ރިޕޯޓް / މާފުށީ ޖަލު

ޖަލު އޮފިސަރުންގެ ޝަކުވާ: ރައްކާތެރިކަމެއް ނެތް!

ޖަލުގައި ހިންގި ކޯސްތައް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ޖަލު ބަލަހައްޓާ ބައެއް އޮފިސަރުންނާއި ގައިދީން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ

މި ފަހުން ޖަލެއްގައި އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. މާފުށީ ޖަލުގެ ގޮޅިތަކުގައި ތިބި ގައިދީން ގޯތި ތެރެއަށް ދޫކޮށްލުމާ އެކު، ޖަލުގައި ހުޅުޖަހައި ބޭނުން ނުކުރެވޭ ވަރަށް ތަން އަންދާލި އެވެ. ޖަލުގެ ފެން ޕްލާންޓާއި ޖަނަރޭޓަރުތަކާއި އިމާރާތަށް ދިން ގެއްލުން ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ އަށް އެރި އެވެ.

ޖަލުގެ ބައެއް އޮފިސަރުން ބުނާ ގޮތުގައި ދެ ވަނަ ފަހަރަށް މި ފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ގައިދީންނަށް ފިޔަވަޅު އެޅޭނެ މާ ބޮޑު ބާރެއް އޮފިސަރުންނަކަށް ނެތެވެ. ފަހަރެއްގައި ފިޔަވަޅު އަޅައިގެން ގައިދީއަކަށް ގެއްލުމެއް ވެއްޖެ ނަމަ އޮފިސަރުންގެ ދިފާއުގައި ވާހަކަ ދައްކާނެ ބަޔަކު ނޫޅޭތީ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އަނެއްކާވެސް އޮފިސަރުންގެ މި ޝަކުވާ ވަނީ ބޮޑުވެފަ އެވެ. ސަރުކާރާއި ގައިދީންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑުވާ މައްސަލައަކީ ގައިދީންނަށް އަނިޔާކުރުމެވެ.

މާފުށީ ޖަލު: ދޭތެރެ ދޭތެރެއިން ގައިދީންނަށް އަނިޔާކުރުމުގެ މައްސަލަ ފެންމަތިވޭ -- ފޮޓޯ: މިހާރު ފައިލް ފޮޓޯ

ޝަރީއަތްތައް ނިމެންދެން މީހުން ބަންދުކޮށްފައި ތިބޭ ޔޫ ހަތަރެއްގައި ހިނގި ހަމަނުޖެހުމުގައި އެންމެ ފުރަތަމަ އޮފިސަރަށް ހަމަލާ ދިނީ ގައިދީއެކެވެ. އެއީ އާދައިގެ ތުހުމަތެއްގައި ހުރި މީހެއް ވެސް ނޫނެވެ. މީހެއްގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް، އެހެން ގޮޅިއަކުން ގެނެސްދޭން އޮފިސަރު ދެކޮޅު ހެދުމުން އޮފިސަރަށް ހަމަލާދިނީ ދަގަނޑުބުރިއަކުންނެވެ. އެއާ އެކު، އިމަޖެންސީ ސަޕޯޓް ގްރޫޕް (އީއެސްޖީ)ގެ އޮފިސަރުން ގޮޅިތަކަށް ވަދެ އެތަނުގައި ތިބި ހަ ގައިދީންނަށް އަނިޔާކުރި އިރު، ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި އެވެ.

އެއް ބަޔަކު ބުނާ ގޮތުގައި އޮފިސަރުން ވަނީ ކަމާ ނުބެހޭ އެހެން ގޮޅިއަކަށް ވެސް ވަދެ، ގައިދީންނަށް އަނިޔާކޮށްފަ އެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތް އިސް ޒިންމާއެއްގެ ގޮތުގައި ނަންގަވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ޝަކުވާ އަކީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އެ އޮފިސަރުން ކޮށްފައި އޮތުމާއި އަނިޔާ ލިބުނު ގައިދީންނަށް ފަރުވާ ނުދީ ލަސްކުރުމެވެ.

ޖަލުގެ މި ހަމަނުޖެހުން ހިއުމަން ރައިޓްސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ. ގައިދީންނާ މެދު އެގޮތަށް އަމަލްކުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ކުށްވެރިކޮށްފަ އެވެ. އެ ޖަމިއްޔާއިން ސިފަކުރި ގޮތުގައި އެއީ ލާއިންސާނީ އަނިޔާއެކެ"ވެ. ގަދަކަމުން ބޯ ބޭލުމާއި ޖިސްމާނީ އަދި ނަފްސާނީ އެކިވަރުގެ އަނިޔާ ދިނުން އެ ޖަމިއްޔާއިން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފަ އެވެ.

