ބާ ކައުންސިލްގެ އިންތިޚާބުގެ ވޯޓުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
13 ޖުލައި 2019 - 09:54
ބާ ކައުންސިލް އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ 1،600 ވަކީލުންގެ މެދުގައި އެ އިންތިޚާބު ބާއްވަނީ ހަމައެކަނި މާލެ އާއި އައްޑޫގަ އެވެ. އެ އިންތިޚާބުގެ ވޯޓުލުން މާލޭގައި ކުރިއަށް ދަނީ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބާ ބެހޭ މަރުކަޒު ހުންނަ ބާ ޖަމާލުއްދީންގަ އެވެ. އައްޑޫގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ޝަރަފުއްދީން ސްކޫލްގަ އެވެ. މާލޭގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާ އިރު، އައްޑޫގައި ބަހައްޓަނީ އެއް ވޯޓު ފޮއްޓެވެ.
މި އިންތިޚާބުގައި ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި މައުމޫން ހަމީދެވެ. ނައިބު ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭގެ އިތުރުން އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި އެވެ.
ބާ ކައުންސިލް އިންތިޚާބަށް ހަމަޖައްސާފައިވަނީ 1.2 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބާ ކައުންސިލް އިންތިޚާބުގައި މީހަކު ވޯޓުލަނީ: ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރާނެ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން އިންތިޚާބުގެ ވަގުތީ ނަތީޖާ މިއަދު އިއުލާން ކުރުމަށް ފަހު، ރަސްމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
13 July 2019
މިފަހަރު ފާހަގަ ނުވެއްޓޭނެތަ
ގުޑް
13 July 2019
ދިވެހި ބާމަނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ޔަގީން.
ޗޮމމ
13 July 2019
މިއީ ދައުލަތުގެ ފައިސާ ތަޅާ ބުރުވުން
މަރޭމިތުރު
13 July 2019
ބާ ކައުންސިލެއް އިންޑިއާގައިވެސް ހުރޭ!
މަރޭމިތުރު
13 July 2019
1961ގައި ފުރަތަމަ ބާކައުންސިލެއް އުފެއްދީ އިންޑިއާއިން.
ބަބުރުކަލޯ
13 July 2019
އިންޑިޔާމީހުން އުޅޭގޮތަށް އުޅެންހަދައިގެން މަމެން މިއޮށް ހަލާކުވަނީ.
ބާޓާ ފައިވާން
13 July 2019
ބާ ކައުންސިލް އިންތިހާބު ބާ ޖަމާލުއްދީންގަ ނުބޭއްވީ ކީއްވެގެން ބާ
ރީބޮކް ފައިވާން
13 July 2019
ބާ ޖަމާލުއްދީންގައޭ ކުރިއަށްދަނީ
މުސަޅު
13 July 2019
1600 މީހުން ވޯޓުލާން 1.2 މިލިއަން؟ އެންމެން އެއްކޮށްފަ ކަރުދާސް ކޮޅެއްގަ ލިޔެލާފަ ފޮއްޓަކަށް ވައްޓާލުން ކިހިނެއްވާނީ؟ އެންމެން ކުރިމަތީ އަމިއްލަޔަށް ގުނާލާ..ކޮންހާ ބޭކާރު ހަރަދެއްތަ
ރެބިޓް
13 July 2019
ތިކަން ބަލާނެ ބަޔަކުވެސް ނެތް މިހާރު.
ހާސަރު
13 July 2019
އަދުލް އިންސާފު ލިބުމަށް އެޅޭ ރަގަޅު ބިންގަލެއްމިއީ . އުއްމީދު ކުރަނީ މިކައުންސިލް ވަރަށް ޕްރޮފެޝަނަލް ކޮށް ހިނގާނެކަމަށް.
ރިޝްފަތި
13 July 2019
ރިފްއަތަށް ހުރިހާ ކަމެއް..ސާބަހޭ ރިފް ޢަތު...
ެއަޒ××
13 July 2019
ބާ ކައުންސިލަށް ކުރިމަތިލި ހުރިހާ މެންބަރުންގެ ލިސްޓެއް އެނގޭނެ ގޮތެއް އެބޮތްތޯ؟
ދޮން އާމިރު
13 July 2019
ނެތޭ....
ކަރީމުއްދީން ބާޝާ
13 July 2019
ކޮންޗެއް ބާ ގެ އިންތިޚާބެއް ބާ މީ؟