ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިންތަކެއް ހަރަމްފުޅުގައި-- ފޮޓޯ: އަހުމަދު އަބުދުﷲ ސައީދު /މިހާރު
04 ޖުލައި 2019 - 13:44
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އެދި ހުށަހެޅި ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
އެ ޕްރޮޕޯޒަލްތައް އިވެލުއޭޓް ކޮށްފައި ވަނީ މާލިއްޔަތުގެ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭސީސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު، އެ ކޮމިޝަނުން މިއަދު ބުނީ ހައްޖު ގްރޫޕުތަކަށް ޕޮއިންޓު ދީފައި ވަނީ ގަސްތުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އެހެންވެ، ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ކޮށްދެވޭނެ ކަމަށް ނުފެންނާތީ އެ މައްސަލައިގައި ކޮރަޕްޝަން ނުހިމެނޭ ކަމަށް އޭސީސީން ބުނެ އެވެ.
ހައްޖަށް މީހުން ގެންދިއުމަށް 18 ކުންފުންޏަކުން މި ފަހަރު ޕްރޮޕޯޒަލް ހުށަހެޅި އެވެ. އޭގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނާ އެކު އިތުރު ފަސް ކުންފުންޏަކަށެވެ.
އޭސީސީން ބުނިގޮތުގައި، ބައެއް ލިޔުންތައް ނެތް ނަމަވެސް ޕްރޮޕޯޒަލްތައް ބަލައިގަނެ، އެކަމުގެ ލިޔުން ވަނީ ދީފަ އެވެ. އޭގެ ފަހުން، އިވެލުއޭޝަން ކޮމިޓީގެ ފުރަތަމަ ބައްދަލުވުމަށް ޕްރޮޕޯޒަލްތައް ހުށަހެޅުމަށް ފަހު، އެ ޕްރޮޕޯޒަލްގައި ހިމެނޭ ލިޔުންތައް އިދާރީ މުވައްޒަފުން ލައްވައި އަލުން ބަލާފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އިވެލުއޭޝަން ކޮމިޓީގައި ހިމެނޭ އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ސެކްޝަންގެ މުވައްޒަފެއްގެ ހާޒިރުގައި އިވެލުއޭޓް ކޮށްފައިވާ ޕްރޮޕޯޒަލްތައް އޭސީސީން ޗެކްކުރި އެވެ. އެގޮތަށް ޗެކްކުރިއިރު، ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައި ބަޔާން ކޮށްފައިވާ އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު އެނގޭނެ ލިޔުން ހުށަހަޅާފައި ނެތް ކަމަށް އޭސީސީން ބުންޏެވެ. އެހެން ކުންފުުންޏަކުން ވެސް އިސްވެރިޔާ އާއި އިސްވެރިޔާގެ ނައިބުގެ މަސްއޫލިއްޔަތު ބަޔާންކުރާ ލިޔުން ހުށަހަޅައިފައެއް ނުވެ އެވެ. އެއީ، އިވެލުއޭޝަން ކޮމިޓީން ބާތިލް ކުރަންޖެހޭ ދެ ޕްރޮޕޯޒަލަށް ވީ ނަމަވެސް އެކަން ކޮމިޓީން ނުކުރާ ކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުންޏެވެ.
"މި މައްސަލައާ ގުޅިގެން މި ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާގައި، އިވެލުއޭޝަން ކޮމިޓީން ޕްރޮޕޯޒަލްތަކަށް ޕޮއިންޓު ދީފައި ވަނީ މައުލޫމާތު ޝީޓާ ހިލާފަށް ކަމަށް ބުނެފައިވީ ނަމަވެސް، ހައްޖަށް ގެންދިއުމަށް ހުށަހަޅާ އަގުގެ ބަޔަށް ޕޮއިންޓް ދީފައި ވަނީ ހައްޖަށް ގެންދިއުމަށް ބޮލަކަށް ނެގުމަށް ހުށަހަޅާފައިވާ އަގުތަކުގެ ތެރެއިން އެންމެ ދށް އަގަށް އެ ބަޔަކަށް ކަނޑަަޅާފައިވާ ޖުމްލަ ޕޮއިންޓް ދީގެން އަގު ބޮޑުވާ ވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވެ އެވެ،" އޭސީސީގެ ބަޔާނުގައި ވެ އެވެ.
