ތިނަދޫ ކައުންސިލްގެ ރައީސް އައްސަދު
03 ޖުލައި 2019 - 15:47
ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅުކުރުމަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދަށް 30 ދުވަހުގެ މުއްދަތެއް ދޭން އެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ނޯޓިސް ދީ އެކަންކަން ރަނގަޅު ނުވެއްޖެ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ތިނަދޫ ކައުންސިލްގެ ފަސް މެމްބަރުން ވެސް ނިސްބަތްވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށެވެ.
އެނގިފައިވާ ގޮތުގައި ކައުންސިލް މެމްބަރުކަމަށް ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އައްސަދުގެ މައްސަލަތައް ރަނގަޅުކުރަން ކައުންސިލުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ކަންކަމުގައި އެކަށީގެންވާ ވަރަށް މަޝްވަރާނުކުރުމާއި އިސްނުނެގުން ފަދަ މައްސަލަތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓޫކޭ
04 July 2019
އައްސަދު ކުރެން އާންމު މީހަކު އެއްޗެއް އަހާއިރަށް ބުނާނެ އައި ޑޯންޓް ނޯ އޭ. އެކަމަކު ރައީސޯ
ކުދުހުތާ ރަޝީދާ
04 July 2019
ގއ.ދެއްވަދޫ ކައުންސިލްގެ ރައީސްގެ މަޤާމުން ނިމިދިޔަމަހު އަހުމަދް ނަޖްމީން ވަކިކުރީ ލާމަރުކަޒީ ޤާނޫނާ ހިލާފަށް އޭނާ ކޮށްފައިވާ 15 ކަމެއް އިސްލާހުކުރުމަށް 30 ދުވަހުގެ މުހުލަތުދީފަ ޖަވާބުދާރީ ނުވުމުންވަނީ އިތުބާރުނެތްކަމުގެ ވޯޓް ނަގައި މަޤާމުން ދުރުކޮށްފައެވެ. އޭނާ ރައީސްކަމުގެ މަޤާމަށްއައީ އޮޅުވާލައިގެން މަކަރުވެރި ރޭވުމެއްގެ ދަށުންނެވެ.
ދޯނި
04 July 2019
ރަށުގެ އުމްރާނީތަރައްގީއަށް ހުރަސް އެޅުމުގެ ގޮތުން ތިނަދޫއަށް ދޮންވެލިއެރުވުމާއި ވިއްކުން މަނާކޮއްފި. މިކަން މަނާކޮއްގެން ލައްކަ ފައިދާތަކެއް ކައުންސިލައްވާނެތާއެވެ
ބީރުބޮލު ސައިންސް
04 July 2019
ތިނަދޫއަށް ދޮންވެލި އެރުވުމާއި ދޮންވެލި ވިއްކުން މަނާކުރީ ސަރުކާރުން ރަށުގައި ހިންގަންފަށާފައިވާ ޕޮރޮޖެކްޓްތަކަށް ތިނަދުއަށް ގެންގޮސްފައިވާ ހިލައާއި ހިލަވެލި ޕާޓޭންލައްވާ ވަގައްނަގުވާ ރައްޔިތުންނަށް ވިއްކަންނޫން އެހެން ކޮންމަގްސަދެއްގައި ކަމެއް މަށަށް ވިސްނާވިސްނާ ނޭގުނެވެ. ރަށުގައި ހުރި ހިލަތަކާއި ހިލަ ވެލިފުނިތަށް ކައިރީ އިރު އޮއްސުމާއެކު ޕާޓޭންގެ އިތުރުން ރަށުގެ ކަމުވޮށިގެންވާމީހުން ވެސް އެ ނެގުމުގައި ހަރަކާތްތެރިވަމުން ދާތަންފެނެއެވެ.
އައްޒާމް
04 July 2019
އައްސަދު ބުނަނީ ޕެޗޭ މަސައްކަތެއް ނުކޮށް އިތުރުގަޑިނަގަނީއޭ. ރައްޔިތުންނަށް ފޯރުކޮއްދޭންޖެހޭ ހިދުމަތްތަށް ފޯރުކޮއްދޭން ޕެޗޭއަށް އަންގާފަޔޯ އޮންނާނީ. ތިމަންނައާއި ބެހޭކަމެއްނޫނޭ ތީ ޕެޗޭކައިރީ ހަހާށޭ. ތިމަންނާމެންނަކަށް ބާރެއް ނޯވެޔޯ.