ވަޒީފާގައި ރައްކާތެރި މާހައުލެއް ނެތް

އެކަމަކު އަނެއްކޮޅުން ޖަލުގެ އޮފިސަރުންގެ ކަންބޮޑުވުން ވެސް ކުޑައެއް ނޫނެވެ. ގިނަ ދުވަސް ވީ އޮފިސަރެއްގެ ޝަކުވާއަކީ މިއީ އެވެ؛ ކުށްވެރިންނާ މެދު އަމަލު ކުރާއިރު ގާނޫނުތަކާއި ގަވައިދުތަކަށް ބޯޯ ލަނބަން ހާދަ ގިނަ ބަޔަކު ހަނދާންކޮށްދެ އެވެ. އެކަމަކު އޮފިސަރުންނާ މެދު އެ ގަވައިދުތަކާ އެއްގޮތަށް ކަން ކަމެއް ނުހިނގަ އެވެ. ޖަލުގެ ކަންކަން ބެލެހެއްޓުމާއި ރައްކާތެރިކަމުގެ ގޮތުން ގާނޫނާއި ގަވައިދުން ލާޒިމްކުރާ ކިތަންމެ ކަމެއް ފުރިހަމަނުވެ އެބަ ހުއްޓެވެ.

މާލޭ ޖަލުގެ ބޭރުގައި އޮފިސަރަކު މަޑުކޮށްލައިގެން: ހިމާޔަތް ބޭނުންވޭ --ފޮޓޯ-ނިޝާން އަލީ/މިހާރު

މިސާލެއްގެ ގޮތުން އޭނާ ނެގީ ގޮޅިތަކަށް އޮފިސަރުން ވަންނައިރު ދެ މީހަކު ދިޔުމަށް ގަވައިދުގައި ކަނޑައަޅާފައި އޮތުމެވެ. ކޮންމެ ބަންދު މީހަކަށް ދެ އޮފިސަރުން ކަނޑައަޅާފައި އޮތް ނަމަވެސް، ގޮޅިއަށް ވަންނަން ވެސް އަދި ޝަރީއަތްތަކަށް ގައިދީން ގޮވައިގެން މާލެ އަންނަން ވެސް ދާން ޖެހެނީ ގިނަ ފަހަރަށް އެކަންޏެވެ.

"މިއީ ނުރައްކާތެރި ކުށްތަކުގައި ބަންދުކޮށްފައި ތިބޭ މީހުން. އެ ކަހަލަ ހައެއްކަ ކުށްވެރިން ގޮވައިގެން އެންމެ އޮފިސަރަކު މާލެ އަންނައިރު އޭނާގެ ސަލާމަތާ މެދު އެއްވެސް މީހަކު ނުވިސްނާ،" އެ އޮފިސަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހަމަނުޖެހުންތަކާ ގުޅިގެން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި ކަމަށް ބުންޏަސް އެގޮތަށް ކަނޑައެޅީ ވެސް ގަވައިދުގައި ބުނާ ހަމައިގެ ތެރެއަކުން ނޫނެވެ.

ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމުގައި އަނިޔާވި މީހުންގެ ތެރޭގައި މަރުގެ މައްސަލައެއްގައި ހިމެނޭ ދެ މީހަކު ހިމެނެ އެވެ. އެއީ 2017 ވަނަ އަހަރު ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބޮލަށް ވަޅި ހަރައި ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ތިބި ދެ މީހުންނެވެ.

ބުރާސްފަތިދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން، އަދަބެއްގެ ގޮތުން ޖަލުގެ އޮފިސަރުން ވަނީ އެ މީހުންގެ ބޯ ތުނިކޮށް ކޮށާލައިފަ އެވެ. އަދި އެކަމާ ގުޅިގެން އެ މީހުންގެ ބަންދަށް ލުޔެއް ދޭން ކޯޓުގައި މިހާރު ވަނީ އެދިފަ އެވެ.

