ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މޫދަށް ސީޕްލޭނެއް ޖައްސަނީ: އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން --ފޮޓޯ:ހުސައިން ވަހީދު/މިހާރު
15 ޖުލައި 2019 - 14:59
ވަކި ކުންފުންޏަކަށް ފައިދާވާ ގޮތަށް ސީޕްލޭން އާ ޓާމިނަލް ކުއްޔަށް ނުދޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން ނަހުލާ ވިދާޅުވީ ރާއްޖޭގައި އާ އެއާލައިންތަކެއް އުފެދި މިހާރު ވާދަވެރިކަން ބޮޑުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އުދުހުންތަކުގެ ވާދަވެރިކަން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވި ގޮތުގައި ވަކި މީހަކަށް ނުވަތަ ބަޔަކަށް ފަސޭހަކޮށްދިނުމަށް މި ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ އެވެ.
އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އާ ޓާމިނަލް، ރާއްޖޭގައި އޮޕަރޭޓްކުރާ ދުނިޔޭގެ ވެސް އެންމެ ބޮޑު ސީޕްލޭން ކުންފުނި، ޓްރާންސް މޯލްޑިވިއަން އެއާވޭޒް (ޓީއެމްއޭ) އާ ހަވާލުކުރަން އުޅޭ އަޑުތަކެއް މި ދޭތެރެއިން ފެތުރުނެވެ. ނަމަވެސް އެމްއޭސީއެލުން އެކަން އަދި ދޮގުކޮށްފައެއް ނުވެ އެވެ.
"ޓީއެމްއޭ ވިއަސް، ޓާމިނަލެއް ވިއަސް އަދި އެހެން ތަނެއް ވިއަސް ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާކުރަނިވި ގޮތަކަށް މި ސަރުކާރުން ނިންމާނީ. ވަކި މީހަކަށް، ވަކި ފަރުދަކަށް ފައިދާ ވަނިވި ގޮތަކަށް މި ސަރުކާރުން ކަންތައް ނިންމާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ވިލާ އެއާގެ ބާނީ ގާސިމް އިބްރާހިމްގެ އަނބިކަނބަލުން، ނަހުލާ ވިދާޅުވި އެވެ.
އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއާ ހަވާލުކުރަން އުޅޭ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ދޮގުކުރައްވައިފަ އެވެ. އެމަނިކުފާނު މި ފަހުން ވިދާޅުވީ "ވަކި ބަޔަކަށް ޓާމިނަލް ދޭން ނިންމާފައި ނުވާނެ" ކަމަށެވެ.
ސީޕްލޭން ޓާމިނަލް މިހާރު ހިންގަމުން އަންނަނީ ސީޕްލޭން ދުއްވާ ކުންފުނިތަކަށް ބިން ކުއްޔަށް ދީގެން، އެ ފަރާތްތަކުން އަމިއްލައަށެވެ. އެގޮތުން އެމްއޭސީއެލުން އަކަމީޓަރަކަށް ޗާޖުކުރަނީ ނުވަ ޑޮލަރު (138ރ) އެވެ. އެ ޓާމިނަލްތައް ހަދާފައި ވަނީ ވެސް ކުންފުނިތަކުން އަމިއްލައަށެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގެ ތަރަައްގީ އަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ ތެރެއިން ސީޕްލޭންގެ އާ ޓާމިނަލް ހަދަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. ކޮންކްރީޓްގެ މަސައްކަތް ނިންމައި މިހާރު ކުރަމުން އަންނަނީ އެތެރޭގެ މަސައްކަތްތަކެވެ. ރާއްޖޭގައި ސީޕްލޭން އިންޑަސްޓްރީ އަންނަނީ ފުޅާވަމުންނެވެ. ޓީއެމްއޭގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަނުން ވެސް ސީޕްލޭން ދުއްވަ އެވެ. އަދި ފްލައިމީ އާއި އަލަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތުގެ ތެރެއަށް ވަން މަންތާ އެއާ އިން ވެސް އަންނަނީ ސީޕްލޭން ދުއްވަން ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަބެ ސޯލޭޭ
15 July 2019
ޓީއެމްއޭ ނުވަތަ ޗަމްޕާ އާއި ގުޅުން ހުރި 3 މީހުން އެމްއޭސީއެލްގެ ބޯޑުގައި ތިބުމަކީ އެންމެންނަށް އިނގޭ ބޮޑު ހަގީގަތެއް. މިހާރަށް ބަލާނަމަ މިއީ ބޯޑުގެ މެޖޯރިޓީ! ދެން ވިސްނާލާ މިތާ ކަންތަށް ހުންނާނެގޮތް! ޒިމްމާ ނަގަޖެހޭނެ ސަރުކާރުން! ބޯޑަށް މިހުން އައްޔަން ކުރާއިރު ޑައިވާސިފައިޑް ބޯޑެއް މިކަހަލަ ކޮންފްލިކްޓް ނާންނަ ގޮތަށް އެކުލަވާލަން ޖެހޭ!
ބޮޑުމީހާ
15 July 2019
ތިކަން ނިމޭއިރު އިންޑިއާގެ ކޮންމެވެސް ކުންފުންޏަކަށްދީފަ އޮންނާނީ
ހައްސާ222
15 July 2019
ޓީއެމްއޭ އިން އެތާމިހާރު ތިބި ރިސޯޓް ތަކަށް އަންގާފަ އޮތީ ތިމަންނަމެން މިވެނިގޮތަކަށް ލޯންޖްތައް ކަލޭމެންނަށް ދޭނަމޭ. މިތަން ހިންގަން ހަވާލުކުރާނީ ތިމަންނަމެންނާއި އޭ. އަދި އެހެން އޮޕަރޭޓަރުންނަށް ލިބޭޏީ ތިމަންނަމެން ބޭނުން ވާ ލޯންޖް ތައްނާގާފަ ބާކީ ވާ ތަންތަނޭ.
ހައްސާ222
15 July 2019
މިތަން ޓީއެމްއޭ އަށް ދިނުމަށް އެމްއޭސީއެލްގެ ބޯޑުގެ ގިނަ މެންބަރުންތިބީ ފައިވިއްދާފަ. އެކަމަކު އެއީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން. އެތަނުން 80 މިލިޔަން ޑޮލަރ ސަރުކާރަށް ލިބެންއޮތްވާ ޓީއެމްއޭ ނުވަތަ އެހެން ބަޔަކަށް ވިއަސް ދޭންޖެހޭ އެއްވެސް ސަބަބެއްނުފެނޭ. ސަރުކާރުން ލޯން ނަގައިގެން ހަދާފަ ހިންގަން ކުޑަ ކުއްޔަކަށް ބަޔަކާއި ހަވާލުކުރުމަކީ ދިވެހި ރައްޔަތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން. އަދި އހެން އޮޕަރޭޓަރުންނަށް ވެވޭ ބޭއިންސާފެއް.