ޕްރޭންކް
04 July 2019
ތިއީ ގަސްތުގައި ޕެޗޭގެ އަގު ވައްޓަން ދައްކާ ވަހަކަ.... އަސްލަކީ ޕެޗޭއަކީ އެ އޮ އޮފީހުގެ ގިނަ މަސައްކަތުގައި ފާހަނގަ ކޮށްލެވޭ މީހެއް
ޟިސް
04 July 2019
ކައުންސިލަރުން ދިނީ ކޮން އެއްބާރުލުމެއްތޯވެސް ބަލަންޖެހޭ. އައްސަދު އެކަނި ކަމެއް ކުރަން އުޅެނީ ރަށަށް މިނިސްޓަރަކު ވަޑައގަންނަން ޖެހުނަސް އެކަމަށްވާންޖެހޭ ތައްޔާރީތައް ވުމަށް އަމިއްލަޔަށް ގޮސް އިންތިޒާމް ހުރިނެތްގޮތް ބަލައި ލީޑުކުރޭ ދެންތިބޭ ކައުންސިލަރުން އިވެންޓްތަކަށް ނައިސްގެން ގުޅައި ވާނުވާ ބަލައި ގަދަކަމުންވެސް ބައިވެރި ކުރަން އުޅޭތަން ފެނޭ. އެތްލެޓިކްސް އިވެންޓަކީ ކައުންސިލަރުންގެ އެއްބާރުލުން ނުލިބި އައްސަދު ކުރި ބުރަ މަސައްކަތެއް
އިބްރާހީމްބެ
04 July 2019
އައްސަދު އުޅެނީ ކައުންސިލް ތެރެއިން ވަކި މީހަކަށް ވަކި ކަންތައްތަކެއް ނުކޮށްދެވިގެން ވަރަށް ބިޒީކޮށް
ތަމްދީހު
05 July 2019
2 މަސް ދުވަސްތެރޭގަ 4 ލައްކަ ރުފިޔާދީގަ މުގުނީގެ ޕިކަޕް ކައުންސިލަށް ކުއްޔަށްނެގީ ކާކުތޯއެވެ. ޔަގީނުންވެސް ސަނައެއް އެކަހަލަ ހަޑިމުޑުދާރު ކަމެއްނުކުރާނެއެވެ
ޖިމްޖައްސާ
04 July 2019
ޖާނުން ކިތެންމެ ބޮޑަސް ބިގަރުބޮލެއް ވެއްޖެއްޔާ ވާނީ ހަމަ ބިގަރުބޮލަކަށެވެ. މީހާގެ ސިކުނޑީގެ ތޫނުފިލިކަމަކީ ޖިމްޖައްސައިގެން ލިބޭނެކަމެއް ނޫނެވެ. ޖިމްޖެއްސުމުން ގައިގަ ބޭކާރު މަސްޖެހުން ނޫންކަމެއް ނުވާނެއެވެ
އަދީބު
04 July 2019
ތިނަދޫގެ ކައުންސިލް އިސްލާހު ކުރާނަމަ އެންމެ ފުރަތަމަ، ތިނަދޫގެ އެމްޑީޕީ އެތެރެ ސާފުކުރަން ޖެހޭ. އެންމެ ކުރިން ފެށިގެން ތިބި ބަޔަކު ވަކި ހިއްޕައިގެން ޕާޓީ އަމިއްލަކޮށްގެން، އަލަށް އަންނަ ބަޔަކަށް އެއްވެސް ޖާގައެއް ނުދީ، ހުރިހާ މެޑަލެއް ޖަހައިގެން، އާއިލީ ވެރިކަން ތިނަދޫގައި ހިންގަނީ އެމްޑީޕީގެ 5 ވަރަކަށް ބޮޑުން. އަސްލު އެއީ ކަޑުކޮހުން. ދަންނަ އެކައްޗެއް ހަރާން.
ދފރދ
04 July 2019
ނާޒިމްގެ ވާހަކަ ދޯ. އެކަލޭގެ ގޮސް ކައުންސލަރުންނަށް ހަބޭހަށް ބަވާލާފައި އެބަދޭ. އޭނަޔަށް ހީވާކަހަލަ އޭނަގެ އަމިއްލަ އޮފީހެކޭ.
