ތިނަދޫގައި މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
12 ޖުލައި 2019 - 22:34
މަސްވެރިން ބާނާ މަހަށް މިހާރަށް ވުރެ ބޮޑު އަގު ލިބޭ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަން ގދ. ތިނަދޫގައި ބޭއްވި "ޖަޒީރާ ހޮޅުއަށި"ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް ބާނާ މަހުގެ ޖުމްލަ އަކީ 150،000 ޓަނު ކަމަށް ވިއަސް މިފްކޯ އަށް ގަނެވެނީ 42،000 ޓަނު ކަމަށެވެ. ބާކީހުރި މަސް ޓަނުތައް ގަންނަނީ އެހެން ފަރާތްތަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް މަސްވެރިކަމަށް 813 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އަދި މި އަހަރު މިހާތަނަށް މަސްގަންނަން 467 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ތިނަދޫގައި މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ)، ނައިބު ރައީސް ފައިސަލް ނަސީމް އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
"މަސްވެރިކަން ތަރައްގީކުރަން ޖާގަ އެބައޮތް. ރާއްޖެ އަށް ބާނާ މަސް އިތުރުކުރުމުގެ ފުރުސަތު އެބައޮތް. އަދި ބާނާ މަހަށް ހޯދަންޖެހޭ، ލިބޭނެ އަގު މިއަށްވުރެ އިތުރުކުރެވޭނެ ކިތައްމެ ގޮތެއް އެބަހުރި. މަސައްކަތްކުރަނީ އެ ދިމާލަށް ދާން. ގާނޫނީ ރައްކާތެރިކަން މަސްވެރިންނަށް ހޯދައިދޭނަން. އޭގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފަންނީ ތަޖުރިބާ،" ނައިބު ރައީސް ފައިސަލް ނަސީމާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ބާނާ މަސް ގަންނަން ވަކި ޒޯންތަކަށް ބަހާލައި ވަކި ފަރާތްތަކަށް އެ ކޮންޓްރޯލް ދީފައިވާ ކަމަށާއި ނަމަވެސް އެއީ ހުޅުވާލެވިދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއިން ކުރާ ފައިދާ ބޮޑުވާނެ ކަން ފާހަގަކުރެއްވި އެވެ.
މަސް ގަތުމަށް ފަހު މިފްކޯ އިން ގިނަ މަސް ބޭރުކުރަނީ ފިނުކުރި މަހުގެ ގޮތުގައި ކަމަށާއި އެކަމަކު އެއަށްވުރެ ދަޅުގައި ބަންދުކޮށްގެން ބޭރުކުރުމުން ލިބޭ އާމްދަނީ ހަތަރު ގުނަ އިތުރުވާ ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން ރާއްޖެއަށް މި ބާނާ މަސް އަދި މިފްކޯ އަށް މި ގަންނަ މަސް ޕްރޮސެސްކޮށްގެން ވިއަސް ބޭރުކުރެވިއްޖެއްޔާ މިހާރު މި ލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބޭނެކަމީ ޝައްކެއް ނެތް ކަމެއް. އެ އަގު ލިބޭ ކަމުގައިވާ ނަމަ މަސްވެރިންނަށް މިފްކޯއިން މަސްގަންނަން ދޭ އަގު އިތުރުކުރެވޭނެ. އެހެންވީމާ މިފްކޯއަށް ސަރުކާރުން ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،" ރައީސް ވިދާޅުވި އެވެ.
ތިނަދޫގައި މިރޭ ބޭއްވި ޖަޒީރާ ހޮޅުއަށީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
މިފްކޯއިން ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރަނީ 28-30 ޕަސެންޓާ ދެމެދުގެ މަސް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފްކޯގައި ފައިދާވާ ހަމައެކަނި ތަނެއްގެ ގޮތުގައި މިވަގުތު އޮތީ ފެލިވަރު ކަމަށް ވިދާޅުވި އެވެ. ކޫއްޑޫ، އައްޑޫ އަދި ކަނޑުއޮއިގިރި މިވަގުތު ހިންގަނީ ގެއްލުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގެއްލުން ނުލިބޭ ކުންފުންޏަކަށް މެފްކޯ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި އަހަރު ނިމޭއިރު އެކަން ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
14 July 2019
ކުރިން 2008 ގަ އައި ވެރިކަމުގަ މިފްކޯ 4 ކުންފުންޏަށް ބަހާލުމުގެ ސަބަބުން ލިބުނުގެއްލުން ފޫބައްދަންވެގެން އެސްޓީއޯ އާ އެކުންފުނި ހަވާލުކުރީ ވެސް މިހާރު އެއުޅެނީ އެގަނޑު އަނެއްކާ ގަންނަން އޭރުން މިނީހުން 4 އެމްޑިންނާ 4 ބޯޑް ގެ މެމްބަރުންނާ އިތުރު ކޮށް ދަވްލަތުން އެމީހުނަށް ފައިސާ ދެވޭން . މިއުޅެނީ ގައުމު ތަރައްގި ކުރާކަށެއްނޫން އެކުންފުނި ފައިދާވާތަނަކަށް ހަދާކަށް ނޫން.