"ތަޖުރިބާގެ ބަޔަކަށް ޕޮއިންޓް ދިނުމުގައި ބަލާފައިވަނީ ކޮންމެ ދާއިރާއަކަށް ވެސް ލިބިފައިވާ ތަޖުރިބާ އެނގޭނެ ލިޔުންތަކުން ތަޖުރިބާ ލިބިފައިވާ އަހަރުގެ އަދަދަށް ބަލައިގެން އެންމެ ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަށް އެ ދާއިރާއަކަށް ކަނޑައަޅާފައިވާ ޕޮއިންޓް ފުރިހަމަ އަށް ލިބޭގޮތަށް އަދި ތަޖުރިބާގެ އަހަރު މަދުވާވަރަކަށް ނިސްބަތުން ޕޮއިންޓް އުނިވަމުންދާ ގޮތަށްކަން ފާހަގަކުރެވެ އެވެ."
އެ ކަންތަކަށް ފަހު، އޭސީސީން ވަނީ މައިގަނޑު ތިން ކަމެއް އިސްލާހު ކުރަން އިސްލާމިކް މިނިސްޓްރީ އަށް އަންގައިފަ އެވެ. އޭގެ ތެރޭގައި މައުލޫމާތުތައް ފުރިހަމަ ނޫން ޕްރޮޕޯޒަލްތައް ބަލައި ނުގަތުމާއި ޕްރޮޕޯޒަލްތަކާ ގުޅިގެން މީގެ ފަހުން ތައްޔާރުކުރާ ހުރިހާ ޗެކް ލިސްޓުތަކެއްގައި ޗެކްކުރި މުވައްޒަފު ސޮއިކޮށް، ތާރީޚާއި ގަޑި ލިޔެ، ލިޔުންތައް ބެލެހެއްޓުން ހިމެނެ އެވެ. އަދި ޕްރޮޕޯޒަލްތަކަށް ޕޮއިންޓް ދޭނެ މިންގަނޑު ކަނޑައަޅާއިރު، ސަބްޖެކްޓިވްކޮށް މާކްސް ދޭންޖެހޭ ގޮތަށް ކަނޑައެޅުމުގެ ބަދަލުގައި މައުލޫމާތު ޝީޓުގައި ތަފްސީލުކޮށް ޕޮއިންޓް ދޭނެ ގޮތް ބަޔާން ކުރަން އޭސީސީން ލަފާދިނެވެ.
މީގެ ކުރިން، ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރަނީ އެ ވަގުތަކު ހުންނެވި އިސްލާމިކް މިނިސްޓަރު ކަނޑައަޅުއްވާ ކޮމިޓީ އަކުންނެވެ. ނަމަވެސް އެކަން ބަދަލުކޮށް، ފަސް މެމްބަރުން ހިމެނޭ ހައްޖު އިވެލުއޭޝަން ކޮމިޓީގައި މި ފަހަރު ހިމެނެނީ އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް އަދި އިސްލާމިކް މިނިސްޓްރީގެ ދެ ބޭފުޅުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
04 July 2019
ހައްޖަށް ގެންދަން މާކްސްދޭ ގޮތާއި ލިބޭ ގޮތާއި މިހުރިހާ އެއްޗެއް މީޑިޔާގައި ޖަހާލާ ނަމަ މިހެން އަބަދު ކޯޓަށް ދާމަކަށް ބަޔަކު އުޅޭކަށް ނުޖެހުނީސް
މުހައްމަދު..
04 July 2019
ދެން އެއްވެސް ކަމެއްގައި ކޮރަޕްޝަނެއް ނުފެއްނާނެ، އަނެއްކާވެސް ފަސްއަހަރު ފަހުން މައްސަލަތައް ހިލިގަންނާނީ. މިހާރު ކޮރަޕްޝަނެއްފެނިއްޖެނަމަ މަޖިލީހަށް ދަމާކޫއްތާފައި ގެންގޮސް މަގާމުން ވަކިކޮށް ގެޔަށް ފޮނުވާލާނެ. ނޫނީ ރިފްއަތާއި ހިސާނުހިމެނޭ ކުޑަކޮމެޓީއަކުން ބަލާނެ މައްސަލައެއް 24 ގަޑިއިރުތެރޭ ވިހާނެ.
