އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި ދ.ބަނޑިދޫގައި އޮތް ހާލު ދެރަ ބަލި މީހަކު ވައިގެ މަގުން މާލެ ގެނައުމަށްފަހު، އެ ބަލި މީހާ އެމްބިއުލާންސަށް އެރުވުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
06 ޖުލައި 2019 - 12:07
އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސިފައިންގެ ފުރިހަމަ ކޮމާންޑުގެ ދަށުން ކަމަށާއި ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ފުޅާ ކުރަން ބޭނުންވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އަސްކަރިއްޔާގެ ޗީފް ޝަމާލް މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ ސްޓްރެޓިޖިކް ނިއުސް ޗެނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދެ ހެލިކޮޕްޓަރާ ގުޅޭ ގޮތުން ދިވެހިން ވަރަށް ބޮޑަށް ހޭލުންތެރި ވެފައިވާ ކަމަށެވެ. އަދި ދެ ހެލިކޮޕްޓަރު ވަނީ އިންސާނިއްޔަތުކަމާ ގުޅިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރުން މައިގަނޑު ގޮތެއްގައި އުފުލަނީ ބަލި މީހުންނެވެ. އެކަމަކު، ބައެއް ހާދިސާތަކުގައި މީހުން ގެއްލުމާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރުގެ އެހީ ހޯދަ އެވެ. ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް އިންޑިއާގެ ފަންސާހެއްހާ ސިފައިން އުޅެ އެވެ.
ޝަމާލް ވިދާޅުވި ގޮތުގައި، ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު ވި "ލެޓަ އޮފް އެކްސްޗޭންޖް" ގެ ދަށުން ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށް ވަނީ ބުނެފަ އެވެ. ދެ ހެލިކޮޕްޓަރުގެ އެހީ ހޯދަން ގިނަ ބަޔަކު އެދެމުން އަންނަ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ.
ދެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމުގައި އުޅެނީ އިންޑިއާ ސިފައިން ކަމަށް ވާތީ، އޭގެ ބަދަލުގައި ދިވެހި ސިފައިން ޕައިލެޓުންގެ ގޮތުގައި ތަމްރީނު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަމާލް ވިދާޅުވި އެވެ. އަދި ޓެކްނިކަލް ސްޓާފުން ކަނޑައެޅުމުގެ މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރު..---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"އަޅުގަނޑުމެން އެބަޖެހޭ މި އޮޕަރޭޝަނަލް ކެޕޭސިޓީ ތަރައްގީ ކުރަން. މި ހިދުމަތް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ރަށްތަކަށްހެން ފޯރުކޮށްދޭން އެބަޖެހޭ. އެއީ ރާއްޖެ އަށް ކާރިސާއެއް ދިމާވި ކަމުގައި ވިޔަސް، އެ ހެލިކޮޕްޓަރުތަކަށް އެހީތެރިވުމުގެ ފުރުސަތު އޮތީމާ،" ޝަމާލް ވިދާޅުވި އެވެ.
ދިވެހި ސިފައިން ނުބައްސައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާތީ އެއްބަސްވުން އާ ނުކޮށް، ދެ ހެލިކޮޕްޓަރު ފޮނުވާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުޅުނެވެ. އޭރު، ސަރުކާރުގެ އިސްވެރިން ވިދާޅުވަމުން ގެންދެވީ ހެލިކޮޕްޓަރުގެ އެއްބަސްވުން އޮތީ އިންޑިއާ އިން ރާއްޖެ އަށް ނުފޫޒު ފޯރުވޭ ގޮތަށެވެ.
މި ފާޑުކިއުންތަކާ އެކު ވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން އާކޮށް، އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ.
އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.
އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރުތައް ދުއްވާނީ އިންޑިއާގެ ކަނޑުގެ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެނީ ދެ ގައުމުން ބަދަލުކުރާ "ލެޓަ އޮފް އެކްސްޗޭންޖް"އެއްގެ ދަށުންނެވެ. މި އެއްބަސްވުން ކޮންމެ ދެ އަހަރަކުން އާ ކުރަންޖެހެ އެވެ.
ހެލިކޮޕްޓަރު އިންޑިއާ ސިފައިން އެކަނި އޮޕަރޭޓްކުރުމުގެ ނުތަނަވަސްކަމަށް ހައްލެއް ހޯދަން ޔާމީންގެ ސަރުކާރުން ހުށަހެޅީ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންގެ ބައިވެރި ކުރާށެވެ. މިއީ، އެންމެ ކުރިއްސުރެ އެއްބަސްވުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ޕައިލެޓުން ތަމްރީން ކުރުމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް މިއަދާ ހަމައަށް އަސްކަރީ ހެލިކޮޕްޓަރަށް ޚާއްސަ ދިވެހި ޕައިލެޓަކު ތަމްރީނެއް ނުކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާމަމެން
07 July 2019
ބޭނުމޭ ނުބުނެ، އިތުރު ކުރާނަމޭ ބުނެބަލަ. ތީ މޮހޮނައް އޮޑި ދީފައިއޮތްހެން ދީފަ ހުރި އެއްޗިއް. ކަލޭމެންގެ ބާރެއް އެޔަކަށް ނުހިގާނެ
ބޮޑުމީހާ
07 July 2019
02 ހެލިކޮޕްޓަރ ދުއްވަން 50 ސިފައިން. ދިވެހިން އެއާބަސް އޭ380 ދުއްވާ. ހެލިކޮޕްޓަރެއް ދުއްވޭނެ ފެންވަރު ދިވެހިންގެ ހުންނާނެ. ދިވެހިމީހާވެސް ކިހާ ހިތްހަމަޖެހޭނެތަ ހެލިކޮޕްޓަރަށް އަރާ ވަގުތު ދިވެހި ޕައިލެޓެއް އިނިއްޔާ. ތިނޫންގޮތަކަށް ތި އެއްބަސްވުން އެކުލަވާލަންޖެހޭ، ނޫނީ 2 ހެލިކޮޕްޓަރ ފޮނުވާލާފަ ދިވެހި ސަރުކާރުގެ ހަރަދުގަ 4 ހެލިކޮޕްޓަރ ގަނެބަލަ
ޔާގޫތު
07 July 2019
މޯލްޑިވިއަންގަ ޑޭޝް މަރުކާގެ ހައެއްކަ ބޯޓު ދުއްވެނީ ހާހެއްހާ މީހުން ތިބެގެން.