THEORANGE
14 July 2019
ހާދަ ހީވެޔޭ މިފްކޯ އަނދާ ހުލިވާހެން މިއުޅެނީ އަނެއްކާ...ހަމަ ހުސް ހަކަތަ
ދީމާހު
14 July 2019
މިފްކޯ އިންޑިއާގެ ޖީއެމްއާރު އާ ހަވާލުކުރަން ފެނޭ. އޭރުން ތިޔަކަންވެސް ހައްލުވީ.
މުކި
13 July 2019
މީ ކޮންކަހަލަ އިކޮނޮމިކްސްއެއް. ބޯހަލާކު. އަގުބޮޑުކޮށް މަސްގަނެގެން ކިހިނެއް ކަސްޓަމަރުންނަށް އަތްފޯރާއަގެއްގަ މަސްވިއްކަނީ؟ މަސްދަޅު މިހާރުގެ ރޭޓުގަ އުފެއްދޭނެތަ. ސަރުކާރުން ސަބްސިޑީ ކުރަނީ ދޯ އެކަންވެސް. ވިސްނުމެއްނެތް ސަރުކަރު
އަމަލު ގިނަވާންވެއްޖެ
13 July 2019
ތިޔަ ކުރެއްވީ އަނެއްކާ ވިސްނާ ނުލައްވާ އަނެއް ބޭކާރު ވައުދު! މަނިކުފާނަށް ލަފާ ދެއްވަނީ އަނގަމޮޅު ލަފާދާރުން! ތައިލެންޑަށް މިފްކޯ މަސްވިއްކާ އަގު، ރާއްޖޭން މަސްގަންނަ އަގު ބަލާލެއްވިންތޯ! ނުވިތާކަށް މިހާރު ގަންނަ އަގަށްވާ ފައިސާ ދެވޭތޯ؟ ހެޔޮ ބަދަލަކަށް އެދިލައްވާނަަމަ، ނިކަން ބޭރު އެމްޑީ އަކާ ހަވަލުކޮށް، ތިކުންފުނި ޕަބްލިކް ކުންފުންޏަޔަށް ބަދަލުކޮށް ރައްޔިތުން ހިއްސާ އޮންނަ ތަނަކަށް ބަދަލުކޮށް ދެއްވާ! ވައްކަން ކުރާތަނެއް ރަނގޅު ނުވާނެ!
އަހްމަދު
13 July 2019
ރައީސްސޯލިހުވާ ރަނގަޅުތާ؟ ރާއްޖެއަށް ބާނާމަހުގެ ހިސާބު އެބަ ބަލަހައްޓާވިއްޔާ. އެވިދާޅުވީ ރާއްޖެއަށް ބާނާމަހުގެ ޖުމްލައަކީ150،000ޓަނު ކަމަށް. އެއީ ދުވާލަކުބާނާ ވަރުކަމެއް މަހަކު ބާނާ ވަރުކަމެއް އަހަރަކު ބާނާ ވަރުކަމެއްވެސް ނޭގޭ.
މާޝާ
13 July 2019
ބޮޑު އަގު ލިބޭނީ ހަރުދަނާ ސަސްޓައިނަބަލް ވިސްނުންތަކެއް އިސްކޮށްގެން ރާއްޖޭގެ މިސިނާއަތު މިދަނީ ދުވަހުން ދިވަހަށް ދަށަށް
ލަކުޑި ހަމީދު
13 July 2019
އެކަމަކު މާފަންނު މެދުދާއިރާ މެންބަރު ޓީވީގަ ވިދާޅުވި މިފްކޯ އުވާލަން ޖެހޭކަމަށް. އެހެންވީމަ ދިމައެއް ނުވެއެއްނޫންތޯ.
ޥާނުވާ
13 July 2019
އެމްޑީޕީ އައް ތާއީދުކުރާ ވަރައްގިނަ މީހުން ދެއްކިވާހަކައެއް ޔާމީނު ވެރިކަމައް އައިސް ރައްޔަތުންނައް ދަތިކުރުމުގެގޮތުން ހިކިކަނޑުމަހުގެ އަގުވައްޓާލިވާހަކަ މިސަރުކާރު އައިފަހުން ރޭޓު ހުރިވަރެއް ބަލައެއްނުލެވޭ ހީވަނީ ކިލޯއެއް 100 އިން މަތީގަ ހުންނާނެހެން
ihaaru.
13 July 2019
ކޮލިޓީ އުފެއްދުމައް ބޭރުގަ ގިނަފައިސާލިބޭނީ،