މާލޭ ޖަލުގެ އެނެކްސް 1: ކުށްވެރިންގެ ފަރާތުން އޮފިސަރުންނަށް ނުރައްކާ ކުރިމަތިވޭ --ފޮޓޯ/ކަރެކްޝަންސް

އޭނާ ބުނިގޮތުގައި އޮފިސަރުން ގޮޅިތަކަށް ވަންނައިރު، އެމީހުންގެ ގަޔަށް ފެނާއި ނަޖިސް ޖެހުމަކީ އާއްމު ކަމެކެވެ. ނަމަވެސް އޮފިސަރުންނަށް އަންގާފައި އޮންނަނީ އެފަދަ ކަމެއް ހިނގައިފި ނަމަ އަނބުރާ ދިޔުމަށެވެ. ފިޔަވަޅެއް އަޅައިފި ނަމަ ގައިދީންގެ ފަރާތުން އެއަށް ވުރެ ބޮޑު ގޯނާއެއް ކުރިމަތިވެދާނެތީ އެވެ.

"ނުރައްކާތެރި ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި ގައިދީންގެ އަތުގައި ހުރޭ. ދަތް އުނގުޅާ ބުރުސް ފަދަ އެއްޗެހި ތޫނުކޮށްގެން، އެއިން އެބަ ބިރު ދައްކާ. ސަތޭކައަށް ވުރެ ގިނަ މީހުން ބައެއް ގޮޅިތަކުގައި ތިބޭއިރު ކުށްވެރިން ގުނައި ފާސްކުރަން މި ދަނީ އެންމެ މީހެއް،" އޭނާ ބުންޏެވެ.

"ގިނަ ފަހަރަށް އޭނާ ހުންނަނީ ގައިދީން ކަމެއް ކޮށްފާނެތީ ބިިރުން. އެހާ ވެސް އޭނާގެ ރައްކާތެރިކަން ކުޑަ."

ޖަލުތަކުގެ ގޮޅިތައް ސާފުކުރުމުގެ އޮޕަރޭޝަންތައް ދޭތެރެ ދޭތެރެއިން ހިންގާއިރު، ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވޭނެ ގިނަ އެއްޗެހި ހޯދަ އެވެ. ހަމަނުޖެހުމާ ގުޅިގެން ބައެއް ގޮޅިތައް ފާސް ކުރި އިރު، ގޮޅިއަކުން ނައްޓާލާފައިވާ ތޭރި ދަގަނޑަކާއި އެނބުރި ދަގަނޑެއް ބޭނުންކޮށްގެން ހަދައިފައިވާ އެއް ކޮޅު ތޫނު ކޮށްފައިވާ އެއްޗެއް ވަނީ ފެނިފަ އެވެ.

މާފުށީ ޖަލުގެ އޮފިސަރުން ޖަލުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅަނީ

"މިހާރު"އާ ވާހަކަ ދެއްކި ބައެއް އޮފިސަރުން ބުނާ ގޮތުން ޖަލުގައި ކުށްވެރިންގެ ބާރު ގަދަ އެވެ. އޮފިސަރުންގެ މައްޗަށް އެ މީހުން ބަސްކިޔަ އެވެ. ބޭނުންވާ ގޮތަށް އަމަލު ނުކޮށްފި ނަމަ، ބޭރު ތެރެއިން ވެސް އޮފިސަރުންނާ ދިމާކޮށް ބިރު ދައްކާ ހަދާ ކަމަށް ބުންޏެވެ. އެކަމަކު އެއިން ހާލަތެއްގައި ވެސް އޮފިސަރަކަށް އަނިޔާވެގެން އެ ވާހަކަ ދައްކައި ކުށްވެރި ކުރާ އަޑު ނީވޭ ކަމަށް އެމީހުން ބުނެ އެވެ.

"އަބަދުވެސް މި އިވެނީ ޖަލުގައި ހުރި ކުށްވެރިއަކަށް ކޮންމެވެސް ހައްގެއް އުނިވާ ވާހަކަ. އެކަމަކު ހަގީގަތަކީ އެ މީހުންނާ އަޅުގަނޑުމެން މި ކުރިމަތިލަނީ ފުރާނަ އަތްމައްޗަށް ލައިގެން. އެ މީހުންގެ ފަރާތުން އެއްވެސް ގޯނާއެއް ވެއްޖެ ނަމަ އެކަން ކުށްވެރިކޮށް އެއްވެސް ޖަމިއްޔާއަކުން ވާހަކަ ދައްކާ އަޑެއް ނީވޭ،" އެހެން އޮފިސަރަކު ބުންޏެވެ.

