ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވަން ތައްޔާރުވާ އީސީސީ އިމާރާތް. ފޮޓޯ/ އަލީ ނިޝާން
04 ޖުލައި 2019 - 10:23
ހޮސްޕިޓަލަކަށް ބަދަލުކޮށް، ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ އައްޑޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ފުރާޅު ބަދަލުކުރަން ނިންމައި، އެ މަސައްކަތް ކޮށް ދޭނެ ބަޔަލު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފި އެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރާ އިމާރާތުގެ ފުރާޅުގެ ޓިނު ބަދަލު ކުރުމުގެ އިތުރުން އެޑްމިނިސްޓްރޭޓިވް އިމާރާތާއި މައި އިމާރާތުގެ ދެމެދުގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ވެސް ކުރަން ބޭނުންވާ ކަމަށެވެ.
އެހެންވެ އެ މަސައްކަތް ކޮށްދޭން ޝައުގުވެރިވާ ފަރާތްކުން ބިޑް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ފިނޭންސް މިނިސްޓްރީން ބުނީ ބިޑް ސެކިއުރިޓީގެ ގޮތުގައި 40،000ރ. ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ.
ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެ އެވެ. އެއީ ފަހުން އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ. ފައިސާ ބަލައިގަންނާނީ މި މަހުގެ 29 ގެ ނިޔަލަށެވެ.
އީސީސީގެ ބަދަލުކުރާ ފުރާޅަކީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް އެންވަޔަރަމަންޓް މިނިސްޓްރީން 2017 ގައި ފެށި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކޮށްފައިވާ ތަނެކެވެ. އެނގިފައިވާ ގޮތުގައި، ފުރާޅު ބަދަލުކުރަނީ ފެން ލީކުވުމުގެ މައްސަލަ ދިމާވާތީ އެވެ.
ދެހާސް އެގާރަ ވަނަ އަހަރު 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އީސީސީ ހޮސްޕިޓަލަކަށް ބަދަލުކޮށް، ތަނަށް ބޭނުންވާ އިކްއިޕްމަންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ އިރު، އަންނަ މަހުގެ ތެރޭގައި އެތަން ހުޅުވައި ހިދުމަތް ދޭން ފެށޭނެ ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
04 July 2019
ކޮންިރަކުތޯ ތިތަން ހުޅުވެނީ
މާރަނގާ - އައްޑޫ ސިޓީ
04 July 2019
މާދުރުގައިއޮތް “ރަށްގަނޑެއްގައި ތިބިބަޔަކު އަންގާގޮތަށް ކަންކުރާންވެއްޖެނަމަ” މިހާލުން އަރައިނުގަނެވޭނެ، * * އެމްޑީޕީ އާއި ރައީސް ސޯލިޙްގެ ވައުދު އަވަސްކޮށް “ލާމަރުކަޒީ ބާރުވެރިކަމާއި، އަމިއްލަވަންތަ ނިންމުންތައް ނިންމުމުގެ ފުރިހަމަ އިޙްތިޔާރު” އަހަރުމެނަށް ދެއްވާ. * * ތައުލީމާއި، މާލީތަނަވަސްކަމާއި، ދުނިޔެއަށް ލޯހުޅުވުފައިވުމާއި ކުރިއެރުމަށްބޭނުންވާ ހުރިހާކަމެއްގައި އަހަރުމެންގެ ރައްޔިތުންގެ ސަފުތައް ފުރިހަމަ އަދި ޤާބިލްކަން މާބޮޑު.
މާަނގާ - އައްޑޫ ސިޓީ
04 July 2019
އައްޑޫގައި ސަމިޓްބާއްވަން ECC ހެދުމަށް ސާކް Secretariats އާއި އިންޑިޔާ، ޕާކިސްތާން ޗައިނާ ފަދަ އެތައް ޤައުމަކުން އެހީތެރިކަން ފޯރުވި. * * ޔާމީނަށް އުދަގޫވާވަތުގެ ޗާލޫ ރީތި އިމާރާތާއި ބެހޭގޮތުން އޭރު ފެތުރިވާހަކައިގަ “އެލާރި ޙަރަފުކޮށްގެން އައްޑޫގައި ހޮސްޕިޓަލެއް ހެދިނަމަ” މާރަނގަޅުކަމަށް ބުޖިމީހާއަށް އިގޭނެ އެހީ ދީފައިވަނީ އީސީސީ އެޅުމަށްކަން. * * ޔާމީނުގެ ހުވަފެނާއިއެއްގޮތަށް “އައްޑޫ ސިޓީގެ ލޭންޑްމާކް” އޭނާގެ ވެރިކަމުގައި ނެތިކޮށްލި.
