10 ޖުލައި 2019 - 07:41
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމު "މިޝަން މަންގަލް" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
އަންނަ މަހުގެ 15 ގައި ރިލީޒްކުރާ މި ފިލްމަކީ އަންހެން ސައިންޓިސްޓުންތަކެއް އިސްކޮށް ތިބެގެން އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ނޮވެމްބަރު، 5، 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށް ކުރި މަސައްކަތުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
ޖަގަން ޝަކްތޯ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓުންނަކީ ވިދިޔާ ބާލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕައްނޫ، ކިރިތީ ކުލްހާރީ، ނިތިޔާ މެނަން، ޝަރުމަން ޖޯޝީ އަދި ސަންޖޭ ކަޕޫރެވެ.
Ek Desh. Ek Sapna. Ek Ithihaas. The true story of India’s #SpaceMission to Mars is here. #MissionMangalTeaser out now! https://t.co/DSTulMrX8G@taapsee @sonakshisinha @vidya_balan @TheSharmanJoshi @MenenNithya @IamKirtiKulhari @Jaganshakti @foxstarhindi #HopeProductions @isro
— Akshay Kumar (@akshaykumar) July 9, 2019
އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އޮގަސްޓް މަހުގެ 15 ގައި "މިޝަން މަންގަލް" ގެނެސް ދޭން ނިންމާފައިވާ އިރު، އެ ދުވަސް ވެގެން ދާނީ ބޮކްސް އޮފީހުގެ ބޮޑު ދުވަހަކަށެވެ. ސަބަބަކީ ބޮޑު އެހެން ދެ ފިލްމެއް ވެސް ތާވަލުކޮށްފައި އޮތުމެވެ.
އެއީ ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" އާއި ޕްރަބާސްގެ "ސާހޯ" އެވެ.
ނެޓްފްލިކްސް އިން ސްޓްރީމް ކުރާ އިންޑިއާގެ މަގުބޫލު ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަން އަންނަ މަހުގެ 15 ގައި ސްޓްރީމް ކުރަން ނިންމައިފި އެވެ.
Calendar nikalo bhaiyo aur behno. #SacredGames2 ka release date ayela hai!https://t.co/zQLxJ1q4Yd
— Netflix India (@NetflixIndia) July 9, 2019
ތާރީހު އިއުލާންކޮށް، ނެޓްފްލިކްސް އިން ވަނީ ސީރީޒްގެ ޓްރެއިލާ ވެސް ދައްކާލައިފަ އެވެ. "ސެކްރެޑް ގޭމްސް" ގެ މައިގަނޑު ތަރިންނަކީ ސައިފް އަލީ ހާނާއި ނަވާޒުއްދީން ސިއްދީގީ އެވެ.
މިއީ އަނޫރާގް ކެޝަޕާއި ވިކްރަމަދިތިޔާ މޮޓްވާނޭ ޑައިރެކްޓްކޮށް ގެނެސްދޭ ކްރައިމް ޑްރާމާއެކެވެ. "ސެކްރެޑް ގޭމްސް" ގެ ފުރަތަމަ ސީޒަން ގެނެސް ދިނީ މިދިޔަ އަހަރު އެވެ.
އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ ރިތިކް ރޯޝަންގެ އާ ފިލްމު "ސުޕަ 30" ގެ ޕްރޮމޯޝަންތަކުގެ ތެރެއިން އަނެއްކާ ވެސް ފިލްމުގެ އިތުރު ލަވައެއް ދައްކާލައިފި އެވެ.
Sawaal ka jawab do aur haqdaar bano! Presenting @iHrithik's #QuestionMark from #Super30. https://t.co/A5H90FQuAH@nandishsandhu @teacheranand @Shibasishsarkar #SajidNadiadwala @DmelloSuzanne @AjayAtulOnline @OfficialAMITABH @FuhSePhantom @NGEMovies @ZeeMusicCompany @super30film
— Reliance Entertainment (@RelianceEnt) July 8, 2019
މި ފަހަރުގެ ލަވައިގެ ހާއްސަ ކަމަކީ ސީދާ ރިތިކްގެ އަޑުން ކިޔާފައިވުމެވެ. ލަވައިގެ ނަމަކީ "ކްއެންޝަން މާކް" އެވެ. އަތުލް-އަޖޭގެ މިއުޒިކަށް ހަދާފައިވާ ލަވައިގެ ޅެން ލިޔެފައި ވަނީ އަމީތާބް ބަޓަޗަރިއާ އެވެ.
"ސުޕަ 30" އަކީ އިންޑިއާގެ ހިސާބު އިލްމުވެރިޔާ އާނަންދު ކުމާރުގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ. ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ބަތަލާއަކީ މުރުނާލް ތާކޫރެވެ.
އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށާ ކަންގަނާ ރަނާވަތުގެ އެކްޝަން ފިލްމު "ދާކަޅް" ގެ އިތުރު ޕޯސްޓަރެއް ދައްކާލައިފި އެވެ.
Kangana Ranaut... New poster of #Dhaakad... Directed by Razneesh ‘Razy’ Ghai... Produced by Sohel Maklai... Co-produced by Qyuki Digital Media... Filming to commence early next year... #Diwali 2020 release. pic.twitter.com/6aMFPyWHCA
— taran adarsh (@taran_adarsh) July 9, 2019
ކުރިން ދައްކައިލި ޕޯސްޓަރުގައި ކަންގަނާ ފުރަގަހުން ފެނުނަސް މި ފަހަރު އޭނާ ދައްކައިލީ ކުރިމަތިންނެވެ. ހަތިޔާރުތަކެއް ހިފަހައްޓާލައިގެން ހުއްޓަ އެވެ.
"ދާކަޅް" ގެ ޑައިރެކްޓަރަކީ ރަޒްނީޝް (ރާޒީ) ގާއީ އެވެ. އަދި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ދިވާލީގަ އެވެ.
ކަންގަނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 26 ގައި ރިލީޒް ކުރާ "ޖަޖްމެންޓަލް ހޭ ކިޔާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީކޭ
10 July 2019
ދާ ވީމަ ކަޅުވާ ވާހަކަ ކިޔައިދޭ ފިލްމެއްތަ ދާކަޅު މީ؟؟؟