޮންނާނެ ކަމަށެވެ.
އިއްޔެ ކ. މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން، އެކަން ހިނގާދިޔަގޮތް ދިރާސާ ކުރުމަށް ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ހެނދުނު 11:00ގައި އޮންނާނެ
— People's Majlis (@mvpeoplesmajlis) June 21, 2019
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ހިއުމަން ރައިޓްސް ކޮމެޓީގެ މުގައްރިރަކީ، އެޗްއާރުސީއެމްގެ ކުރީގެ މެމްބަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ. ކަމާ ގުޅުންހުރި އިދާރާތަކުގެ ވެރިން ހާޒިރުުކުރުވުމާ މެދު ގޮތެއް ނިންމާނީ މާދަމާގެ ބައްދަލުވުމަށް ފަހުގަ އެވެ.
ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޖަލު ބަލަހައްޓާ އޮފިސަރުން، ދެ ގޮޅިއަކުން ގައިދީން ނެރެ ފުރަގަހަށް ބިޑި އަޅުވައި ބޯ ބާލުވައި ގައިގައި ތަޅައި އަނިޔާކުރި ކަމަށް ވެ އެވެ. އަދި ކުރިމަރިފަރާތަށާއި ފުރަގަސްފަރާތަށް ޕެޕަ ސްޕްރޭ ޖަހައި އަންނައުނުތައް ވެސް ވީދާލާފައިވާ ކަމަށް ވެ އެވެ. ނަމަވެސް ކަރެކްޝަންސް އިން އެ ވާހަކަ ދޮގުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހީމޫ
23 June 2019
ތިތާ ހިނގާ ކަންތައްތައް ވަގުތުންރެކޯރޑުކުރެވިމޮނިޓަރ ކުރެވޭނެ ކެމެރާގަޑެއްވެސް ނެތީތަ؟ ކުރީއްސުރެ ހުންނަންޖެހޭނެ...24ގަޑިއިރު ހުރިހާކަމެއް ވަގުތުން މޮނިޓަރ ކުރެވެންޖެހޭނެ ދެއްތޯ؟........ވަގުތުން ހާދިސާ ދިގުނުލާގޮތަށް ކޮންޓްރޯލު ކުރެވެންޖެހޭނެ ދެއްތޯ؟......ތީ އެތާކެއްޒަމާނަކު އެތައްބަޔަކުމަރާ އަނެއްބަޔަކު ވީނުވީތަނެއް ނޭގިފާވާތަނެއް އިނގޭތޯ؟....
ނަރީމާ
22 June 2019
މަޖިލީހުން "ވަޅޯ ތާފަނާ ތަރުހީބެއް" ދޭ މައްސަލައަކަށްވުރެ، ސީރިޔަސް މައްސަލައެއްމީ. ޖަލުތަކަކީ ކުއްވެރިންގެ ބާރުހިނގާ ތަނަކަށް ވެގެން ނުވާނެ. އަދި ލާއިންސާނީ އަނިޔާ ދޭ ތަނަކަށް ވެސް ވެގެން ނުވާނެ. ހުރިހާ މާނައެއްގައި ކުއްވެރިން "ރިހިބިލިޓޭޓް" ކުރާ ތަނަކަށް ޖަލުވާންޖެހޭނެ. މިކަމުގައި އިޙްމާލުވުން އޮތްތޯ ބަލަން ހޯމް މިނިސްޓަރު ޙާޟިރުކުރަންޖެހޭނެ. ސަރުކާރުގެ މަސްޢޫލިއްޔަތު ބަލާ ކޮމިޓީ ހިނގަންޖެހޭނެ. އަނިޔާއަށް ތަހައްމަލެއް ނެތް.
ބަރުލަމާނީޕޮިނތ2
22 June 2019
ބަރުލަމާނީ ނޫނަސް ބަރުލަމާނީ ކޮށް ނިމިއްޖެ އުތަ؟
ވައްބޯހުރާ
22 June 2019
ކެޔޮޅާ ޖަލުގައި ތިބޭމީހުންވާހަކަތިބުނަނީ އެމީހުން އެތިބެނީ ކަސްތޮޅުއަޅާ ހައްޔަރުކޮއްފަ އެހެންވީމަ އެމީހުންގެ ހަށްގުތައއ ބޮޑުވާންޖެހޭ ކެޔޮޅުވެސް ޖަލުގޮޅީގައި ދުވަސްކޮޅެއް ހޭދަކޮށްލީމަ ރޯފިލާނެ
ނިޒާމު
22 June 2019
ޓތިއޯ މަޖުލީސްތަ ނޫނީ އެމް.ޑީ.ޕީ އޮފީސްތަ ބަލަގަ އޮޅިއްޖެ އަހަރުމެނައް..އަންނި މިހާރުން މިހާރައް ހައްޔަރު ކުރަން ގޮވާލަން
އުދުހޭ
22 June 2019
ނުހައްގު އަނިޔާ ދިން އޮފިސަރުން ހާމަކޮށް ހައްގު އަދަބު ލިބެންޖެހޭނެ! ހައްގުތަކޭ ކިޔައިގެން ވެރިކަމަށް އައުމަކުން ފުދުނީކީނޫން.
ސާމީ
22 June 2019
ކޮބާހޭ އާންމު މީހާގެ ހިމާޔަތާއި ރައްކާތެރިކަން ރާއްޖޭގެ ކޮންމެވެސް ރަށަކުން ވަންކަން ނުކުރާ އެންމެ ދުވަހެއްވެސް ނާދޭ 19 އައިފަހުން ފުލުހުންނަށް ގުޅިޔަސް ވާކަމެއް ނޮއޮވޭ .
ކެޔޮޅު
22 June 2019
އާންމު މީހަކަށް ވުރެ މި ކުންވެރިންނަށް ލިބޭ ހައްގުތަށް ބޮޑު ގައުމެއް މި ނޫނީ ނެއް ޖަލުގާ ތިބޭ ކުއްވެރިންގެ ބަސް ވިކޭ ޖަލު ބަލަހައްޓާ މީހުންނަވުރެ
ޢަސޫމް
22 June 2019
ޖަލަކީ އަނިޔާކުރަން ލާތަނެއްކަމަށް ޤަބޫލުކުރާ ޡަޤާފަތަކީ ކޮމިއުނިޒަމްގެ ޡަޤާފަތެއް. ޑިމޮކްރޭޓް ނިޒާމުގައި ޖަލަކީ މީހާ އިސްލާހުކުރުމަށް ލެވޭތަނެއް.
ވާނު
22 June 2019
ވަރަށް ރަނގަޅު ނިންމުމެއް..
ރީތި މޫސަ
21 June 2019
ޖަލުބެލެހެއްޓުން މަޖުލީހަށް ބަދަލުކޮށް ޖަލުތަކަކީ މަޖުލީގެ ބެލުމުގެ ދަށުން ސީދާ ނަޝީބަލަހައްޓާ ތަނަކަށް ބަދަލުކުރަންޖެހޭ