ސޯލާ
04 July 2019
ރަނގަޅަށް އޮތް ބޮޑު ކުޅިއެއް ހިއްކައި ތިތަން ކުރިއއަޅަން 700 މިލިޔަން ރުފިޔާ ދުއްވާލި މީހާ މިހާރު އެއިނީ މަޖުލީހުގެ ރައީސަކަށް. ކުޅި ހަލާކު ކުރިއިރު އައްޑޫގައި ބިން ނެތީކީ ނޫން. ކީއްކުރަން ހަރުކުރާ ސޯލާއެއް، މުޅި ތިމާވެށި ހަލާކުކޮށްފައި.
މާރަނގާ - އައްޑޫ ސިޓީ
04 July 2019
މިކަހަލަ ނޮފުރުއްޕާން ޖެހޭތީއޭ އޭރު “އަހަރުމެންގެ ކާބަފައިންވެސް ބޭނުންވީ ކަލޭމެންގެ ދަށުން ނެއްޓިގަންނާން” އިގޭތަ. * * އޯޕެކާއި ސައުދީ ކުވެއިތު އިން ދެކުނުގެ ރައްޔިތުނަށް ޓާޝަރީ ހޮސްޕިޓަލެއް އަޅާދޭން ފައިސާދިނުމުންވެސް “މާލޭ ސަރުކާރު ހިންގާންހުރިމީހާ” އައްޑޫގައި އާހޮސްޕިޓަލެއް އަޅާން ބޭނުންނުވާތީ ކުރިން އެތަން އަޑިއަށް ހިގައިދާނެކަމަށް އޭނާބުނި އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރު ގައި ނަންބޯޑެއް ހަރުކޮށް ލާރިކޮޅު ހުދުކާފޫރަށް ހަދާލީ އޭނަ.
ނަގިލި
04 July 2019
ސޯލާ ހަރުކޮށްގެން ލިބުނު ފައިދާ: ހަރުކުރި ސޯލާއިން ކަރަންޓު ދޫނުކުރެވެނީސް ދިހަވަރަކަށް ރަށުގަ ޖަނަރޭޓަރު ބެހެއްޓޭހާ ފައިސާ އެދިޔައީ ފުރާޅު ބަދަލުކުރަން. މާލޭމީހުން ކުރާ ކަންކަމުން މިކަހަލަ ހުރިހާ މުސީބާތެއް ޖެހެނީ އައްޑުއަށް.
ގަހާފޮޑިދޮންތި//ފޭދޫ
04 July 2019
އެތަނުގެ ފުރާޅަ ޑިޒައިން ކޮށްފައިވަނީ ސޯލާ ޕެނަލް ހަރުކުރެވޭ ގޮތަކަށް ނޫންކަން އެނގިތިބެ މިދިޔަސަރުކާރުގެ ބޮޑުމީހާއަށް ތަކުރާރުކޮށް އެކިގޮޔްގޮތުން އަނަގާފައިވާއިރުވެސް އެންގީ ޕެނަލްތައް ހަރުކުރަން އިސްކުރު ޖަހަން ތޮރުފަމުން ދިއުމަށް، ނަތީޖާއަށް ވީ ތޮރުފި ފުރީޅުން ތޮރުފި ކޮންމެ ސަތޭކަ ލޯވަޅުން 45 ލޯވަޅު ޓިނުތަކުގެ ފައްޗާއި ދިމާވީ... ޓިނުތައް މިއަދުވެސް ހަމަ ޖެހޮގޮތަށް އާކޮށް މިދެންނެވި ބޭކާރީވެގެން ދިޔަ ލޯވަޅު ތަކުން 2 ގަނޑު ޓިނުދޭތެރެއިން ފެންލީ
ގަޓް ބްރޯ
04 July 2019
ހޮސްޕިޓަލް ހުޅުވާފަ ފަހުން ތަންތަންކޮޅުގަ ބާލިދީ ބެހެއްޓުމަށްވުރެ ތިގޮތްވެސް ރަނގަޅު. އެކަމަކު ތިޔަ ވިސްނުން އައިލެއް ތަންކޮޅެއް ލަސްހެން ހީވޭ.