ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ހެނދުނު ގެއްލުނު ޝައިމް.
24 ޖޫން 2019 - 15:02
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު މައްސަލައިގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދައިގެން އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ޝައިމް ގެއްލުނު މައްސަލައިގެ މައުލޫމާތު ސާފުކުރަން ކަމާ ބެހޭ ފަރާތްތަކަށް ސިޓީ ފޮނުވައިގެން މައުލޫމާތު ސާފު ކުރަން ހުށަހެޅުއްވީ ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް އެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އިއްތިފާގު ވެވަޑައިގެންނެވި ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ގެއްލުމަކީ ކަންބޮޑުވާ ކަމަކަށް ވިޔަސް އެކަން ބަލަން ޖެހޭނީ އޮންނަ އުސޫލުން ވަގުތު ދީގެން ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ އެ މައްސަލައިގައި ޖެންޑާ މިނިސްޓަރު ކޮމިޓީ އަށް ހާޒިރުކުރަން ޖެހިއްޖެ ނަމަ ހާޒިރުކޮށްގެން ވެސް މައުލޫމާތު ހޯދާނެ ކަމަށެވެ.
ޝައިމް ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 9:29 ގަ އެވެ. އޭނާ ހޯދަން ފުލުހުން އާންމުކޮށް އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.
ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަކަށް ޖެންޑާ މިނިސްޓްރީން ފުރަމަތަމަ އެއްބަހެއް ނުވެ އެވެ. އެކަމަކު ފަހުން ބުނީ އެއީ ކުށުގެ ވެށިން ގެނައި ކުއްޖެއް ކަމަށާއި ހިޔާގައި ބަހައްޓާފައި ހުރީ އެސެސްމެންޓްތައް ހެދުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީން
25 June 2019
މިކުއްޖާބަޔަކު ފޮރުވާގެން އުޅޭހެން ޙީވަނީ ހުޅުމާލޭގާ އަޅާފައި ހުރިޔޮޓް ތައް ބެލުން ރަގަޅު އެއީ ދެރޭކުރިން މިޒާތުގެ ސީން އެއް ފެނުނުހެން ހީވި.
މަރޭމިތުރު
24 June 2019
ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ގެއްލުމަކީ ސަރުކާރު މިކަމަށް ޒިއްމާނަގަންޖެހޭނެ ކަމެއް. އެއްވެސް ކަމެއް ފޮރުވައިގެން ނުވާނެ! އަޅުގަނޑު ކިތަންމެ ފަހަރަކު ތަކުރާރުކޮށް ބުނަން ޖެންޑާގެ ބައިވަރު މައްސލަތަކެއް އެބަހުއްޓޭ! ހަމަ ފެމެލީކޯޓުގެ މައްސލަތަކެއްވެސް އެބަހުއްޓޭ ބައިވަރު މައްސސަލަތައް އެބަހުރި! މިކަންކަން ރަނގަޅުކުރަން ކެރޭވަރުގެ މީހަކު ނެތީ! ޖެންޑާގެ މައްސލަ ހުރިތާ އެތަކެއް ޒަމާނެއްވެއްޖެ! މަގޭ އަތުގަ ބައިވަރުހެކިއެބަހުރި!
ނަޖުދާ
24 June 2019
ކޮންމެ ކޮންމެ ކަމަކާއި ރައްޔިތުންގެ މަޖްލީހުން ވަނުމުގެ ބަދަލުގައި، މިގައުމުގައި ހުރި މުޙިއްމު މައްސަލަތަށް ބަލާ، ދިރާސާކޮށް، ކަމާއިބެހޭ ފަންނީ މީހުން ކޮމެޓީތަކަށް ގެނެސް މަޝްވަރާކޮށް، އެކިއކި ޕްލޭންތަށް ހަދާ، އޭގެ މައްޗަށް ބިނާކޮށް ގާނޫނުތަކާއި ގަވާއިދުތަށް ހެދުން ބުއްދިވެރި. ކަމާއި ނުބެހެ ކަންކަމުގައި ވަގުތު ހޭދަނުކުރޭ. ޖެންޑަރ މިނިސްޓްރީންނާއި، ފުލުހުން މިހާރު ތިކަމާއި އެބަ އުޅޭ! ގާނޫނު ހަދާ މަޖްލީހުން ޒިންމާދާރު ކަންކަން ކުރޭ
ނަންއިތުރު
24 June 2019
ގައުމުގެ ހުރިހާ މުއައްސަސާއެއް އުވާލާފައި މަޖިލިހުން މުޅި ގައުމު ހިންގާގޮތަށް ހަދަންވީނު