މެޖިސްޓްރޭޓް މުހައްމަދު މޫސާ
05 ޖުލައި 2019 - 01:21
ކ. ކުރައިދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް، އެރަށު ކުދިރުވާގޭ އަލްއުސްތާޒް މުހައްމަދު މޫސާ ކުއްލި ގޮތަކަށް މިއަދު ހެނދުނު އަވަހާރަވެއްޖެ އެވެ.
މެޖިސްޓްރޭޓް ކަމުގައި 29 އަހަރު ހޭދަކުރެއްވި މުހައްމަދު މޫސާއަކީ 34 އަަހަރަށް ވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އޭނާ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 1984 ވަނަ އަހަރު އެވެ. އޭނާ އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި މެޖިސްޓްރޭޓްކަމުގެ އިތުރުން ފުލުސް ކޯޓްގެ ކާތިބުކަމާއި ރ. ކަނދޮޅުދޫ ކަތީބުކަން ހިމެނެ އެވެ.
އުމުރުފުޅުން 55 އަހަރުގައި އޭނާ އަވަހާރަވި އިރު އަނބިކަނބަލަކާއި ދެ ބޭފުޅުން އެބަތިއްބެވި އެވެ.
މުހައްމަދު މޫސާ އަވަހާރުވުމުގެ ހިތާމައިގައި މާދަމާ އިން ފެށިގެން ތިން ދުވަސް ވަންދެން ރާއްޖޭގެ ހުރިހާ ކޯޓްތަކެއްގެ ދިދަ ބައިދަނޑި އަށް ތިރިކުރަން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ނިންމަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހްމަ
06 July 2019
މުޙައްމަދު މޫސާއަކީ ވަރަށް ހިތްހެޔޮ، ރައްޓެހިންނާއެކީ އުޅެންއެނގޭ ވަރަށް ސަކަމަޖާ މިޒާޖެއްގެ ބޭފުޅެއް، ވަރަށް ދެރަވެއްޖެ. އެ ވިދާޅުވާ ޖޯކުވާހަކަތައް ވަރަށް މިސްވާނެ، މަރުހޫމް މުހައްމަދު މޫސާގެ ފުރާނަ އަށް ﷲ ހެޔޮރަހުމަތް ލައްވާށިއެވެ.އަދި މަރުހޫމުގެ އާއިލާއަށް ކެއްތެރިކަން މިންވަރު ކުރަށްވާށިއެވެ.
ޖަންބު
05 July 2019
މިއީ ކޯޓެއްގައި ނިޔާ އިއްވަވަން ހުންނެވި ފަރަތެއް. ނޭދެވޭ ވާހަކަތަކެއް ނީވޭ. ރައްޔިތުންގެ ލޯބި ހޯއްދަވާފަ ދުނިޔެ ދޫކުރެއްވީ. މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތައް އެދެން.
ފަނޑިޔާރު
05 July 2019
މުހައްމަދު މޫސާ އަކީ ހިތްހެޔޮ ރަހުމަތްތެރިންނާ ގުޅުންބަދަހި މުވައްޒަފުންނަށް ކަމޭހިތްތެވި ހިތްތިރި ބޭފުޅެކެވެ. މަރުޙޫމްގެ ފުރާނައަށް ރަހުމަތްލައްވައި ސުވަރުގެ މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމިން
ދޮން ބެ
05 July 2019
ރަގަޅު ހިތްހެޔޮ މަޖާ މިޒާޖެއްގެ އެކުވެރި ބޭފުޅެކެވެ. އިހުތިރާމް ލިބިގަން ނަށް އެގޭ އަދި އެހެން މީހުނަށް އިހުތިރާމް ކުރައްވާ ބޭފުޅެކެވެ. މަރުހޫމު މުހައްމަދު މޫސާ ފުރާނަ އަށް ﷲ ގެ ހެޔޮ ރަހުމަތް މިންވަރު ކުރުމަށް ދުޢާ ކުރަމެވެ. އާއިލާއަށް ކެއްތެރިކަން މިނަވަރު ކުރައްވާށި އެވެ.އާމީން
ހެޔޮ ހިތުން
05 July 2019
މަރުހޫމް މުހައްމަދު މޫސާގެ ފުރާނަ އަށް ﷲ ހެޔޮރަހުމަތް ލައްވާށިއެވެ.އަދި މަރުހޫމުގެ އާއިލާއަށް ކެއްތެރިކަން މިންވަރު ކުރަށްވާށިއެވެ.