ބޮޑުމީހާ
04 July 2019
އޭސީސީ ހާދަ އެކްޓިވްއޭ. ރަގަޅު ތީ ދެކެން ބޭނުންވާ މަންޒަރު. އެކަމަކު އެމީހުން ބަދަލުކުރަންޖެހޭ
ކަނދުހޯހޯ
04 July 2019
ހައްޖަށް ހުއްދަ ދިނުމުގައި ކޮން ކަރަޕްޝަނެއްތޯ އޮންނާނީ ހައްޖަށް ލާރިނަގާފަ އެކާލީމަ މި ދައްކަނީ ސަރުކާރުން އެހެންވީމަ ދެން ކޮން ކަރަޕްޝަނެއްގެ ވާހަކަތޯ ހޯހޯ
ޢަލިކޮއެ
04 July 2019
ކިތައް މީހުނަށްތޯ އެނގެނީ ހައްޖައް މީހުން ގެންދަން ބިޑު ވިން ކުރަނީ 69،999.00 ޖަހައިގެންކަން؟ ޢެކަމަކު ހައްޖަށް ގެންދަން ފައިސާ ދައްކާއިރު 1 ލައްކަ ރުފިޔާ ދައްކަންޖެހޭ. ފައިސާދެއްކި ރަސީދެއް ނުދެ. ޢިސްލާމިކް މިނިސްޓްރީއަށް ގުޅީމަބުނަނީ އެނގެޔޯ ތިކަން ކީއްހެއްޔޯ ކުރާނީ؟ މީ ކަރަޕްޝަނެއްނޫން؟
ހަނދުވަރު
04 July 2019
ތިހެން އެންމެން ކިޔަނީއޭ. އެކަކަށްވެސް ނުކެރޭ އޭސީސީއަށް އައިސް ސާބިތު ހެކި ދައްކާކަށް އެމީހުން އެގޮތަށް ފައިސާ ނެގިކަން. ހާއްޖަަށް ދާ މީހާ ދޭހިތުން ަފއިސާ ދެނީނު. ދީފަ އެހން ކިޔާ. އެމީހުން އަތުން ރަސީދެއްވެސް ނުހޯދާ. ހޯދަނީ އެއްކަލަ އެމީހުން ޕްރޮޕޯސަލް ހުށަހެޅި އަގުގެ ރަސީދު. މީަގ ކޮޞާ އޭސީސީގެ މައްސަލައެއް؟
ޢަލިކޮއެ
04 July 2019
ޜިސިޓެއް ނުދޭނެ ބުންޔަސް. ޢެއީ އސސ އައް ގޮއްސާނެތީ. ޢެނޫން ގޮތަކަޢް ހައްޖައް ދެވޭކަންނެތް. ސަރުކާރު ކޯޕަރޭޝަނުގަ 5 އަހަރުގެ ވެއިޓް ލިސްޓެއް އޮތީމަ
ނަމެއް ނެތް
04 July 2019
އޭސީސިން މިއީ ދުވާލޭ ބުންޏަސް ޤަބޫލެއް ނުކުރާނަން
ރަދީފުއްދީނުލް އަކްބަރު
04 July 2019
ޒީރޯ ޓޮލަރެންސްގާ ނޯންނާނެ ކަރޮޕްޝަނެއް. އޭގައި އޮންނާނީ ސައި ނުވަތަ ޖޫސް.
ވާލުސޮރުބެ
04 July 2019
މާކްސް ދޭ އުސޫލު މީޑިއާގަ އާއްމުކޮށްލަން ފެނޭ ކޮންމެ ހައްޖެއްގެ ކޯޓާ ދިނުމުގެ ކުރިން. އޭރުން ކޮރަޕްޝަނާއި ފޭވަރކުރާވަރު އިނގޭނީ
ފޮތްކިޔާ
04 July 2019
މާކްސް ދޭ އުސޫލް ގެޒެޓުގައި އާންމު ކުރޭ
މައިފުޓް
04 July 2019
މިހާރުވެސް ކުރޭ
ޅޮސް އުނދޯލި
04 July 2019
އާދޭހެވެ. ނޯންނާނެ އެވެ. ވަޒީފާގަ ތިބެން ޖެހެއެވެ. ސަރުކާރާ މަޖިލިހަކީ އެކައްޗެކެވެ. ޔާމީން ދައުރަކުވެސް ނުފެނުނެވެ. މި ދައުރުވެސް ނިމޭނީ ތިޔަހެނެވެ. އޭގެ ފަހުން މި ދައުރުގަ ކޮރަޕްޝަން ނެތް އެއްކަމެއް ވެސް އޮތް ކަމަކަށް ވެސް ނުވާނެއެވެ. ޝުކުރިއްޔާ!