ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުން، ލަންކާގައި އުޅޭ ޒުވާނުންނާ ރޭ ބައްދަލުކުރައްވަނީ-- ފޮޓޯ: އެމްއާރުއެމް
01 ޖުލައި 2019 - 16:15
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ސްރީ ލަންކާގައި ދިރިއުޅެމުންދާ ދިވެހިންނާ ދެ ވަނަ ފަހަރަށް ރޭ ބައްދަލުކުރައްވައި، އެ މީހުންނަށް އެ ގައުމުގައި ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު އޮޅުން ފިލުއްވައިފި އެވެ.
އެމަނިކުފާނާ އެކު، ލަންކާގައި މި ވަގުތު ހުންނެވި، މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ވިދާޅުވީ، ލަންކާ ގައި ކިޔަވާ ދަރިވަރުންނާއި އެތަނުގައި ދިރިއުޅެމުން އަންނަ މީހުންނާ ބައްދަލު ކުރައްވައި، ދިމާވާ ދަތިތައް ބައްލަވާފައިވާ ކަމަށެވެ.
ދިވެހިން ފާޅުކުރި ކަންބޮޑުވުންތަކުގެ ތެރޭގައި ވިސާގެ މައްސަލަ އާއި ސްޓޫޑެންޓް ލޯނާއި އާސަންދަ ލިބުމުގެ މައްސަލަތައް ހިމެނެ އެވެ.
ކުރީގެ ރައީސް މައުމޫންގެ ދެކަނބަލުން ލަންކާގައި އުޅޭ ދިވެހީންނާ ބައްދަލުކުރުމުގެ ތެރެއިން.-- ފޮޓޯ: އެމްއާރުއެމް
އެ ބައްދަލުވުމުގައި ސަތޭކަ ވިއްސަކަށް ދިވެހިން ބައިވެރިވި އެވެ. ލަންކާގައި އުޅޭ ދިވެހިންނާ މިދިޔަ ހުކުރު ދުވަހު ވެސް މައުމޫން ބައްދަލުކުރައްވާފައި ވެ އެވެ.
އެމަނިކުފާނު ވަނީ މާލެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި އެކަންކަން ހިއްސާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
Nasreena and I had a great time last night with Maldivians resident in Sri Lanka. They shared their concerns over visa issues, student loans and Aasandha. I assured them that govt is working on these problems and that I will convey their concerns to HE president @ibusolih pic.twitter.com/32V6xTt9cT
— Maumoon Abdul Gayoom (@maumoonagayoom) July 1, 2019
ލަންކާގައި އުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ފަހު މައުމޫން ކުރެއްވި ޓުވީޓު
"ސަރުކާރުގެ ތެރެއިން ހައްލުކޮށްދޭން އެދުނު. ރައީސް މައުމޫން ވަނީ އެކަން ރައީސްއާ ހިއްސާކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ،" އަލީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން، ލަންކާގައި އުޅޭ ދިވެހިންނާ ބައްދަލުކުރަން ރޭ ބޭއްވި ހަރަކާތުގައި އަންހެނުންތަކަކާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: އެމްއާރުއެމް
މިހާރު ރާއްޖޭގެ ވެރިކަން ކުރާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ މައުމޫން ލަންކާ އަށް ވަޑައިގެން މި އުޅުއްވަނީ ބޭސްފަރުވާ އަކަށެވެ. ލަންކާގައި އަމިއްލަ އަށް މަރުވެގެން މިދިޔަ އޭޕްރީލް 21 ގައި އީސްޓާ ބޮމުގެ ހަމަލާ ދިން އިރު ވެސް އެމަނިކުފާނު ހުންނެވީ ބޭސްފަރުވާ އަކަށް އެ ގައުމުގަ އެވެ. އެކަމަކު، އެ ހަމަލާއާ ގުޅިގެން ލަންކާގެ ހާލަތު އިތުރަށް ގޯސްވުމުން މައުމޫން ވަނީ ދަތުރުފުޅު ކުރު ކުރައްވާފައި ރާއްޖެ ވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާލުސޮރު
02 July 2019
މައުމޫނު ޕާޓީއަށް މީހުން ގިނަ ކުރަންވީއެއްނޫން، އިހުލާސްތެރިކަމެއް ހުރިއްޔާ މި ޖުޑީޝަރީ އިސްލާހުކޮށްދޭންވީ، މިހާރުވެސް ހީވޭ ފަނޑިޔާރު ޑީޑީގެ ދިފާއުގަ ހުންނަހެން ބައެއް ފަހަރު
ބަނާނާ ސަރުކާރު
02 July 2019
100ހާސްފަހަރު ބައްދަލުކުރިޔަސް ދިވެހިންގެ ހާލަތު ބަދަލުނުވާނެ މައުމޫނު 30އަހަރު ވެރިކަންކުރަން ގައުމަށް މިޖެއްސިހާލުން. ދިގު ދެމިގެންދާ ފަނާ ކުރުވަނިވި ޖީލެ މިގައުމުގަ ބިނާކޮއްފަ ހާލުބަލަނީ އަދިވެސް ގޯސްކުރަންތަ؟ދަރިފަސްކޮޅަށް ވެރިކަން ހޯދަންއުޅުނަސް ވޯޓުދޭންތިބީ އެއްބައެއް މޑޕއަށް ސަޕޯޓުކުރާބަޔަކު ވޯޓެނުދޭނެ މައުމޫނަކަށް ވޯޓުތަ ބައިކުރަންނޫނީ ތިކަމެނުވާނެ މިފަހަރުވެސް ދަރިނުހޮވުނީވެސް މިހެންވެ ދެންވެސް ވިސްނޭތޯ އުޅެގަ ބޮޑުވަތީ ވެރިކަމާހެދި.