ކަމަނަ
04 July 2019
ވިލިމާލެ ކައުންސިލަރު އަދި އެމް.ޑީ.ޕީ އަށް ނިސްބަތްވާ ހަމްނާގެ މައްސަލަވެސް ބަލަންފެނޭ.. އެކަށީގެންވާ އަމަލެއް ނުފެނޭ ވިލިމާލެ ތަރައްގީ ކުރުމުގައިއެއް، ވިލިމާލެ ހަމަ އޮތީ މީގެ 10 އަހަރުވެސް އޮތްގޮތައްށޭ ބުންޔަސް ދޮގަކައް ނުވާނެ..
ކައުންސިލަރ
03 July 2019
ރާއްޖޭގެ ހުރިހާ ކައުންސިލެއްގައިވެސް ތިކަން އޮތީ ތިޔަހެން. ކައުންސިލްގެ ނަމުގައި ކަންކަން ނިންމާ އިރު ކައުންސިލަރުންނަކަށް ނާންގާ. މޭޔަރ/ރައީސް އަކީ ޤާނޫނު ބުނާ ގޮތުން "ކައުންސިލް" އިން ނިންމާ ކަންކަން ތަންފީޒު ކުރަން ހުންނަފަރާތް، އެހެނަސް މިހާރު އެބޭފުޅުންނަކީ ކުރީގެ އަތޮޅުވެރީންނަށް ވެ ނިމިއްޖެ. ޒިންމާދާރުވެރިއާ އާއި މޭޔަރ/ރައީސް ގުޅިގެން ބޭނުންކަމެއް ބޭނުންގޮތަކަށް ނިންމާލަނީ. އެލްޖީއޭ އޮތީ ނިދާފަ.ސަރުކާރު އޮތީ ނިދާފަ.
ރަޓުފުރޭތަ
03 July 2019
ތިޔަ އައްސަދު ތިތަނުގައި ކައުންސިލުން ކުރިއްޔާ ހުރިހާ ކަމެއް ކުރަނީ، ހެއްކަކަށް އެންމެ ފަހުން ކައުންސިލުން ބޭއްވި އެތުލެޓިކްސް މުބާރާތް ފުދޭނެ، މިކަމަށް އިތުރު ހެކިތައް ލިބޭނެ މަންޒަރު ދުށް މީހުންނަށް(.) ދެން ތިބި 4 ކައުންސިލަރުން އުޅުނީ ފޯޓޯ އަށް އަރަން(.) ތިތަނުގެ ނާއިބު ރައީސަކަށް އުޅެނީ މާ ލޭހޫނު އަދަބެެއް އަޚުލާޤެއް ނެތް މީހާގަނޑެއް(.) އެއީ ތިތަނުގެ ހުރިހާ ނުބަޔަކީ(.)
މަރިޔާދު
04 July 2019
ތިޔަ ބުނާ މުބާރާތަށް ޖަހާފަ ހުރި ޓެންޓް ތައް ޖަހައި ނިންމާފަައި ވަނިކޮށް އެތަނަށް މީހަކު ގެންގޮސްގެން ޖަހާފައި ހުރި ދަނގަޑެއް ވެސް ނައްޓާފައި އަލުން އެ ދަގަނޑު ޖަހާ މަންޒަރު ފޮޓޯ ނަގާފައި ލި ކަމަށް އެެ ޓެންޓް ޖެހި މީހުން ބުނި
ސަލީމް
05 July 2019
ތިއުޅެނީ މުގުނީއާއި ސަންނައާ ދެމެދު ހިގާ ދެބަސްވުމެކެވެ. ހަތާ އިން ފިއުލް ސްޓޯރޭޖް ހަދަންބޭނުންވާ ބިން އައްސަދު ރައީސްކަމުގާ ހުރެގެން ނުލިބޭނެކަން ޔަގީންވާތީ ސަންނަ ބޭނުންވާ މީހަކު ރައީސްކަމަށް ނުލެވިގެން ތެޅެނީއެވެ. ތިނަދޫގައި އާއިލީ ވެރިކަން ހިންގަން ވިސްނާނެކަމެއްނެތެވެ. ދާތްޔާއަށް ހީވަނީތޯއްޗެއް އާއިލީ ވެރިކަން ހިންގިދާނެއޭ