ކުރީގެ ރައީސް ޔާމީންނާ އެކު ޕެއިސްލީ (ޔާމީނާ ޖެހިގެން ކަނާތް ފަރާތުގައި) އަދި އޭރު ރާއްޖެ ޒިޔާރަތްކުރި އިނގިރޭސި ޕާލިމެންޓްގެ ވަފުދު
26 ޖޫން 2019 - 13:19
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ފާޑުކިއުން އަމާޒުވެ، އިނގިރޭސި ވިލާތުގެ ޕާލަމެންޓްގައި ވެސް ފާޑުކިއަން ފެށި ދުވަސްވަރު ސަރުކާރުގެ ދިފާއުގައި ވާހަަކަ ދެއްކެވި މެމްބަރަކަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޗުއްޓީ ދަތުރެއް ދެއްވިކަން ފަޅާއަރައިފި އެވެ.
އިނގިރޭސި ވިލާތުގެ ކުޑަ ޕާޓީއެއް ކަމަށް ވާ ދަ ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީއަށް ނިސްބަތްވާ އިއާން ޕެއިސްލީ އާއި އޭނާގެ އާއިލާ ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަން ޝައިނީ ހަރަދުކުރެއްވި ކަމަށް ހަބަރު ފެތުރީ ބީބީސީންނެވެ.
އެކަމަކު ބީބީސީގެ ވާހަކަތައް ޝައިނީ ވަނީ ދޮގުކުރައްވައިފަ އެވެ.
ޕެއިސްލީ އާއިލާއާ އެކު ކޮކޯޕާމް ދުނިކޮޅުގައި ޗުއްޓީ ހޭދަކުރެއްވުމަށް އެ ރިސޯޓަށް ދައްކަން ޖެހޭ ފައިސާ ދެއްކެވީ ޑރ. ޝައިނީކަން ކަށަވަރު ކޮށްދިނީ، ބީބީސީން ބުނި ގޮތުގައި، ކޮކޯޕާމް ދުނިކޮޅު ހިންގާ ސަންލޭންޑް ހޮޓެލްސްގެ ޑައިރެކްޓަރު ހުސައިން ހިލްމީ އެވެ.
ބީބީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޕައިސްލީގެ ޗުއްޓީ ދަތުރަށް ޑރ. ޝައިނީ ބުކިން ހެއްދެވީ 2016 ވަނަ އަހަރު އެވެ.
ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ
ރާއްޖެއަށް 2016 ގައި ޕެއިސްލީ ކުރެއްވި ޗުއްޓީ ދަތުރުގެ މައުލޫމާތު އިނގިރޭސި ޕާލަމެންޓަށް ހާމަކުރައްވާފައި ނުވާކަން ބީބީސީން މިދިޔަ އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ. އޭރު އޭނާ ވިދާޅުވީ ދަތުރުގެ ހަރަދުގެ އެއް ބައި ދެއްކެވީ އަމިއްލައަށް ކަމަށާއި އަނެއް ބައި ދެއްކީ މަސައްކަތާ ގުޅުމެއް ނެތް އެކުވެރިއެއް ކަމަށެވެ.
ކުރީ ސަރުކާރުގެ މޫނުމަތި ރީތިކުރަން "ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕް"ގެ ނަމުގައި އެހެން ތިން މެންބަރަކާ އެކު ޕެއިސްލީ 2016 ގައި ރާއްޖެއަށް ވަޑައިގެންނެވި އެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ފިޔަވަޅު އެޅުމާ ދެކޮޅަށް އޭރު އޭނާ ޔޫކޭ ޕާލަމެންޓާއި މީޑިއާގައި ވެސް ވާހަކަ ދެއްކެވި އެވެ. އޭރު އައި މެމްބަރުންގެ ވަފުދުން މާފުށީ ޖަަލަށް ޒިޔާރަތްކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވި ގޮޅީގެ ފެންވަރު ރަނގަޅު ކަމުގެ ވާހަކަ ވެސް ދެއްކެވި އެވެ.
ބީބީސީގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޕެއިސްލީގެ އެ ދަތުރުގެ ކުރިން ވަނީ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީއެއް ހޭދަކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްތާޛްޒަކީ
27 June 2019
މޫނުމަތި ހަޑިވެ ޚަރާބު ވީމާ ދެން ކިތަންމެ ޚަރަދެއް ކުރިޔަކަސް ބަދަލެއް ނުވާނެތެވެ. ކުރީގެ ސަރުކާރުގެ މޫނުމަތި ހައްތަހާ ހަޑި ނޫން ތޯ އެވެ. ވީމާ، މިސަރުކާރުން ވެސް އެކަހަލަ ކަންތައްތައް ކުރައްވާށެވެ. ކުރިޔަކަސް ވެސް ފައިދާ އެއް ނެތެވެ.
އަޙުމަދު
27 June 2019
ޝައިނީއަކީވެސް ޔާމީނު ސަރުކާރުން ގެންގުޅުނު ޕަޕެޓުން ތަކުގެ ތެރެއިން ބޮޑުވެގެންވާ ޕަޕެޓެކެވެ، އެމް.އެމް ޕީ އާރު ސީގެ ފައިސާގެ ރަހަ ނުބަލާ އެންމެ ޕަޕެޓެއްވެސް ނުހުންނާނެ އެވެ. ޝައިނީ ކިތަންމެ ޗާލާވެފަ އަބުއިކޮންހުއްޓަސް އަދި މާއިހުލާސްތެރި ތެދުވެރިއަކަށް ހެދިގެން މެންބަރުކަމަށް ކުރިމަތި ލިއަސް މިކަހަލަ މީހުނަށް ވޯޓުދޭނެ ބަޔަކު މިހާރު މާލެ އަކުނެއް
ކަރީޕައުޑަރ
27 June 2019
ޝައިނީ އަށް އެ ފައިސާ ލިބޭނީ އެމްއެމްޕީއާރުސީ ގެ ޚިޔާނާތުން. މާނައަކީ މިއީ ރައްޔިތުންގެ ފައިސާއޭ މިކަމުގައި މިފައިސާ މީރާ ހުއްޓާ ތިޔަބުނާ އެމްއެމްޕީއާރުސީގެ އެކައުންޓައް ތިޔަ ފައިސާ ޖަމާ ކުރުމައް ގާނޫނު ބަދަލްކޮއް އެފާސް ކޮއްދިން މީހުންނަށްވެސް ސަރިޔައް ކުރަން ޖެހޭނެ އެއީ ތިބިލެއް ފާސް ކޮއް ނުދިންނަމަ ތިޔަބުނާ ޕީއާރުސީގެ ޙިޔާނާތެއް ނުވެވުނީސް ރަށްޔަތުންނަށް އޮޅުވައެއް ނުލެވޭނެ ވަރށް ވެދުން
އަޙުމަދު
27 June 2019
ކަރީޕައުޑަރާ، ތަންދޮރު ނޭނގި ހުރެ ވާހަކަ ނުދައްކަބަލާ، މަޖިލީހުން އެކަންފާސްކުރޫމުގެ މާކުރިން އެކޮނޮމިކު ކައުސިލަށް ޔާމީނު އަންގަވައިގެން އެފައިސާތަށް އެކުންފުންނަށް ނަގަންފަށައިފި، ފަހުން މީރާ އަށް ފޮވާނީ އޭކިޔައިގެން، ނަފާއި މިހަދާގޮތަކީ އެސްއޯއެފުގެ އެކައުންޓަށް ޖަމާކުރަމުން ގެންދަނީ ، މަޖިލުން ބިލުފާސްކުރުމަކީ ދެއްކި ދަޅައެކެވެ. މީ ޔާމީނުގެ އޯޑަރ އަށް ހިންގަމުން ދިޔާ ބޮޑެތި ވައްކަންތަކެވެ.