ރާއްޖެ
07 July 2019
10 އަހަރު ވީ އިރު ޕައިލެޓަކު ތަމްރީނު ނުކުރެވުނު ބައެއް ނުތިބޭނެ އެމް އެން ޑީ އެފް ނޫނީ.
ދަތްދޮޅި
07 July 2019
ރަނގަޅު އެއެގޮތެއްވެސްނެތް.
ހަދިޔާ
06 July 2019
ހެލިކޮޕްޓަރުގެ ޚިދުމަތް އިތުރުކުރުމުގެ ނަމުގަ ތިއުޅެނީ އިންޑިޔާސިފައިން ރާއްޖެއަށް އިތުރުކޮށް ރާއްޖެ އިންޑިޔާއަށް އަޅުވެތިކުރުމަށް ވާގިދިނުމަށް ބޭނުންވެގެން. ރާއްޖޭގެ ޕައިލެޓުން ތިއްބަސް ހެލިކޮޕްޓަރދުންވަން ދިވެހިރާއްޖެއަކާ ޙަވާލެއްނުކުރާނެ އަދި ހެލިކޮޕްޓަރު އޮޕަރޭޓްކުރަމުންދަނީ ރާއްޖޭސިފައިންގެ ބެލުމުގެދަށަކުންވެސްނޫން. މުޅިންދޮގު.
އިބްރާ
06 July 2019
އަންނިއަށް ކަމެއްކުރެވުނުކަމަށްވާނީ ފާޅުކަންބޮޑު ޖަލްސާއެއްގައި އިންޑިޔާގެ ކިބައިން މަލިކު ރާއްޖެއަށް ދިނުމަށް އެދުމެވެ. އިންޑިޔާގެ ހުރި ވަރެއް އެނގިދާނެތާއެވެ. މަލިކާއި ކައިރީވެސް މި ޖަޒީރާ ރާޢްޖެއެވެ. އަނެއްކާ މަލިކުގައި މިހާރުވެސް ފެންނަ ނުފެންނަ ވޯޓަކަށްދިޔަސް އެރަށުމީހުން ވޯޓްދޭނީ މިގައުމަށް ބަދަލުވުމަށެވެ.
ކޮރަލް
06 July 2019
ވާހަކަ ދައްކަން ވީ އަންނި އަނގައަކުން ނޫނެވެ. މިނިވަން ކަމާ އެކުއެވެ.
މުޑަހަނދި
06 July 2019
ސޯމާލިއާމީހުން އެންމެގަދައަށް ކަނޑުފޭރުނު ދުވަސްވަރު އުތުރު ރަށެއްގެ ފިހާރައަކުން މާކަޅު ބަޔަކު ހެޓަކަށް ވިޔަފާރިކޮށްގެން އަތިރިމައްޗަށް ނިކުމެ ފުރަން އުޅެނިކޮށް އެނގުނީ އެއީ ކަނޑުފޭރޭ މީހުންކަން. މިވަރު ގައުމެއްގެ މީހުން ޖަހާ ކޮމެންޓުތަކުގައި މިހުންނަނީ އިރާނުގެ ހަމަނާއީ ދައްކާފެންވަރުގެ ވާހަކަ.
ވުއްސު
07 July 2019
ތިޔަކަމަށް ބޭނުންވަނީ ހެލްކޮޕްޓަރެއްނޫން ހޭލުންތެރިކަން
88
06 July 2019
ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެެއްޓުމުގެ ކެޕޭސިޓީ ދިވެހިރާއްޖޭގަ ނެތް.އެހީި ބޭނުންވޭ.މިސާލަކަށް ނޮވެމްބަރ 3
ޙަބީބު
06 July 2019
އަހަރެމެން މިރާއްޖޭގަ މިހުރިހާ ޒަމާން ވޭތުކުރީ ހެލްކޮޕްޓަރަކުނޫން މިހާރު 30 މިނިޓުން އެއާޕޯޓެއް އަތުނުޖެހެނީ ވަރައް މަދުރަށަކައް އެކަން ފުރިހަމަކޮއްފަ އެތެރޭގެ އުދުހުމުގަ ތިޔަ ހެލެކެޕޮކްޓަރުގެ މާބޮޑު ބޭނުމެއްނެތް އިންޑިޔާގެ ބާރުގެ ދަށައް އަޅުވެތިވާކައް ނެތިން އިންޑިޔާ ހެޔޮފުޅުނަމަ މަލިކު ދިވެހި ސަރުކާރާ ހަވަލުކުރަން އެދިބަލަ އެނގިދާނެ ތެދުވެރިކަމެއް ހުރިނަމަ