އާދަމް ޝަރީފް
02 July 2019
މައުމޫން ސިޔާސީ ބޭފުޅުން އުޅުއްވާގޮތަށް އުޅުއްވީމާ މިހާރު ވަރަށް އައިބު. މަނިކުފާނަކީ މިހާރު މި ގައުމުގެ އިސްރައްވެހިންގެ އެކުވެރިއަކަށްވެގެން އިލްމީ މަސައްކަތެއް ކުރައްވާނަމަ ރަގަޅޭ ހިތައް އަރާ. އަންނި ހެދެންވެގެން ތި ގޮތަށް ހެދުން ތުރުކުރެއްވީމަވެސް މައުމޫންގެ ސަޚްސިއްޔަތާ ނުގުޅޭ.
ނެގުނުކަތީބު
02 July 2019
މައުމޫނުމެންގެ ކޯލިޝަން ވެރިކަމުގައި ގައުމުގެ ރައްޔިތުންގެ ދަތިއުންދަގޫ ބެލުމެއް ނޯވޭ ދޯ؟ ރައްފުށުގައި ފަށާފައިވާ ފެނާއި ނަރުދަމާ އެޅުމާއި އެހެނިހެން އަސާސީ ޚިދުމަތް ދިނުމގެ މަޝްރޫޢުތަށް ހުއްޓި ކޮނުނު މަގުތަކަށް ފެއްތި ޖަންގުޝަންތަށް ނިވާކޮށްލެވޭނެ ފަދަ ނެތޭ.
ަެަަަައައްލާބެއްޔާ
02 July 2019
ތިތެޅެނީ ޕާޓީ ހަދަން މީހުން ހަމަނުވެގެން ކޮބާ މިހާރު ފާރިސް އައް ކޮން ރައިސް ކަމެއްތަ މިލިބުނީ ހީވާގޮތޮގަ މިހާރު ހުސްކޮއް އޮތީ ޖަމިއްޔަތުލް ފަލާހުގެ ރައިސް ކަން.
ޝޮކްތެރަޕީ
02 July 2019
މަނިކުފާން ސިޔާސީ ދާއިރާއިން ދުރުވާން ޖެހޭ. މަނިކުފާންގެ ސަބަބުން ޕިޕީއެމްމަ ނުހަނު ގެއްލުން ވަނީ.
މަންޑޭލާ
02 July 2019
އަޅުގަނޑެ ދުވަހަކުވެސް މައުމޫނަކަ ތައީދެއްނުކުރާނަން ދެނެ.
ހހހހ
02 July 2019
މީ އަނެއްކާ ކޮންކަހަލަ ކަމއްބާ...ޔަގީން ކޮންމެވެސް ކަމެއް .......އެއުޅެނީ.
ަމުހައްމަދުއަލީ
02 July 2019
ކޮބާ އިލެކްޝަން ކޮމިޝަނުން ދެފަހަރަށް މުއްދަތު ދީގެންވެސް މީހުން ހަމަނުވާ ޕާޓީ. ހެޔޮނުވާނެ 30 އަހަރު ކޮށްދިން މަސައްކަތަށް 3000 މީހުން ހަމަކޮށްލަބަލަ
30 އަހަރު
01 July 2019
30 އަހަރުވަންދެން ދިވެހިންގެ ދަތިތަށް ނޭންގުނު... މިހާރު ދެން އޮކޭ ތިކަން ނުކުރުއަސް....
ސުޖާ
02 July 2019
30 އަހަރު ގެ މީހުންނަށް 30 އަހަރު ފެނުނީ ، މިހާރު ހުރިހާ ވަސީލަތަކާއެކުވެސް އެއުޅެނީ ރައްޔިތުންނާ މިިހާރުގެ ރައީސުންނަށްވެސް ބައްދަލުނުކުރެވި، މައުމޫން ވާރަގަޅުތާ!