މައުމޫން ހަމީދު: ބާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވަން އޭނާ ވަނީ ނިންމަވާފައި.
03 ޖުލައި 2019 - 11:44
ބާ ކައުންސިލްގެ ރައީސަކަށް، ގާނޫނީ ވަކީލް މައުމޫން ހަމީދު ވެސް ވާދަކުރައްވަން ނިންމަވައިފި އެވެ.
އޭނާގެ އިތުރުން އެ މަގާމަށް ވާދަކުރައްވާކަން މިހާތަނަށް އިއުލާން ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދެވެ. ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސަކީ ވެސް ސުއޫދެވެ.
ބާ ކައުންސިލް މިނިވަން ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ކައުންސިލްގެ ރައީސަކަށް ކުރިމަތިލައްވާނެ ކަމަށެވެ. ޝަރުއީ ނިޒާމުގެ މިނިވަންކަމާއި އިންސާފު ގާއިމް ކުރެއްވުމަށް ކުރީގެ ސަރުކާރުގައި ވެސް މައުމޫން ހަމީދު ވަކާލާތު ކުރެއްވި އެވެ.
Insha Allah, I will be submitting my application to contest elections for the post of President of the Bar Council.
— Maumoon Hameed (@maanhameed) July 3, 2019
Best of luck to everyone contesting! We are united in our desire to help create an independent Bar, one that speaks truth to power & is a voice for the voiceless.
މައުމޫންގެ ޓުވީޓް.
ގާނޫނީ ފަންނުގެ ގާނޫނާ އެކު، ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އިންތިޚާބު މި މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައި، މަގާމުތަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓް ބްރޯ
04 July 2019
މީ ސިޔާސީ ދެ ލީޑަރަކު ފަނޑިޔާރުންގެ ހިމާޔަތުގަ ނެރޭ ބޭފުޅެއް. ހީވޭ ތިޔަ މަގާމު ކާމިޔާބުކުރައްވަފާނެހެން.
ކަނބިލި
04 July 2019
އީސީން ވޯޓް އޮޅުވައިލައިގެންވެސް ތިޔަ އެސޯސިއޭޝަނަށް ހޮވާނީ ސަރުކާރުން ބޭނުންވާ މީހުން
ދޮނެ އާމިރު
06 July 2019
އުނހު. އެހެނެއްނުވާނެ
ރާއްޖެ
04 July 2019
މި 8 މަސްތެރޭ ސުއޫދާއި ހަވާލު ކުރެވުނު މަސައްކަތް ވީ ހިސާބެއް އެނގޭމީހަކު ނެތް. އަދިވެސް ތަނެއް އޮތިއްޔާ އައްޔަންކޮއްފަ ބައިންދާ.
މަންޑޭލާ
03 July 2019
ތަނެއްގަ އެއްޖެ ހުރެއްޖީޔާ މީނާ ބައިވެރިވާނެ.
ވާލުސޮރު
03 July 2019
ހީނުވޭ މާނުމެންނަށް މިކަން ވާނެހެން، މިހެން މިބުނީ މިހާރު ކުއްލިއަކަށް ޖުޑީޝަރީ އިސްލާހުކުރުމުގެ އަޑުވެސް ކެނޑިއްޖެ.
މިއަދު
03 July 2019
ތިކައުންސިލް މިނިވަންތަނެއްގެގޮތުގައިއޮތުމަށްއެދޭނަމަ މައުމޫނުހަމީދަށްވޯޓްދެއްވާ ސުޢުދަށް ވޯޓްދީގެން އިންސާފެއްނުލިބޭނެ ބައެއްގެ މުށުތެރެއަށް ތިވެސްވަދެގެންދާނީ
ައަލީ.
03 July 2019
ބާކައުންސިލަށް ލާންޖެހޭނީ ބާވެފަތިބި މީހުން
ޢަފްލަ
03 July 2019
ބާ ކައުންސިލުގެ މާނައަކީ އެކިވައްތަރު ތަކުގެ ރާ ވިއްކުމާ ގެންގުޅުމާއި ބުއިމާއި ބޯން ދިނުމާއި ގެންގުޅުމާއި ޑެލިވަރީ ޮކިއްދިނުމާއި އުފެއްދުން އަދި އޭގެ ސާވިސް ދިނުން ރައްކާތެރި ކަމާއެކު ގިނަދުވަހު ބެގެއްޓުން ވ ސަލާމް
ބުލްގޮގީ
03 July 2019
މާނުއަކަށް ތިކަމެއް ނުލިބޭނެ. ހަސަންކާރި ޗެމްބަރުކުދިން ތީގެ ކޮންޓްރޯލް ނަގައިފި. ތިޔަތާ ނައިބުރައީސަކަށް ލަނީ ހަސަން ލަޠީފް މެން ހިސާންމެންގެ ފުރެންޑު ޢަބްދުﷲ މުއިއްޒު. އެއީ ނަޝީދުގެ ވެރިކަން ގެއްލުނީއްސުރެން ފިލާ އޮވެފައި ރައްޓެހީން ބާރުވެރި މަޤާމްތަކަށް އައުމުން ހޮރުން ނިކުތް މީހެއް.
ވިން
03 July 2019
އިންޝާ ﷲ މިފަހަރު ހޮވާނީ މައުމޫން ޙަމީދު. ގިނަ ވަކީލުން އެބޭފުޅާޔަށް ތާޢީދުކުރޭ.
އަލްސޫދު ބިން
03 July 2019
ތި އުޅޭ ބަތްކައްކާ ސޫދަށްވުރެ، މާބޮޑަށްވެރސް ރަނގަޅު މީހެއް. ސޫދަކީ ކޮރަޕްޓު މީހެއް. ޙަރާމްވާނެ މަގޭވޯޓު.