ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޓީފުޅު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތާ ހަވާލުކުރައްވަނީ.
16 ޖުލައި 2019 - 10:04
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯދުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރައްވާ ދަތުރުގައި، މޮރިޝަސް އަށް ވަޑައިގެން އެ ގައުމުގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނައުތުއާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސިޓީފުޅެއް އަރުއްވައިފި އެވެ.
ޝާހިދާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް މޮރިޝަސް އަށް ވަޑައިގަތީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި ބޭއްވުމަށް ތާއީދު ހޯދުމަށް ކުރައްވާ މަސައްކަތުގަ އެވެ. ޝާހިދާއި ޖަގްނައުތު ބޭއްވެވި ބައްދަލުވުމުގައި މަހުލޫފު ވެސް ބައިވެރިވަޑައިގެންފި އެވެ.
ބައްދަލުވުމަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން މިހާތަނަށް 10 ފަހަރު ބައިވެރިވެފައިވާ ކަމަށާއި ދިވެހި އެތުލީޓުންނަށް މި ސަރަހައްދުގެ ގައުމުތަކުން ދިން މެހުމާންދާރީ އަނބުރާ ދޭން ރާއްޖޭން ބޭނުންވާ ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި އެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ތާއީދު ހޯއްދަވަން ޝާހިދާއި މަހްލޫފު ގެންދަވަނީ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ismail
16 July 2019
މި ބޭފުޅާ ގެ މިފަދަ ދަތުރު ތަކުގަެ ފައިދާ މިހާރު އެބަ ފެނޭ. ޔާމީނުގެ ވެރިކަން ނިމުނު އިރު ކައިރި ގައުމު ތަކުގެ އިމިގްރޭޝަން ކައުންޓަރ ތަކުގެ މީހުން ތިބެނީ ދަތްކުޑި ވިކިފަ ދިވެއްސެއް ފެންނަ އިރު ވެސް. މިހާރު މިއީ ގައުމުތައް ބަލައިގަންނަ ސަރުކާރެއް ކަން ގައުމުތަކަށް އެރީމަވެސް އެބަ އެގޭ. ހަސަދަވެރިން ގެ ވަކިތަކުން މިނިސްޓަރ ޝާހިދު ސަލާމަތް ކުރައްވާށި.
މަރޭމިތުރު
16 July 2019
ޝާހިދު އަކީ މިސަރުކާރަށް ލިބުނު ހަމައެކަނި ޖަވާހިރަކީ!
ޖައްލޭ
16 July 2019
ގަތަރުން ވޯލްޑްކަޕް ބާއްވަން މޭޒުދަށުން ހަދިޔާ ދިންގޮތަށް ތިސީޓީއާއެކު އެއްޗެއް ނުދެއްޗޭ ގައުމުއޮތީ ވަރަށް ބަދުނާމުވެފަ.
ކުދުރޭޑިއޯ
16 July 2019
ކޯޓްލައިގެން ޓައި އަޅައިގެން ސަލާންޖެހުމަކީ މައްސަލައެއްނުން ރަގަޅު މަންފާއެއް ކުރަންޏާ
ބޭޓީ
16 July 2019
ޝާހިދު ސިޓީބަހަމުން މިދުވަނީއޯ؟ ތީ ސަލާންޖަހައިގެން ކުރާވަރު ކަމެއްބާ!
ބަނާނާ ޕީ
16 July 2019
ސަލާންޖަހަން ފޮނުވި ސިޓީއެއްތޯ? ފްލައިންގ މިނިސްޓަރ ވަޒީރުކަން ލިބުނުފަހުން މިފަސްގަނޑުގައި 100 އަކުން 10 ދުވަސްވެސް މަޑުނުކޮށް އުޅުއްވުމުގެ ސަބަބުން ލިބޭހާ އެހީއެއް ޓިކެޓަށާއި ދަތުރު ޚަރަދުތަކަށް ހުސްވަނީ ދޯ?
ވާލުސޮރު
16 July 2019
އެއީ ފޮރިން މިނިސްޓަރުގެ ޒިންމާއަކީ، ކޯޓުލައިގެން މާލޭގަ ހުރުމެއްނޫން، އަނެއްކޮޅުން ޔާމީނު ސަރުކާރުގަ ހުރިހާ ގައުމަކާ ގުޅުން ކަނޑާލައިގެން އުޅުނީ ޔަމަނުގައި އޮތް ހަނގުރާމައަކާ ބަރުމާ އާއި ނޯތުކޮރެއާއަށް ތެޔޮ ވިއްކުމާއި އަރުތޫރު ބުރަދަސް ގެނައުމާ މިހެން ގޮސް 1980 ގެ ކޮލަމްބިއާ ހެދިގެން