އައިޖީއެމްއެޗުން ބަޔަކު ހިދުމަތް ހޯދަނީ: އެ ހޮސްޕިޓަލުން ސީޓީ ސްކޭން ހެދުމުގެ ހިދުމަތް ވަނީ މެދުކަނޑާލާފައި-- ފޮޓޯ: މިހާރު
22 ޖޫން 2019 - 20:08
މަރާމާތުގެ މަސައްކަތެއް ކުރުމަށްޓަކައި އައިޖީއެމްއެޗުން ސީޓީ ސްކޭން ހެދުމުގެ ހިދުމަތް މިއަދު އަނެއްކާވެސް މެދުކަނޑާލައިފި އެވެ.
އައިޖީއެމްއެޗުގައި ސީޓީ ސްކޭން ހެދުމަށް މައްސަލަތަކެއް ކުރިމަތިވީ މިދިޔަ ހަފުތާގެ ހުކުރު ދުވަހު އެ ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު އެވެ. އޭގެ ފަހުން މިދިޔަ ހޯމަ ދުވަހު އެ ހިދުމަތް އަލުން ފެށިނަމަވެސް މަރާމާތުގެ މަސައްކަތަކަށް އެ ޚިދުމަތް މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުންޏެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުން އިމަޖެންސީގައި ހަދަން ޖެހޭ ސީޓީ ސްކޭންތައް އާސަންދައިގެ ދަށުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ހެދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން އަލުން ސީޓީ ސްކޭންގެ ހިދުމަތް ދޭން ފަށާނެ ދުވަހެއް ބުނެފައެއް ނުވެ އެވެ.
އަލިފާނުގެ ހާދިސާ އަށް ފަހު ސީޓީ ހެދުން މެދުކެނޑުނު ދުވަސްތަކުގައި ވެސް އައިޖީއެމްއެޗުން އިމަޖެންސީ ޕޭޝެންޓުން ސީޓީ ސްކޭން ހެދުމަށް ފޮނުވާފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއީގެ ފްރެންޑް
23 June 2019
އަދި އިތުރުކޮށްލާ، މި ވެރިކަންއައިފަހުން ގައުމުގެ ބޭނުންކުރެވޭ ރިޒާވް މަހުން މަހަށް ދަނީ ފަތުއަޑުކިޔާފައި ދަށަށް! އެކަމަކު ގައުމުގެ ރިޒާވް ކަރަޕްޝަންގެ ގޮތުގައި ހުސްކުރަމުން އައީ ކުރީގެ ސަރުކާރުންނޭ ކިޔައިގެން ގޮވިއިރު އޭރު ރިޒާވް ދިޔައީ ފަތުއަޑުކިޔާފައި އިތުރުވަމުންދޯ؟
ދޮގެއްތަ؟
23 June 2019
ސީޓީ ސްކޭން ހަދަން އިންޑިއާއަށް ފޮނުވީމަތާ ގައުމަށް ލިބޭ ޑޮލަރުކޮޅު މޯދީރާޖާ އަށް ދެވޭނީ. ނޫނޭވާ އަނިޔާގެ އިންތިހާ.
8888
23 June 2019
ފުރިހަމަ ހިދްމަތް ރައްޔިތުންނަށް މިލިބެނީ.
ރާއީ
23 June 2019
މިހުންނަނީ ތަޖުރިބާއެއް ނެތް ޢިލްމެއް ޙިލްމެއް ހިންގުން ތެރިކަމެއްނެތް ރައީސަކާ، ޕާޓީގެ އެކްޓިވިސްޓުންނަށް މިނިސްޓަރުކަން ދިނީމަ ވާގޮތް. ބައްލަވާ މިސަރުކާރަކީ އެންމެ ވޭސްޓް ގިނަ ސަރުކާރު. އަދި މިސަރުކާރުން އައިފަހުން މަތިންދާ ބޯޓުން ނުފައިބާ މިނިސްޓަރުން އެބަތިބި. މެޝިން ގަނޑެއް ނެތަސް އައި.ވީ އެއް ނެތަސް ހެވެއްނުން. އަމީނޫ އަދި 80 ވަކަށް ހޮސްޕިޓަލް ބީލަމަށްލާ އިނގޭ.
ޑުރެކިއުލާ
23 June 2019
ހ.އތުރާކުނާއި ސ.އައްޑޫގަ އުޅޭމީހުން ސްކޭން ހަދަން ކ.މާލެއަށްދާންޖެހޭއިރު ކ.މާލޭގަ ހުންނަމީހާ ސީޓީސްކޭން ހަދަން ކ.ހުޅުމާލެއަށްދާންޖެހުމަކީ މައްސަލައެއްނޫން، އެއީ ހަމަ ވަރަށް ރަނގަޅުކަމެއް.
މަހޭޝް
23 June 2019
ސާބަހޭ އިބޫ ތަރައްގީ މެކުހަށް.
ނަރުސް
23 June 2019
ސީޓީ ސްކޭން ހަދަން އައިޖީއެމްއެޗް އާއި ޖެހިގެންހުރި ދަރުމަވާނެ ހޮސްޕިޓަލަށް ފޮނުވަބަލަ. އެއީ ގައިމު ރައްޔަތުންގެ ފައިސާއިން ބޮޑު ހޭދައެއް ކޮށްގެން އަޅާފަހުރި ތަނެއް ނޫންތަ؟ ސަރުކާރަށް މިކަން ނުވަންޏާ އަމިއްލަ ފަރާތަކާ ތިޔާތަން ހަވާލުކުރަންވީނުން.
އަހަންމަދޭ
23 June 2019
އިންޑިއާއަށް ވިއްކާފަ އޮތް ތަނެއް ކިހިނެއް އަމިއްލަ ފަރާތަކާ ހަވާލުކުރާނީ؟ އިންޑިއާ ބޭނުމެއް ނުވާނެ އެތަންތަނުގެ ފެންވަރު މަތި ކުރާކަށް. އޭރުން އިންޑިއާށް ދިވެހިން ދިއުން މަދުވެދާނެނު. މިއޮތީވާ ކަމެއް.
ޑާރކް ޕްރިންސެސް
23 June 2019
ޝުކުރިއްޔާ މިނިސްޓަރ. މި ސަރުކާރު ވަނީ ބޮޑުތަނުން ފެއިލް ވެފައި ...
އެޖެންޑާ19
23 June 2019
އަޑު އަހަންވެސް ލަދުވެތި ވާހަކައެއް، ރާއްޖޭގައި ހުރި ހަމައެކަނި ސަރުކާރުން ހިންގާ ހޮސްޕިޓަލުން މިފަދަ އަސާސީ ހިދުމަތްތައް ހުއްޓޭނަމަ އެސަރުކާރެއް އެއޮތީ ފޭލިވެފަ އަވަހަށް އިސްތިޢުފާދީ. މިކަން ކުރެވޭނެ މީހުން މިގައުމުގައި އެބަތިބި އެމީހުންނަށް ފުރުޞަތު ދީ!! އަވަސްކުރޭ..
ގައިދީން
23 June 2019
ކޮބާ އަމީނު އިތުރު 15 ހޮސްޕިޓަލް.ތަރައްޤިކުރަން ނުވޭތަ