ޖަލުގައި ކުށްވެރިންނަށް އަނިޔާ ކުރާ ވާހަކަ އަކީ އާއްމު ވާހަކައެކެވެ. ގައިދީންނަށް ލާއިންސާނީ އަނިޔާ ކުރާކަމަށް، ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މި ސަރުކާރުން އެކުލަވާލި ޖަލު އޮޑިޓް ކޮމިޝަންގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ޖަލުތަކަކީ އިންސާނުން ބައިތިއްބަން އެކަށީގެންވާ ތަންތަން ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް އެއީ ގައިދީންގެ ހައްގުގެ ދިފާއުގައި އޮންނަ ބަ އެވެ. ނުރައްކާތެރި ކުށްވެރިން ކޮންމެ ދުވަހަކު ބަލަހައްޓަން ތިބޭ އޮފިސަރުން ކަންބޮޑުވަނީ އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދުގަ އެވެ. ޖަލު އެމީހުންގެ އެދުމަކީ އެމީހުންނާ މެދު ވެސް ގަވައިދާ އެއްގޮތަށް އަމަލުކޮށް، އެ ކަންބޮޑުވުންތައް އަޑުއެހުމެވެ.

76 ކޮމެންޓް, 94 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 91%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަލްއޭ

09 January 2020

ބަންދު މީހުން ހިލުވާލައިގެން ކާމިޔާބު ނުވީމަ މިހާރު އޮފިސަރުން ގެރި ޖައްސަން ފެށީތޯ.

The name is already taken The name is available. Register?

ވެއްޓެނީ

25 June 2019

2009 ގައި ޖަލުއޮތް ޙާލަތަށް ވެއްޓެނީ. އޭރުގަވެސް ޑިއުޓީގައި ތިބޭ 8 ގަޑިއިރު އިހްސާސް ކުރެވުނީ ޑިއުޓީގައި ތިބޭ އޮފިސަރުންނަކީ ކުއްވެރިންނޭ. އަދި ގޮޅިތަކުގައި ތިބެނީ އޮފިސަރުންނޭ. އެކަން ތަޖުރިބާ ކޮށްފައިވާ ފަރާތެއް.

The name is already taken The name is available. Register?

އަޖައިބު2019

24 June 2019

17 އަހަރު ވެއްޖެ ތިޔަ ޖަލެއްގެ ވާހަކަ ދައްކަތާ .. ހަމަ އިސްލާހް ކުރަނީ ހައްޤުތައް ދެނީ .. ޖަލުގަ ތިބި މީހުންނަކީ ނަމާދުކުރަން އޮއްވަ ޖަލަށްލީ ބައެއްނޫން އިނގޭތޯ... މީހުންގެ ދަރިން ކަތިލާ ކޮށާ ، ބޮޑެތި ވައްކަންކޮށް މުޅި މި ޖީލް އެއްކޮން ހަލާކުކޮށްލި ބޮޑެތި މުޖުރިމުންނޭ ޖަލުގަ އެތިބީ ... އެފަދަ މީހުންނަށް ކޮން ހައްޤެއް އިތުރަށް ނުދެވިގެންތޯ މިއުޅެނީ .. 4 އިރު ކާންދޭ ،ފޯން ކޯލް ދޭ ، އާއިލީ ބައްދަލު ކުރެވޭ، ވަކީލުންނާ މީޓް ކުރެވޭ ، ޓީވީ ބެލޭ ....

The name is already taken The name is available. Register?

ޡުލޭ

24 June 2019

ގައިދީން މައިތިރި ކުރަންޖެހޭނެ. އެމީހުންގެ ހައްގުތަކެއް އާއްމު މީހުންނެކޭ އެއްވަރުވެގެން ނުވާނެ.

The name is already taken The name is available. Register?

ޙައްގު

24 June 2019

މިހާރުން ތި ބުނެދިނީ އަހަރެމެން މީގެ ކުރިން ވިސްނިފަ ނެއް ވާހަކައެއް. ތެދުވާ ހަކައެއް، އޮފިސަުން ފުރާނަ އަތްމައްޗައް ލާގެން ގޭންގް ތަކުގެ ބޮޑެތި މުޖުތަމައުއަށް ނުރައްކާތެރި ކުއްވެރިން ބެލެހެއްޓުމަކީ ފަސޭހަ ކަމެއްނޫން. އަދި މުޖުތަމައުއަށް ޓަކައި އޮފިސަރުން އެފަދަ ގުރުބާނީ އެއް ވާއިރުވެސް ، އަހަރެމެންނަށް ރަނގަޅުވަނީ އަހަރެމެންގެ ދަރިން މަރާފަ ގޮސް ތިބޭ ބޮޑެތި ކުއްވެރިން

The name is already taken The name is available. Register?