މާރަނގާ - އައްޑޫ ސިޓީ
27 June 2019
ރައްޔިތުން އިންތިހާބުކުރި “ޑިމޮކްރެޓިކް ސަރުކާރު ވައްޓާލިގޮތާއި ބައިވެރިން ހޯދުން” ފަސްކުރިކަމުގައިވިޔަސް ޔާމީންގެ ސަރުކާރުގައި “ދައުލަތުގެ ހަޒާނާ ކަޅާކޮށްލިމީހުން” އުފަލާއި އަރާމްގައި ދިރިއުޅެން ދޫކޮށްލުމަކީ “ދައުލަތް ފާލުންނެއްޓި މިނިވަންކަމް ބީވެދާނެފަދަ އަމަލެއް” ކަމުގައިވާތީ އެވައްކަން ތަކުގެ ބައިވެރިންހޯދާ “ވަގުން ލޫޓިވި ފައިސާއާއި މުދާތައް” ދައުލަތަށް ހިފާންޖެހޭ. * * ހުރިހާކަމެއް “ބޮރޯއާއި ހަމައިން ނިންމައިގެން” ފަރުޖެއްސޭކަށްނެތް.
ނަޑެއްލާ
26 June 2019
މިހިރަ މިހިރަ ކަންކަން ނުބެލެންޏާމު މި ސަރުކާރު އިސްތިޢުފާދީ! މިއީ ރައްޔިތުންގެ އަޑު.
މާރަނގާ - އައްޑޫ ސިޓީ
26 June 2019
ސޯލިޙްގެސަރުކާރުން ފްލެޓްއެޅުމުގެކުރިން ފ އަތޮޅު ފަދަ ރާއްޖޭގެމީހުންއުޅޭރަށްރަށާއި އެކަހެރިފަޅުރަށެއްގައި “ޖަލުކޮޅެއް” ނުވަތަ “ޖަލުގެ ކޮޅެއް” ފުރިހަމަސަލާމަތާއި ރައްކާތެރިކަމާއިއެކުހަދަންޖެހޭ.
ބޮޑުމީހާ
26 June 2019
ކޮބާތަ ތިހެދި އެސްޓްރިކަވަރީ ކޮމިޝަން. އެމީހުން ކީއްތަކުރަނީ. 4 މަސްތެރޭ ކޮމިޝަންގެ މަސައްކަތް ނިންމަން ބުނި މީހުން އެއީ. 5 އަހަރުންވެސް ތިކަން ވާނެބާ
ކަނަމަނަ
26 June 2019
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބަށް އެމްޑީޕީއަށް ޚަރަދުކުރީ ކޮންބައެއްކަންވެސް ލިޔެލިނަމަ. ބީބީސީ ނޫނީ ތެދުޚަބަރު ފަތުރާބަޔަކު ނެތީތަ؟
ނެތޭ
27 June 2019
އެމްޑީޕީގެ ފަހަތުގައިވާ ބޮޑުމަންޒަރު އެއީ ވަރަށް ބޮޑު މަންޒަރެއް. އަދި ވަރަށް ދުވަހުން މުޅި މަންޒަރު ރައްޔިތުންނަށް ސާފުވާވަރުވާނީ. އެމްއެމްޕީއާރްސީ، އެސްއޯއެފް އަދީބުގެ ޕާޓްނަރސް އެމްޑީޕގެ ކަމާ ގުޅޭ މީހުން....ތަފާތެއް ނެތް ބައެއް. ކުރީ ސަރުކާރުގެ މީހުންގެ ކަންކަން ހާމަކުރަންއުޅޭ ވަރަކަށް އަމިއްލަ ސޯޓުވެސް ބޭލެމުންދާނީ. އަދީބަށް މިސަރުކާރަށް އެއްކަމެއްވެސް ނުކުރެވޭނެ. އެއީ އެންމެ ބޮޑު ހަގީގަތް.
ޢަބްދުﷲނާފިޒް
26 June 2019
ރައްޔިތުންގެ ތިޖޫރި ފޫދުއްވާލުމުގަ ބައިވެރިވި އެއްވެސް މީހެއްގެ ގައިގަ އަތްނުލެވިގެން މިއުޅެނީ ކީއްވެގެންބާ! ދުރުނޫން މުސްތަޤްބަލެއްގަ މިބައިގަނޑު ހިފާ ހައްޔަރު ކުރާނެ ކަމަށް އުއްމީދުކުރަން.
ތޔވގ
26 June 2019
މި މީހުން މުޅި ގައުމުގެ ބައިތުލްމާލު ދޮވެލައިގެން ސަލާމަތުން މި ތިބެނީ މީ ކިހިނެއް ވާ ކަމެއްހޭ؟؟