ގާނޫނީ ވަކީލް މައުމޫން ހަމީދު، ޝަރީއަތުގެ މަޖިލީހަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު
13 ޖުލައި 2019 - 21:34
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދު އިންތިޚާބުވެއްޖެ އެވެ.
ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި އިންތިޚާބު ބޭއްވީ މާލެ އާއި އައްޑޫގަ އެވެ. އެއީ މާލޭގައި ދެ ފޮއްޓާއި އައްޑޫގައި ފޮއްޓެކެވެ.
އިންތިޚާބުގައި މައުމޫން ކުރި ހޯއްދެވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާ ވާދަކުރައްވަ އެވެ. މިހާތަނަށް ގުނި ވޯޓުން އޭނާ އަށް 267 ވޯޓު ލިބިވަޑައިގެންފައިވެ އެވެ. ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކާ ބެހޭ ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި ސުއޫދަށް މިހާތަނަށް ލިބިވަޑައިގަތީ 196 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ކަށަވަރެއް ނުވެ އެވެ. ނަމަވެސް އެ ފޮށީގެ ނަތީޖާ އިން ސުއޫދަށް ކުރި ހޯއްދެވޭނެ ކަމަކަށް ނުފެނެ އެވެ.
ނައިބު ރައީސްގެ މަގާމަށް ތަފާތު ބޮޑުކޮށް ކުރީގައި އުޅުއްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ. އޭނާއާ ވާދަކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.
މި ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެމްބަރު ކަމަށް 19 ވަކީލަކު ކުރިމަތިލެއްވި އެވެ. އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ މަގާމުތަކަށް އިންތިހާބުވި ހުރިހާ ބޭފުޅުން އަދި ކަށަވަރުވާ ވަރަށް ވުރެ ވޯޓުގެ ފަރަގު ކުޑަ އެވެ. ނަމަވެސް މިހާތަނަށް ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅުއްވަނީ މުހައްމަދު ފައިސަލް، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަނާރާ ނައީމް، ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން މުހައްމަދު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު އަދި އަބްދުލް މާނިއު ހުސެއިން އެވެ.
ބާ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންގެ ދައުރަކީ ތިން އަހަރެވެ. އަދި ދެ ދައުރަށް ވުރެ ގިނައިން އެ ކޮމިޓީގައި ނުހިމެނޭނެ އެވެ. އަދި ރައީސް ކަމަށް އިންތިހާބުކުރާ މީހަކަށް އެ މަގާމު އަދާކުރެވޭނީ އެއް ދައުރަށެވެ. ބާ ކައުންސިލް ހިންގަން ދައުލަތުން ބަޖެޓް ދިން ނަމަވެސް އެ ކައުންސިލްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުންނަށް އެއްވެސް މުސާރައެއް އަދި މާލީ އިނާޔަތެއް ވެސް ނުލިބޭނެ އެވެ.
ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
14 July 2019
އެމްޑީޕީ ބައެއް ކުދިން ވަރަށް ދެރަވާނެ މައުމޫނު ހަމީދު ހޮވުމުން. ޙާއްސަކޮށް ނަޝީދު. ހިސާނު، އިމްތިޔާޒު އަދި ޙަސަން ލަތީފް. ރައްޔިތުންގެ މަޖްލީހުން ކުޅެން އުޅުނު ކުޅި ނުކުޅެވުނީ ބައެއް އެމްޑީޕީ މެންބަރުން އެއްބަސް ނުވުމުން. ދެންފޭށީ ބާ ކައުސިލްގެ ދަށުން އެކަން ކުރަން ނަމަވެސް މިހާރު މިދާމިވި ގޮތުން ތިމޭމެން ހިތު ހުރިގޮތަކަށް ކަންކަން ކުރުމުގެ ބާރު ދިޔާއީ. މާއުމޫނުއަކީ އަތަކަށް ނުޖެހި ކަންކަން ކުރާނެ މީހެއްކަން ހަމަޔަޤީން.
ފަތްކެޔޮ
14 July 2019
ބަޔަކު ސޫދަށް ފަހައިދިން ކޯޓެއް، ހެޔޮވަރު މިވީ މައުމޫނަށް، މަރުހަބާ މައުމޫން
ރިހި
14 July 2019
މަރުހަބާ މުއިއްޒު. އޯލް ދަ ބެސްޓް..
ގޮރުނުދޯރު
14 July 2019
އާކައުންސިލެއް އުފެއްދެންއޮއްވާ ކީއްވެތަ ބާކައުންސިލެއް އުފެއްދީ! ހެހެހެ....
ފިރުޓޭ
14 July 2019
މީހުން އަދި ހަނދާން ނެތޭހާ އެއް ނުވެއޭ، ސުއޫދު ޗިކާ އަކާ ބިކާ އަކާ އަދި އެ ނޫންވެސް އެހެން ގޭންގް އިސްޓާރުންގެ ދިފާއުގައި ޤާނޫނީ ވަކީލަކަށް އުޅުނު ކަމެއް އެނގިއްޖެތަ؟ ސުއޫދުމެންގެ އިހްލާސްތެރި ކަމާ ދޭތެރޭ މީހުން އަބަދުވެސް ސުވާލު އުފައްދާ! އެނެއްކާ މުނައްވަރު ހުންނާނީ އަޑި އަޑިން ނުބައި ބައި ކުޅެން ތައްޔާރުވެގެން! މި ކަން ކަން މީހުންނަށް އެނގޭ!
އެދުރުބެއެއް
14 July 2019
ތިމާވަރު މީހަކު ނެތިގެން އުޅޭ ކޮންމެ މީހަކަށް މާތްﷲ މިފަދަ ފިލާވަޅުތައް ދައްކަވާނެ. ސުޢޫދު ތެދުވެރި ސިޔާސީ ވުމުން އެކަހެރިވާން ޖެހޭ. އެކަމަކު ސަރުކާރުން، އެފަދަ ކޮންމެ މީހަކަށް ވެސް މަގާމެއް ދޭނެ. އުއްތަމަކަމަށް ނުގެނައުމަކީ ވެސް ނާދިރުކަމެއް. އެކަމަކު، އިވޭއަޑުތަކުން ބައެއްކޭސްތަކުން ގޯތިގޯތިން ބައި ހޯއްދެވުމުގެ އަޑުތަކުން އެހައި ތެދުވެރި ބޭފުޅެއް ނޫންކަމަށް އިވެނީ.
އިހުސާނާ
14 July 2019
ކީކޭ ދެން ބުނާނި؟ ބާ ކައުންސިލަށްވެސް ހަމަ އެއްކަލަ މައުމޫނަށް ބޮނޑު ބޭބެ ކިޔާ މީހަކު! އަޅެ ފަހެ ރާއްޖޭގަ ނެތީތަ، މައުމޫނު އާއިލާ އަށް ނިސްބަތް ނުވާ މީހެއް ޤާބިލު މީހެއް! މީ ބާ ކައުންސިލަށް ހޮވުނު މައުމޫނަށް ފެންނާނީ ހަމަ އެކަނި ނޭފަތު ކުރިޔާ ހިސާބަށް، ވަރަށް ހަނި އެންގަލު ތަކުން ވިސްނާ މީހެއް އެއީ! އެހެން މި ބުނީ އެހަކަށް ދުވަހު ކޮންމެވެސް ވާހަކަ އެއް ދެއްކިއެއްނު ކަމަކާ ބެހޭ ގޮތުން! އެ ވާހަކަ އަޑު އަހާފަ، މީނަގެ ފެންވަރު އެނގިއްޖެ!
އަލީޔ
14 July 2019
މުޅި މަޖިލިސްގަ އާއި ސަރުކާރުގެ އެތަން މިތާނގަ ކެރަފާ އާއިލާ މީހުން. އެ ނުފެނި ތި ފެނުނީ މައުމޫނު. އެހެން ވީމަ ނޭފަތު ހަމަ އެކަނި ތި ފެންނަނީ ތި ބޭފުޅާއަކަށް ނު؟
ޙަމް
14 July 2019
ގާސިމްގެ ވިލާ ޓީވީ އަށް އަރުވާފަ ޖެހި ސަކަރާތުގެ ބޭނުން މި ފެނުނީ. ކެންޕޭނަށް ލާރި އައި ގޮތުގެ ތަފްސީލް ހާމަ ކޮށްދެއްވާ.
އިބިރިހިންބެއްޔާ
14 July 2019
މިކޮން ވާހަކައެއް؟
މަސްވެރިޔާ.
14 July 2019
ހަރުދަނާ އަޙްލާގު ރަނގަޅު ބޭފުޅެއް.
ސޫލާސިރާޒު
14 July 2019
ނާއިބު ރައީސަކަށް ހަލީމު ނޮހޮވުނުކަބަ ނަސީބު، އޭނަ އަށް ބާރެއް ލިބުނު ނަމަ، ކަންކަން ނިންމާނީ އަލީ ހަމީދާ ޢަބުދުﷲ ސަޢީދު ނޫންކަންވެސް ނޭނގޭ