ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު: ރާއްޖެ އިންޑިއާ އެއްބަސްވުމުގެ ސަބަބުން ނުރައްކަލެއް ނެތް ކަމަށް ވިދާޅުވި-- ފޮޓޯ: މިހާރު
08 ޖުލައި 2019 - 16:55
ޖިނާއީ މައްސަލަތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އެހީތެރިކަން ދިނުމުގެ ބޮޑު އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ރައްކާތެރި ކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނެފި އެވެ.
"ޓްރީޓީ ބިޓްވީން ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓާސް" ގެ ނަމުގައި އެކުލަވާލާފައިވާ އެއްބަސްވުމުގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުން ދީފަ އެވެ. އަދި ކެބިނެޓުން ވެސް ވަނީ ރުހުންދީފަ އެވެ.
Raajje-India ebbasvumuha Majileehun ruhun dheefi
The most trusted news source in the Maldives
Mihaaru
ރާއްޖެ-އިންޑިއާ އެއްބަސްވުމަށް މަޖިލީހުން ރުހުން ދިނުން--
އެ މުއާހަދާގެ ބޭނުމަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމާ އެކު، ޖިނާއީ ކުށްތައް ހުއްޓުވަން ދެ ގައުމުގެ އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ. ކޯޓު އަމުރު ތަންފީޒު ކުރުމަށާއި އެހެނިހެން ޝަރުއީ ކަންކަމާއި ކުށް މަދުކުރުމަށާއި މައްސަލަތައް ތަހުގީގު ކުރުމަށް ދެ ގައުމުގެ ތަންފީޒީ އިދާރާތަކުގެ މެދުގައި އެއްބާރުލުން ދިނުމަށް އެ އެ މުއާހަދާ ބާރު އަޅަ އެވެ. އަދި ޖިނާއީ މައްސަލަތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ދެ ގައުމުން އެހީތެރިކަން ދިނުމަށް ވެސް މުއާހަދާގައި ލާޒިމްކޮށްފައިވެ އެވެ.
މުއާހަދާގައިވާ ގޮތުން ޖިނާއީ ތަހުގީގެއް ކުރިއަށްދާ އިރު، ތުހުމަތުކުރެވޭ މީހާ އުޅޭ ތަނާއި އެ މީހަކު ގެންގުޅޭނެ ތަކެތި ބެލުމުގެ އިހްތިޔާރު ލިބެ އެވެ. އަދި އެ މީހަކު ގެންގުޅޭ ބޭންކާ ގުޅޭ މައުލޫމާތާއި މާލީ އަދި ވިޔަފާރީގެ ރެކޯޑުތައް ދޭން ވާނެ ކަމަށް ބުނެފައިވެ އެވެ. ބަންދުކޮށްފައި ހުންނަ މީހަކު، ތަހުގީގަށް އެއްބާރުލުން ދިނުމުގެ ފުރުސަތު ފަހިކޮށްދޭން ވާނެ ކަމަށް ވެސް މުއާހަދާގައި ވެ އެވެ. އަދި އެއްވެސް މީހަކު ޓެރަރިޒަމްގެ އަމަލެއް ހިންގާ ނަމަ، އެ މީހަކު ހަރަދު ކުރަން ގެންގުޅޭ ފައިސާ ހިފެހެއްޓުމުގެ ބާރު ވެސް މުއާހަދާގައި އޮތީ ދީފަ އެވެ.
ބަންޑާރަ ނައިބު އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުކުމް ތަންފީޒުކުރުމަށްޓަކައި ނުވަތަ ޝަރީއަތް ހިންގުމަށްޓަކައި އެއް ގައުމުން އަނެއް ގައުމަށް މީހުން ބަދަލުކުރުމަކީ، މި މުއާހަދާގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ. އަދި އެ މުއާހަދާގެ ދަށުން ޝަރީއަތެއްގައި ހެކި ބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތަކު އެހެން ގައުމަކަށް ގެންދެވޭނީ، ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން، ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
"ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މި މުއާހަދާގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ދިވެހި ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރި ކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެފަދަ އެއްބަސްވުންތައް ހެދުމަށް ސްރީލަންކާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިއާ ފަދަ ގައުމުތަކާއެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި އެއްބަސްވުން ފުރަތަމަ ހަދަން އުޅުނީ މީގެ 10 އަހަރު ކުރިންނެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު، އެކި ސަބަބުތަކާ ހުރެ އޭގައި ސޮއިކުރެވޭ ގޮތެއް ނުވެ އެވެ. މިއީ ޖިނާއީ ކުށްތައް ހުއްޓުވުމުގެ ބޭނުމުގައި ރާއްޖެ އިން ބޭރުގެ ގައުމަކާ އެކުގައި އެއްބަސްވާން އުޅޭ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއެކޮނޮމިކްސް
09 July 2019
މީނާއަށް ހީވަނީ އެހެން ރައްޔިތުން ތިބީ ނުކިޔަވާކަމަށްތަ ތިޔަ އޮޅުވާލަނީ
ބޮލި މުލައް
09 July 2019
ހެޔޮނުވާނެ މިކަލޭގެ ދައްކާވާހަކަ އަޑުނާހާތި މީ އައްނިގެ ޕަޕެޓެއް
ނެގުނުކަތީބު
09 July 2019
މީނަމީ އިންޑިޔާގެ ގޮނޑި ކޮށްކޮއެއްނޫންތަ؟
އިންޑިއާ
09 July 2019
ސިޔާސީ އެއްވެސް މީހަކަށް އިތުބާރެއް ނެތް... އަހަރުމެންވެސް ތިކިޔާލަން ތިބުނާ އެއްބަސް ވުމެއް ޢާންމު ކޮށްބަލަ. އަހަރުމެނެވެސް ކިޔާފަ އެއްޗެކޭ ބުނާން،، މާދަމާވެސް ތިމަޤާމް ގެއްލިއްޖިއްޔާ ބުނާނެ މަޖާޒީ ކޮންއޭ ބުނީ
އެއްބަސްވުން
09 July 2019
އެއްބަސް ވުމުގެ ނުރައްކާ ޕޮއިންޓަކީ އިންޑިއާއިން ބޭނުންވެއްޖެ ހިދެއްގައި ރާއްޖޭގައި ހުންނަ ރާއްޖެމީހާ އިންޑިއާއަށް ގެންދެވިދާނެ އަދި ތަހުގީގަށް ޓަކައި އިންޑިއާގެ ޖަލުގައިވެސް ބެހެއްޓިދާނެ! އެއީ ޓެރަރިޒަމަށް ސައްކުކުރެވޭ ހާލަތެއްގައި! މައްސައަކީ މިހާރު ނޭގިތިއްބާވެސް ޓެރަރިސްޓުންނަށްވާތީ! އެހެންކަމުން މިއެއްބަސް ވުމުން ދިވެހިންގެ ފަރުދީމިނިވަންކަންވެސް އެބަ ހެއްލޭ!
ސަރީފު
09 July 2019
އިންޑިއާގެ ތައްފާހަށްދާންބޭނުންވާ ބަޔަކަށް ބިރެއްނޯންނާނެ! އިންޑިއަކީ ދުރު ރާސްތާއަށް ވިސްނައިގެން މީހުން އަޅުވެތިކުރަން މަސައްކަތްކުރާބައެއް! މިބުނީ ވަރަށް ވާހަކަ، ވިސްނާމީހުންނަށްވިސްނޭނީ!
ސަލާމްވަތަން
09 July 2019
ޢިމްރާން އާއި މައުމޫނަށް މައާފެެއް ނުކުރާނަން ތިއަ ދެ މީހުން ތި ބައިވެރިވަނީ ޤައުމު ވިއްކާލުމުގެ ބައިވެރިންނަށް،
މީރުބަހުރު
09 July 2019
މިނިވަން މުސްތަގިއްލު ގައުމެއްގެ ތެރެއަށް އެހެން ގައުމެއްގެ ބާރާއި ނުފޫޒު ވަންނަގޮތަށް ގާނޫނުތަކާއި ގަވާޢިދުތަކާއި އެއްބަސްވުންތައް އެކުލަވައި ލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. އަމިއްލަ ގައުމަށް ހެޔޮއެދޭނަމަ ތިވަރުގެ އެއްބަސްވުމެއްގައި ސޮއިކުރާކަށް ނުކެރޭނެ. ތިޔައީ އިންޑިޔާއިން އެތައް ދުވަހެއްވަންދެން ދެކެން ބޭނުންވި ހުވަފެނެއް. އެކަން ކުރިއްސުރެ އެމްޑީޕީ ވެރިކަމުގައި ކުރަން އުޅުނުކަމެއް ތިޔަކުރެވުނީ ފަހުން ތީގެ ހިތާމަ ކުރަންޖެހޭނެ.
ޖޮއްބެ
09 July 2019
މާދަމާވެސް އޭޖީ މަގާމުން ދުރުކޮށްބަލަ ރާގު ބަދަލުވާނެ.
ލޯކަ!
09 July 2019
ޝައްކެއްނެތް! ތީ ވަރަށްބޮޑު ތެދެއް!
ގޮހޮޑާ
09 July 2019
ފެބްތުއަރީ 7 ގެ ބިރުވެރިކަން އަިސްފާނެތީ ހިމާޔަތައް އެދެން ތައްޔާރީ ފިޔަވަޅުތައް އަޅަނީ....މިހާރު ޓުރިޓީގެ ދަށުން ގާނޫނީ ވެރިކަން ވެއްޓެން އުޅެންޔާ އެރޭނެ ނުން
ޒޫމަލް
09 July 2019
ޖީއެމްއާރު ލޯޔަރު މިއަދު ދިވެހިރައްޔަތުންނައް ހެވެއްނޭދޭނެ..