ސަމަރޭ

24 June 2019

15000ރުފިޔާ ރައްޔިތުންގެ ފައިސާއިން ހަރަދުކުރާ ކުށްވެރިންގެ ހައްގުތަކަށް ވަކާލާތު ކުރާތތަން މިފެންނަނީ ރޭގަވެސް ރ.ޓީވީއަށް އެރިބޭފުޅަކު ކިޔާ އަޑު އިވޭ އައްފައި ބަނދެފަ ތިބޭ ބަޔަކޯ އެކަމަކު ގަޓުހުރިވަރަރުންތާ ކޮންކްރިޓް ދަނގަޑުން އެތަން ބަލަހައްޓަން ތިބޭ އޮފުސަރުންގެ ދުވަސްދުއްވާލަނީ ބަލަ އިސްލާމީ ޟަރިއަރގަ ދަންޖައްސާ ވާހަކަޔާ ރަޖަމްކުރާ ވާހަކަޔާ ނަރަކައިގެ ހުރި ބިރުވެރިކަމުގެ ވާހަކައި ބަދަލުގައި އޮނާނީ ކުއްވެރިން އޮޅުކޮށްގެން ގެންގުޅޭށޭ ވާހަކަތާ

The name is already taken The name is available. Register?

ދެކޭމީހާކިޔާމީހާ

24 June 2019

ވަރަށްވެސް ބޮޑު ޢަޖައިބެކެވެ. މިކަމުގެ ތަޙުޤީޤުނިމެންދެން ކޮމާންޑަރަކު ސަސްޕެންްޑު ކުރުމުގެއިތުރަށް އެހެން އާކަމެއް ކުރެވި، ބަދަލުތަކެއް ގެނައިކަމެއް އެނގިފަކާއެއްނެތެވެ. އެކަމަކު މިމީހުން އުޅޭތަންމިފެންނަނީ ނުކެރިގެންއުޅޭތަނެވެ. މުސްކުޅިންގެހަރުބަސް ކަޓުވާލައެއްނުލެވޭނެއެވެ. ތެދެކެވެ. ބޮޑުދެގެރިތަޅަންޏާ ކަށްގަލަށް ބާރުކުރާނެޔޭބުނެއެވެ. މިހިނގަނީ އެކަހަލަކަމެއްގެވަސް ދުވަންފަށައިފިއެވެ. މިކަމުގެ ސުރުޚީ ފަނޑެއްނުވިއެވެ!

The name is already taken The name is available. Register?

Mohamed ibrahim

24 June 2019

ދެން ކެނޑިގެން ރަށަށް ދޭބަލަ.....

The name is already taken The name is available. Register?

ޢަހްމަދުބެ

24 June 2019

ބްރޯ ހާ ފިނޑި ބައެއް ނޫނޭ އުޅެނީ

The name is already taken The name is available. Register?

ޙައްގު

24 June 2019

ޖަލު އަފިސަރުން ކެނޑިގެން ރަށަށް ގޮސްފިނަމަ، ކުއްވެރިން މުޖުތަމައުއަށް ދޫވެ، އެމީހުން ކަލޭގެ ދަރިން މަރޭޕް ކޮށް ފޭރި މަރާ ހަދާތަން ފެންނާނީ... ަ

The name is already taken The name is available. Register?

ގަދަނުވޭ

08 January 2020

ދޮންކަލޯ ދޭބަލަ 30 މިނެޓަށް އެތާ ޑިއުޓީ ކޮއްލަން ކެރޭނެތަ

The name is already taken The name is available. Register?

ރަދީފުއްދީނުލް އަކްބަރު

24 June 2019

ދެން ފާސްކުރޭ މަޖުލޯހުގެ 10 ޕަސެންޓު އެމީހުންނަށް ދޭން. އޭރުން އެމީހުންގެ ހައްގުގާ ބަސްބުނާމީހުން ތިބޭނީ.

The name is already taken The name is available. Register?

ކަބީރު

24 June 2019

ކޮބާތަ ހައްތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް އެކުޓިވިސްޓުން. ބަލަގަ ޖަލުބަލަހައްޓަނީ ރޮބަޓުންނެއް ނޫނޭ. މިވެސް އިންސާނުނޭ މިމީހުންގެ ހައްގުގައި ވެސް އެއްޗެއްބުނެބަލަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454