ހެރީ ސްޓައިލް.
19 ޖުލައި 2019 - 07:40
އިނގިރޭސިވިލާތުގެ ކުރީގެ ބޭންޑް "ވަން ޑިރެކްޝަން" ގެ ލަވަކިޔުންތެރިޔާ ހެރީ ސްޓައިލަކީ މިހާރު ފިލްމުތަކަށް އާ މީހެއް ނޫނެވެ. ކްރިސްޓޮފާ ނޯލަން 2017 ގައި ގެނެސް ދިން ފިލްމު "ޑަންކާކް" ގައި ވެސް 25 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން މިހާރު ރިޕޯޓް ކުރަމުން އަންނަ ގޮތުގައި ދާދި ފަހުން ޑިޒްނީން އިއުލާން ކުރި "ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން ފިލްމުގެ ރޯލެއް ވެސް ވަނީ ހެރީ އަށް ހުށަހަޅައިފަ އެވެ. އަދި އެކަމާ ބެހޭ ގޮތުން މިހާރު އަންނަނީ މަޝްވަރާތައް ކުރެވެމުން ކަމަށް ވެރައިޓީން ބުންޏެވެ.
އެ ނޫހުން ބުނި ގޮތުގައި ހެރީ އަށް ހުށަހަޅާފައި ވަނީ "ލިޓްލް މާމެއިޑް" ގެ ބަތަލު ޕްރިންސް އެރިކްގެ ރޯލެވެ. މި ފިލްމުގެ ޓައިޓްލް ރޯލް ދީފައިވަނީ ހެލީ ބެއިލީއަށެވެ. އަދި ފިލްމަށް ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި މެލީޒާ މެކާތީ ވެސް ހިމެނެ އެވެ.
ވެރައިޓީން ބުނި ގޮތުގައި "ލިޓްލް މާމެއިޑް" ގެ ބަތަލުގެ ރޯލަށް ހެރީ އެއްބަސްވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު މަޑުކޮށްލަން ޖެހެނީ މިކަމާ ގުޅޭ ގޮތުން އޭނާ ނަގާ ނިންމުމަކަށެވެ.
"Little Mermaid" ah Halle Bailey
The most trusted news source in the Maldives
Mihaaru
"ލިޓްލް މާމެއިޑް" ގެ ޓައިޓްލް ރޯލް ކުޅޭނީ ހެލީ ބެއިލީ.
ޑިޒްނީން 1989 ގައި ގެނެސް ދިން "ލިޓްލް މާމެއިޑް" ގެ ލައިވް-އެކްޝަން ފިލްމު ޑައިރެކްޓް ކުރާނީ ރޮބް މާޝަލް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy